ވިލާ މާޓު ފިހާރަތަކުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލު ކޮށްފި އެވެ.
06 އޮކްޓޯބަރ 2022
ވިލާ މާޓު ފިހާރަތަކުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލު ކޮށްފި އެވެ.
މިއީ، ކަސްޓަމަރުންނަށް ދެމުން އަންނަ ހިދުމަތްތައް އިތުރަށް ފުޅާކޮށް، ކަސްޓަމަރުންނަށް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި ގެނައި ބަދަލެކެވެ. ވިލާ މާޓު 1، 2 އަދި 3 ވެސް 24 ގަޑިއިރު ހުޅުވާފައި ބަހައްޓަން ވަނީ ނިންމައިފަ އެވެ.
ވިލާ މާޓުން ބުނި ގޮތުގައި އެ ފިހާރަ އަކީ ކަސްޓަމަރުންނަށް އެކި ބްރޭންޑުތަކުގެ ގިނަ ކާބޯތަކެތި ވިއްކަމުންދާ ފިހާރައެކެވެ. އަދި ކަސްޓަމަރުންގެ ޑިމާންޑުތަކަށް ކޭޓާ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެ ފިހާރައިގެ އަމާޒަކީ ކަސްޓަމަރުންނަށް ލުއި ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައި ދިނުން ކަމަށް ވެސް ބުންޏެވެ.
އޮންލައިންކޮށް ވިޔަފާރި ކުރެވޭ ގޮތަށް އެޕެއް ވަނީ ތައާރަފްކޮށްފަ އެވެ. ފިހާރައިން ލިބެން ހުރި ތަކެތީގެ މައުލޫމާތު ވެބްސައިޓް މެދުވެރިކޮށް ވެސް ބެލޭނެ އެވެ.
ވިލާ މާޓުން ކާބޯތަކެތީގެ އިތުރުން އެކި ކަހަލަ ކޮސްމެޓިކްސް އާއި ގެއަށް ބޭނުންވާ ތަކެތި ލިބެން ހުރެ އެވެ. ވިލާ މާޓުގެ ދެ ފިހާރަ މާލޭގައި ހުންނަ އިރު ތިން ވަނަ ފިހާރަ ހުންނަނީ ހުޅުމާލެ2 ގަ އެވެ.
ވިލާ ހަކަތަ: ކާމިޔާބު 25 އަހަރުން ވަރުގަދަ ނަމެއް
ސިމެންޓް ސަޕްލަޔާ އޮފް ދަ އިޔާގެ އެވޯޑު ވިލާއަށް
ވިލާގެ 37 އަހަރުގެ ކާމިޔާބީގެ އަސްލަކީ މުވައްޒަފުން
ވިލާ ޓްރޭޑިންގެ ހޯލްސޭލް ސެންޓަރު ހުޅުވައިފި
"ޕްލެއިން ސޮލެއިލް"ގެ އުފެއްދުންތައް ވިލާ މާޓަށް
ވިލާ ހަކަތައިން ކޮލޮރައިޓް ކޯޓެޑް ޓިނު މިހާރު ލިބޭނެ
އިމާދުއްދީން ދަރިވަރުންގެ ހިސާބު ފިލާވަޅު ވިލާ މާޓުގައި
ވިލާ މާޓްގެ ސްޓޯލަށް ޒިޔާރަތްކުރުން މުހިންމު
ވިލާ ގޭސް އެޕުން ގޭސް އޯޑަރުކޮށްލަން މާ ފަސޭހަ
ހަތަރު މަހަށް ވާވަރަށް ގޭހުގެ ސްޓޮކް އެބަހުރި: ވިލާ