ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި އިއްޔެ ބޮޑެތި ނަތީޖާތަކެއް ފެނުނު އިރު، ގިނަ ހެޓްރިކްތަކެއް ވެސް ވަނީ ފެނިފަ އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި އިއްޔެ ބޮޑެތި ނަތީޖާތަކެއް ފެނުނު އިރު، ގިނަ ހެޓްރިކްތަކެއް ވެސް ވަނީ ފެނިފަ އެވެ.
އެގޮތުން ފަސް ކުޅުންތެރިއެއްގެ ފަރާތުން ޖުމްލަ ހަތް ހެޓްރިކް ވަނީ ފެނިފަ އެވެ. ހަމަ އެއާ އެކު އެއް މެޗުގައި އެއް ޓީމެއް އަތުން ތިން ގޯލު ބައިކޮޅަށް ވެސް ވަދެފައިވެ އެވެ.
އެގޮތުން ރ. އަލިފުށީގެ އަހުމަދު ހުސާމް (ހުސާންކޮ) އާއި ކ. ދިއްފުށީގެ ޒައިން ޒަފަރު ވެސް ވަނީ ދެ ހެޓްރިކް ހަދައިފަ އެވެ. މީގެ އިތުރުން ދިއްފުށީގެ މުހައްމަދު ޝަމީމް އާއި އަހުމަދު ރިޒްވާން އަދި ތ. ތިމަރަފުށީގެ އަހުމަދު އަފްލާޒް ވެސް ވަނީ ހެޓްރިކެއް ހަދައިފަ އެވެ.
އިއްޔެ ހަވީރު ރ. އަލިފުއްޓާއި ރަސްގެތީމު ކުޅުނު މެޗު، އަލިފުށި ވަނީ 6-0 އިން ކާމިޔާބު ކޮށްފަ އެވެ. މި މެޗުގައި އެޓީމުން ޖެހި ހުރިހާ ގޯލެއް ވެސް ޖެހީ އަހުމަދު ހުސާމް އެވެ. މިއާ އެކު އަލިފުށި ވަނީ ތިން ޓީމު ހިމެނޭ ގުރޫޕް އޭގައި ދެ މެޗުން ހަތަރު ޕޮއިންޓާ އެކު ސެމީގެ ޖާގަ ވެސް ޔަގީން ކޮށްފަ އެވެ. ގުރޫޕްގައި ބާކީ އޮތީ ރަސްގެތީމާއި މަޑުއްވަރި ބައްދަލުކުރާ މެޗެވެ.
އައިހު، އިނގުރައިދޫ މޮޅުކޮށްދިން ގޯލު ޖެހިމަށް ފަހު.-- ފޮޓޯ: އިމޭޖަސް އެމްވީ
ރ. އަތޮޅުން ދެން ކުޅުނު މެޗުގައި ބައްދަލުކުރީ އިނގުރައިދޫ އާއި އެންމެ ފަހުގެ އަތޮޅު ޗެމްޕިއަން ދުވާފަރެވެ. މި މެޗު އިނގުރައިދޫ ވަނީ ފަހު ވަގުތު އަހުމަދު އައިހަމް (އައިހު) ޖަހައިދިން ގޯލުން 2-1 އިން ކާމިޔާބު ކޮށްފަ އެވެ. އިނގުރައިދޫ ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށް އަތޮޅު ސެމީގެ ޖާގަ ޔަގީން ކޮށްފައި ވާއިރު، މި ގުރޫޕްގައި ދެން އޮތީ ދުވާފަރާއި މީދޫ ބައްދަލުކުރާ މެޗެވެ.
