ވިލާ ޝިޕިން އެންޑް ޓްރޭޑިންގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި 2000 ވަނަ އަހަރު އުފެއްދި ވިލާ ހަކަތަ އަކީ ފުޅާ ދާއިރާއެއްގައި ހަކަތަ (އެލްޕީޖީ، ޑީސަލް، ޕެޓްރޯލް، މެރިން އޮއިލް)، ސިމެންތި އަދި ކޮންސްޓްރަކްޝަން ސާމާނުގެ ވިޔަފާރި ކުރަމުން އަންނަ ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުންޏެވެ. ވިލާ ހަކަތައަށް މިއަދު 25 އަހަރު ފުރުން ފާހަގަކުރާއިރު, އެ ކުންފުންޏަކީ ރާއްޖޭގެ އެންމެ ބޮޑު ގްރީންފީލްޑް ސްޓޯރޭޖާއި ޑިސްޓްރިބިއުޝަން ފެސިލިޓީ ގާއިމުކުރުމަށް ހިފި އަމާޒަށް ވާސިލްވެފައި އޮތް ކާމިޔާބު ކުންފުންޏެކެވެ.
13 ޖެނުއަރީ 2025
ވިލާ ޝިޕިން އެންޑް ޓްރޭޑިންގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި 2000 ވަނަ އަހަރު އުފެއްދި ވިލާ ހަކަތަ އަކީ ފުޅާ ދާއިރާއެއްގައި ހަކަތަ (އެލްޕީޖީ، ޑީސަލް، ޕެޓްރޯލް، މެރިން އޮއިލް)، ސިމެންތި އަދި ކޮންސްޓްރަކްޝަން ސާމާނުގެ ވިޔަފާރި ކުރަމުން އަންނަ ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުންޏެވެ. ވިލާ ހަކަތައަށް މިއަދު 25 އަހަރު ފުރުން ފާހަގަކުރާއިރު, އެ ކުންފުންޏަކީ ރާއްޖޭގެ އެންމެ ބޮޑު ގްރީންފީލްޑް ސްޓޯރޭޖާއި ޑިސްޓްރިބިއުޝަން ފެސިލިޓީ ގާއިމުކުރުމަށް ހިފި އަމާޒަށް ވާސިލްވެފައި އޮތް ކާމިޔާބު ކުންފުންޏެކެވެ.
ރާއްޖޭގެ އެންމެ ބޮޑު ލިކިއުއިޑް ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ) ސްޓޯރޭޖާއި ރީފިލިން ޕްލާންޓު ހުރީ ވިލާ ހަކަތައިގަ އެވެ. އެ ޕްލާންޓަކީ ދުވާލަކު 1،500 ސިލިންޑަރު ގޭސް އެޅޭ ވަރުގެ ގާބިލުކަން ހުރި ފިލިން ސްޓޭޝަންތަކެއް ހުރި ތަނެކެވެ.
ވިލާ ހަތައިން ގޭސް ޑެލިވަރީ ކޮށްދޭނީ މެންދުރު 2:00 އިން ރޭގަނޑު 8:30 އަށް. -- ފޮޓޯ: ވިލާ ހަކަތަ
ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާގައި ވެސް ނަން މަޝްހޫރު އެ ކުންފުންޏަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ސިމެންތި ސަޕްލަޔަރެވެ. އެ ކުންފުންޏަށް ކަސްޓަމަރުންގެ އިތުބާރު ލިބިފައިވަނީ ކޮލިޓީ ރަނގަޅު ސިމެންތި ވިއްކާ, ކަސްޓަމަރުންނަށް ބަރޯސާވެވޭ ބްރޭންޑަކަށް ވުމުންނެވެ. އެ ކުންފުންޏަށް 2021 ވަނަ އަހަރު އެމްއެންއޭސީއައިގެ "ސިމެންތި ސަޕްލަޔާ އޮފް ދަ އިޔާ"ގެ އެވޯޑު ލިބުނީ ވެސް އެ ކުންފުންޏަށް އިންޑަސްޓްރީން ކުރާ އިތުބާރުގެ ސަބަބުންނެވެ.
