މިދިޔަ އަހަރު މާލެ ޕޮލިހަށް ހުށަހެޅުނު އެކި މައްސަލަތަކުގައި ކޮށްފައިވާ މަސައްކަތްތަކުން 19.2 މިލިއަން ރުފިޔާގެ އަގުހުރި ތަކެތި ރިކަވާކޮށްދެވިފައިވާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
14 ޖެނުއަރީ 2025
މިދިޔަ އަހަރު މާލެ ޕޮލިހަށް ހުށަހެޅުނު އެކި މައްސަލަތަކުގައި ކޮށްފައިވާ މަސައްކަތްތަކުން 19.2 މިލިއަން ރުފިޔާގެ އަގުހުރި ތަކެތި ރިކަވާކޮށްދެވިފައިވާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފުލުހުން ވަނީ މާލެ ޕޮލިހުގައި ހިމެނޭ މާލެ ފްރަންޓްލައިން ޕޮލިސިން، ތިލަމާލެ ޕޮލިސް އަދި ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓުގެ މިދިޔަ އަހަރުގެ ތަފާސްހިސާބުތައް މިއަދު އާންމުކޮށްފަ އެވެ.
އެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު ޖުމްލަ 1،653 އައިޓަމެއް ރިކަވާކޮށްފައިވާއިރު، އެ ތަކެތީގެ ޖުމްލަ އަގު 19.2 މިލިއަން ރުފިޔާ އަށް ވުރެ ގިނަ އެވެ.
ރިކަވާކޮށްފައިވާ ތަކެތީގެ ތެރޭގައި 206 މޯބައިލް ފޯނު (1.983،564.79ރ.)، 253 މޮޓޯ ސައިކަލް (11،489،400ރ.)، 107 އިލެކްޓްރޯނިކްސް އައިޓަމް (986،843.42ރ.) އާއި އިލެކްޓްރޯނިކް އެހެނިހެން ތަކެތީގެ 333 އައިޓަމް (551،206.62ރ.)، އާއި 374 މައްސަލައެއްގައި ހިމެނޭ 3،582،837.11ރ. ގެ ނަގުދު ފައިސާ އަދި އެހެނިހެން 380 އައިޓަމް (615،813.56ރ.) ހިމޭނެ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މިދިޔަ އަހަރު މާލޭ ޕޮލިހަށް ވޮލިއުމް ކްރައިމްގެ ޖުމްލަ 5،242 މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ވައްކަމުގެ 2،290 މައްސަލަ، އެކްސިޑެންޓުގެ 2،025 މައްސަލަ، ފޭރުމުގެ 414 މައްސަލަ، މަސްތުވާތަކެތީގެ 236 މައްސަލަ އަދި މާރާމާރީގެ 358 މައްސަލަ އެވެ.
މާލޭ ޕޮލިހުން މިދިޔަ އަހަރު ކޮށްފައިވާ ތަހުގީގުތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު ޖުމްލަ 9،154 މައްސަލަ ތަހުގީގުކޮށްފައިވެ އެވެ. އޭގެ ތެރެއިން ކޭސްކޮށްގެން 7،157 މައްސަލައެއް ތަހުގީގުކޮށްފައިވެ އެވެ. އަދި 6،645 މައްސަލައެއް ފައިލްކުރި އިރު، 64 މައްސަލައެއް ޕީޖީ އޮފީހަށް ފޮނުވާފައިވެ އެވެ.
ފުލުހުން ބުނީ އެ މައްސަލަތަކުގައި ޖުމްލަ 1،000 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު، އޭގެ ތެރޭގައި ހައްޔަރުކޮށްފައިވާ 805 މީހަކު ހިމެނޭ ކަމަށެވެ.
ކުށުގެ މައްސަލަތައް ރިޕޯޓުކުރާ ވަރު މަދުވެއްޖެ
އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެންމެ ގިނައީ ވައްކަން
ކުޑަކުދިންގެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތައް
ގިނަ ޝަރީއަތްތައް ކެންސަލްވީ އިދާރީ މައްސަލަތަކާ ހެދި
ފުރަތަމަ ހަ މަހު ހުށަހެޅި މައްސަލަތައް މަދު: ޕޮލިސް
ގޭގެ ވެރިފަރާތަށް އަނިޔާކުރި 4 މީހުން ހައްޔަރުކޮށްފި
ހޮޅުދޫގައި މުޒާހަރާ ކުރި ދެ މީހަކު ހައްޔަރުކޮށްފި
ފްލެޓަކަށް ވަދެ ވަޅިން ބިރު ދެއްކި މީހަކު ހައްޔަރު
130އަށް ވުރެ ގިނަ ސިނގިރޭޓު ކާޓަން ވަގަށް ނަގައިފި
މާރާމާރީ: ހައްޔަރުކުރި މީހާގެ ބަންދަށް 10 ދުވަސް