ކ. އަތޮޅުގެ ކުޅުން ރޭ ފަށާފައި ވާއިރު، އެންމެ ގިނަ ހެޓްރިކް ވެސް ފެނުނީ މި އަތޮޅުގެ ފުރަތަމަ މެޗުގަ އެވެ. އެގޮތުން ގުރޫޕް އޭގެ ދިއްފުށި ވަނީ 18-2 އިން ހިންމަފުށި ބަލިކޮށްފަ އެވެ. މި މެޗުގައި ދިއްފުށީގެ ޒައިން ޒަފަރު ހަ ގޯލު ޖަހައި ދެ ހެޓްރިކް ފުރިހަމަ ކުރި އިރު، މުހައްމަދު ޝަމީމް އާއި އަހުމަދު ރިޒްވާޏް ވެސް ވަނީ ހެޓްރިކެއް ހަދައިފަ އެވެ. މި މެޗުގައި ހިންމަފުށީގެ ކުޅުންތެރިން އަތުން ތިން ގޯލެއް ވަނީ ބައިކޮޅަށް ވެސް ވަދެފަ އެވެ. މި ގުރޫޕްގައި ދެން ހިމެނޭ ގާފަރާއި މާފުށި ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.
ކ. އަތޮޅުގެ ގުރޫޕް ބީގައި ރޭ މޮޅެއް ހޯދީ ގުޅި އެވެ. އެޓީމުން ވަނީ 2-1 އިން ތުލުސްދޫ ބަލިކޮށްފަ އެވެ. ގުރައިދޫ އާއި ކާށިދޫ ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެެވެ.
ތ. އަތޮޅުގ ގުރޫޕް ބީގައި ހިރިލަންދޫ ވަނީ ރޭ 7-1 އިން ބުރުނި ބަލިކޮށްފަ އެވެ. މި މެޗުގައި ހެޓްރިކެއް ނުފެނުނު ނަމަވެސް، މިހާތަނަށް ކުޅުނު ތިން މެޗު ވެސް ކާމިޔާބު ކޮށްގެން ނުވަ ޕޮއިންޓާ އެކު ހިރިލަންދޫ މިވަނީ އަތޮޅު ސެމީގެ ޖާގައެއް ޔަގީން ކޮށްފަ އެވެ. މިއީ ބުރުނި ބަލިވި ފުރަތަމަ މެޗެވެ. ކުޅުނު ފުރަތަމަ ދެ މެޗު ކާމިޔާބު ކޮށްގެން ހޯދި ހަ ޕޮއިންޓާ އެކު އެ ޓީމު މިވަގުތު އޮތީ ގުރޫޕްގެ ދެވަނައިގަ އެވެ.
ހިރިލަންދޫ އާއި ބުރުނި ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: އިމޭޖަސް އެމްވީ
ގުރޫޕް ބީގެ ތިންވަނައިގައި އޮތީ 4-3 އިން ރޭ ކަނޑޫދޫ ބަލިކޮށްގެން ތިން ޕޮއިންޓް ހޯދި ގާދިއްފުށި އެވެ. ކަނޑޫދުއަށް އަދި ޕޮއިންޓެއް ލިބިފައި ނުވާއިރު، މި ގުރޫޕްގައި ދެން ހިމެނޭ ވޭމަންޑޫ އަށް ވެސް އަދި ޕޮއިންޓެއް ނުލިބެ އެވެ.
ގުރޫޕް އޭގައި ހިމެނޭ މުބާރާތުގެ އެންމެ ކާމިޔާބު ތިމަރަފުށި ވަނީ 9-1 އިން ދިޔަމިގިލި ބަލިކޮށް ދެވަނަ މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ. މި މެޗުގައި ތިމަރަފުށީގެ އަހުމަދު އަފްލާޒް ވަނީ ހެޓްރިކެއް ހަދައިފަ އެވެ. މި ގުރޫޕްގައި ހިމެނޭ ކިނބިދޫ ވަނީ ރޭ 3-0 އިން ވިލުފުށި ބަލިކޮށްފަ އެވެ.