ވިލާ ހަކަތައިން ޑިމާންޑާ އެއްވަރަށް ސިމެންތި ފޯރުކޮށްދިނުމަށް ސިމެންތި ރައްކާކުރާ ބޮޑު އަށް ސައިލޯ ހުރެ އެވެ. އޭގައި 1،600 ޓަނުގެ ސިމެންތި ރައްކާކުރެވެ އެވެ. އެ ކުންފުނީގެ އޮޓަމޭޓަޑް ޕެކިން ޕްލާންޓުން ދުވާލަކު 1،274 މެޓްރިކު ޓަނުގެ ސިމެންތި ޕެކު ކުރެ އެވެ.
ވިލާ ސިމެންތީގެ އަގަށް ބަދަލު ގެނެސްފައި ވަނީ ސިމެންތި އުފުލާ ކެރިއަރެއް ގެނައުމާ ގުޅިގެން. ފޮޓޯ: ވިލާ ހަކަތަ
އެންމެ ފަހުގެ ޓެކްނޮލަޖީގެ އެހީގައި ވިލާ ހަކަތައިން ފަރުމާކޮށްފައިވާ އެ ޕްލާންޓުތަކަކީ ބޭރު ދުނިޔޭގެ ހަމަތަކާއި ފެންވަރަށް ފެތޭ ގޮތަށް ތައްޔާރުކޮށްފައިވާ އިންފްރާސްޓްރަކްޗާތަކެކެވެ. އެ ތަންތަނުގެ އޮޕަރޭޝަންތަކަކީ އައިއެސްއޯ ސެޓިފައިޓް އޮޕަރޭޝަންތަކެކެވެ. މިއީ ކަސްޓަމަރުންނަށް ދޭ ހިދުމަތްތަކުގެ ކޮލިޓީ ހިފަހައްޓައި ޔަގީންކޮށް, ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކޮށްފައިވާ މަސައްކަތްތަކުގެ ހެއްކެކެވެ.
ވިލާ ހަކަތަ އަކީ ރާއްޖޭގައި ޕްރިމިއަމް އަޑީތެޔޮ "ޝެލް" ބްރޭންޑުގެ އަޑީތެޔޮ ވިއްކާ އޮތޮރައިޒްޑް ކުންފުންޏެވެ. އެ އަޑީތެލަކީ މެޝިނުތަކާއި އުޅަނދުތަކުގައި ވެސް ބޭނުންކުރެވޭ ފެންވަރު ރަނގަޅު، މާކެޓުގައި މި ވަގުތު ހުރި އެންމެ މޮޅު އެއް އަޑީތެލެވެ.
ވިލާ ހަކަތައިން ވިއްކާ ޝެލް ބްރޭންޑުގެ ލުބްރިކަންޓް.
ވިލާ ހަކަތައިން ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް, އިތުރަށް ފުރިހަމަކުރުމަށް އެ ކުންފުނީގެ މުވައްޒަފުންނަށް ގިނަ ތަމްރީނު ޕްރޮގުރާމުތަކެއް ހިންގަ އެވެ. މިފަހުން ވެސް އެ ކުންފުނިން ވަނީ ސޭލްސް ޓީމުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ކަސްޓަމާ ސާވިސް އެންހާންސްމަންޓު ޕްރޮގުރާމަކާއި ޝެލް ލުބްރިކަންޓްސްގެ ޓްރެއިނިން ޕްރޮގުރާމެއް ހިންގައިފަ އެވެ. އަދި ކުންފުނީގެ މަސައްކަތްތައް މިހާރަށް ވުރެ ފުރިހަމައަށް ހިންގުމަށް ކައިޒިން އިންސްޓިޓިއުޓާއި އެކު ލީޑާޝިޕް ވޯކްޝޮޕެއް ވެސް ވަނީ ބާއްވައިފަ އެވެ.