މި ގުރޫޕްގެ އެއްވަނައިގައި މިވަގުތު އޮތީ ދެ މެޗު ވެސް ކާމިޔާބު ކޮށްފައިވާ ތިމަރަފުއްޓެވެ. ތިން މެޗުން ހަ ޕޮއިންޓް ހޯދާފައިވާ ވިލުފުށި ދެވަނައިގައި އޮތް އިރު، ތިންވަނައިގައި އޮތީ ތިން މެޗުން ހަތަރު ޕޮއިްނޓް ހަމަކޮށްފައިވާ ކިނބިދޫ އެވެ. އޮމަދުއަށް ދެ މެޗުން ޕޮއިންޓެއް ލިބިފައި ވާއިރު، ދިޔަމިގިލި ވަނީ މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ބަލިވެފަ އެވެ.
އިއްޔެ ހަވީރު އދ. އަތޮޅުގެ ދެ މެޗު ކުޅުނެވެ. އެގޮތުން ދަނގެތިން ވަނީ ހަންޏާމީދޫ 3-2 އިން ބަލިކޮށް، ގުރޫޕް އޭގެ ދެ މެޗުން ހަ ޕޮއިންޓް ހަމަކޮށްގެން އަތޮޅު ސެމީގެ ޖާގަ ޔަގީން ކޮށްފަ އެވެ.
ތިން ޓީމު ހިމެނޭ މި ގުރޫޕްގައި ދެން އޮތީ ހަންޏާމީދޫ އާއި ކުނބުރުދޫ ބައްދަލުކުރާ މެޗެވެ.
މަހިބަދޫގެ އާދަމް ފަހުމާން، ގޯލެއް ޖެހުމަށް ފަހު.-- ފޮޓޯ: އިމޭޖަސް އެމްވީ
އދ. އަތޮޅުގެ ގުރޫޕް ބީ ގައި މަހިބަދޫ ވަނީ އިއްޔެ 3-0 އިން މަންދޫ ބަލިކޮށްފަ އެވެ. މިއީ މަހިބަދޫގެ ފުރަތަމަ މެޗެވެ.
މަންދޫ ވަނީ އެޓީމުގެ ފުރަތަމަ މެޗުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ އޮމަދޫ އަތުން 3-2 އިން މޮޅުވެފަ އެވެ. މަހިބަދޫ އާއި މަންދުއަށް ވެސް ތިން ޕޮއިންޓް ލިބިފައި ވާއިރު، މި ގުރޫޕްގެ ފަހު މެޗުގައި މަހިބަދޫ އާއި އޮމަދޫ ބައްދަލުކުރާނެ އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގައި މިރޭ ކޅުމަށް ހަމަޖެހިފައި ވަނީ ށ. އަތޮޅާއި އއ. އަތޮޅުގެ މެޗުތަކެވެ.
އިނގުރައިދޫ، ވާދޫ، މަހިބަދޫ، ނައިވާދޫއަށް ޒޯން ތަށި
ޗެމްޕިއަން އޭދަފުށި ޒޯން ބުރު ވެސް ފެށީ ގަދަކޮށް
ތިމަރަފުށި ބަލިކޮށް ޒޯން ޗެމްޕިއަންކަން ކުޑަހުވަދުއަށް
މާފަންނާއި ވާދޫ އަދި ނައިވާދުއަށް ޒޯން ޗެމްޕިއަންކަން
ގޯލްޑަންގެ ޝަރަފްވެރި ޗެމްޕިއަންކަން ކާށިދޫ ހޯދައިފި
ނައިވާދޫ އާއި ކާށިދޫ ތާރީހީ ފައިނަލަކަށް
ހޫނުވި މެޗުން އޭދަފުށި ބަލިކޮށް ގަން ސެމީ އަށް
ކުއާޓާގައި އޭދަފުއްޓާއި ގަން ވާދަކުރަން ޖެހިއްޖެ
އަޖުފާންގެ ހުށިޔާރުކަމާއެކު އޭދަފުއްޓަށް ޒޯން ތަށި
ވަށަފަރު ކަޓުވާލައި ދިއްދުއާއި ނައިވާދޫ ފައިނަލަށް