ވިލާ ހަކަތައިން އެ ދާއިރާއަށް ބޭނުންވާ ޒުވާނުން ބިނާކުރުމަށް ވެސް މުހިންމު މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން، އެ ކުންފުނިން ވަނީ ވިލާ ކޮލެޖާ ގުޅިގެން ޔޫތު ސްކިލްސް ޑޭއެއް ބާއްވައިފަ އެވެ. އަދި ތިލަ ފުށީގައި ހުރި ވިލާ ހަކަތައިގެ އޮޕަރޭޝަންތައް ކުރިއަށްދާ ގޮތް ދައްކާލުމަށް ވިލާ ކޮލެޖުގެ ދަރިވަރުން ވަނީ ގެންގޮސްފަ އެވެ. އޭގެ އިތުރުން ވިލާ ހަކަތައިން ސީއެސްއާރު ޕްރޮގުރާމުގެ ދަށުން މިދިޔަ އަހަރުގެ ކުޑަކުދިންގެ ދުވަހު އަމާން ވެށީގައި ހުނަރުތައް ތަރައްގީކުރުމުގެ ހާއްސަ ވޯކްޝޮޕެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ވިލާ ހަކަތައިން ދާއިރާއަށް ނުކުންނާނެ ޖީލެއް ބިނާކުރުމުގެ ގޮތުން ވިލާ ކޮލެޖާ އެކު އަންނަނީ މަސައްކަތްކުރަމުންނެވެ. މިދިޔަ އަހަރު ވިލާ ކޮލެޖުގައި "ޔޫތު ސްކިލްސް ޑޭ" ގެ ނަމުގައި ހާއްސަ ޕްރޮގުރާމެއް ކުރިއަށް ގެންދިޔަ އެވެ. އަދި އެކޮލެޖުގެ ދަރިވަރުންނަށް ވިލާ ހަކަތައިގެ ތިލަފުށީގެ އޮޕަރޭޝަންތައް ހިނގާގޮތް ބަލައި, ދާއިރާއާ ގުޅުން ހުރި މައުލޫމާތުތައް ހޯދުމުގެ ފުރުސަތު ވަނީ ދީފަ އެވެ. އޭގެ އިތުރުން އެ ކުންފުނީގެ ސީއެސްއާރު ޕްރޮގުރާމުގެ ދަށުން މިދިޔަ އަހަރުގެ ކުޑަކުދިންގެ ދުވަހުގައި އަމާން ވެށީގައި ހުނަރުތައް ތަރައްގީކުރުމުގެ ހާއްސަ ޕްރޮގުރާމެއް ވަނީ ހިންގައިފަ އެވެ.
ވިލާ ހަކަތައިން ބުނީ އެ ކުންފުނިން އަމާޒު ހިފާފައި ހުރީ މިހާރަށްވުރެ ހިދުމަތްތައް ފުޅާކޮށް އިތުރަށް ފުރިހަމަ ކުރުމަށް ކަމަށެވެ. އަދި މިދިޔަ 25 އަހަރަށް ވުރެ، ކުރިއަށް އޮތް 25 އަހަރު ކާމިޔާބު އަހަރުތަކަކަށް ހެދުމަށް އެ ކުންފުނިން މަސައްކަތްކުރާނެ ކަމަށް ބުންޏެވެ.
ސިމެންޓް ސަޕްލަޔާ އޮފް ދަ އިޔާގެ އެވޯޑު ވިލާއަށް
ވިލާގެ 37 އަހަރުގެ ކާމިޔާބީގެ އަސްލަކީ މުވައްޒަފުން
ވިލާ ޓްރޭޑިންގެ ހޯލްސޭލް ސެންޓަރު ހުޅުވައިފި
"ޕްލެއިން ސޮލެއިލް"ގެ އުފެއްދުންތައް ވިލާ މާޓަށް
ވިލާ ހަކަތައިން ކޮލޮރައިޓް ކޯޓެޑް ޓިނު މިހާރު ލިބޭނެ
އިމާދުއްދީން ދަރިވަރުންގެ ހިސާބު ފިލާވަޅު ވިލާ މާޓުގައި
ވިލާ މާޓުގެ ފިހާރަތައް 24 ގަޑިއިރު ހުޅުވާފައި
ވިލާ މާޓްގެ ސްޓޯލަށް ޒިޔާރަތްކުރުން މުހިންމު
ވިލާ ގޭސް އެޕުން ގޭސް އޯޑަރުކޮށްލަން މާ ފަސޭހަ
ފްލެޓު ލިބުނު މީހުންނަށް ލިޓަސް އިން ހާއްސަ ޕެކޭޖެއް