ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އެންމެ ފަހުގެ ޗެމްޕިއަން ބ. އޭދަފުށި، މިއަހަރުގެ ޒޯން ބުރުގައި ކުޅުނު ފުރަތަމަ މެޗުގައި 3-1 އިން ޅ. ކުރެންދޫ ބަލިކޮށްފި އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އެންމެ ފަހުގެ ޗެމްޕިއަން ބ. އޭދަފުށި، މިއަހަރުގެ ޒޯން ބުރުގައި ކުޅުނު ފުރަތަމަ މެޗުގައި 3-1 އިން ޅ. ކުރެންދޫ ބަލިކޮށްފި އެވެ.
ޒޯން ތިނެއްގެ މި މެޗުގައި އޭދަފުށީގެ މުހައްމަދު ފާސިރު (ފާއްޓޭ) ފުރަތަމަ ހާފުގައި އެ ޓީމަށް ލީޑު ނަގައިދިނެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން އަލީ އިބްރާހިމްގެ ލަނޑުން ކުރެންދޫން ނަތީޖާ ހަމަހަމަ ކުރި އެވެ.
އޭދަފުށިން ނަތީޖާ ބަދަލުކޮށްލީ މެޗުގެ ފަހު ހަ މިނެޓް ތެރޭގަ އެވެ. މެޗު ނިމެން ހަ މިނިޓަށް ވެފައި ވަނިކޮށް އިޝާން އިބްރާހިމް (ސައްޓު) ދިން ޕާހަކުން ފާސިރު އޭދަފުއްޓަށް އަލުން ލީޑު ނަގައިދިނެވެ. އެ ޓީމަށް ލީޑް ފުޅާކޮށް ދިނީ ނިޝާމް މުހައްމަދު ރަޝީދު (ޕޮގް) އެވެ. އޭނާ ފޮނުވާލި ހަމަލާ ކުރެންދޫ ކުޅުންތެރިއެއްގެ ފައިގައި ޖެހިފައި ވަނީ ބައިގޯލަށެވެ.
އޭދަފުއްޓާއި ކުރެންދޫ އަކީ ވެސް އަތޮޅު ޗެމްޕިއަނުންނެވެ. ދެން މި ޒޯންގައި ހިމެނެނީ ކ. އަތޮޅުގެ ޗެމްޕިއަން މާފުއްޓާއި ރަނަރަފް ކާށިދޫ އެވެ. އަތޮޅު ފައިނަލްމާފުށި ކާމިޔާބު ކުރި ނަމަވެސް ރޭގެ މެޗުން ކުރީ ހޯދީ ކާށިދޫ އެވެ. އެ ޓީމުން މެޗު ކާމިޔާބު ކުރީ 3-1 އިންނެވެ.
ގޯން އެކެއްގައި ރޭ ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކުރީ ހއ. އަތޮޅުގެ ފައިނަލުގައި ކުޅުނު ޗެމްޕިއަން ވަށަފަރާއި ރަނަރަޕް ދިއްދޫ އެވެ.
މެޗުގެ ހަމައެކަނި ލަނޑު އިބްރާޙިމް އަތީގް ހަސަން (އިއްބެ) ޖަހައި ވަށަފަރުން ވަނީ ހދ. ގެ ޗެމްޕިއަން ނައިވާދޫ ބަލިކޮށްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވަށަފަރު ޓީމްގެ އަހުމަދު މާއިޝް ރަޝީދު (މާއި) އެވެ.
ދިއްދޫ މޮޅުވީ ހދ. އަތޮޅުގެ ރަނަރަޕް ނޭކުރެންދޫއާ ވާދަކޮށް 5-1 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދިއްދުއަށް މި މެޗުގައި ދެ ގޯލު ޖަހައިދިން އަލީ ސާމް އެވެ.
މާލޭގެ އަވަށްތައް ހިމެނޭ ޒޯން 8ގެ އެންމެ ފަހު ދެ ފަހަރުގެ ވެސް ޗެމްޕިއަން މާފަންނު ވަނީ ރޭ މައްޗަންގޮޅިއާ ވާދަކޮށް 4-3 އިން ބަލިވެފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މައްޗަންގޮޅީގެ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) އެވެ.
މިދިޔަ އަހަރުގެ މި ޒޯންގެ ފައިނަލްގައި ވާދަކުރި ވިލިމާލެ ވަނީ 2-1 އިން ހުޅުމާލެ ބަލިކޮށްފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވިލިމާލެ ޓީމުގެ އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު) އެވެ.
ހުޅުމާލޭ ރެހެންދި ޓާފް ދަނޑުގައި ކުޅޭ މުބާރާތުގައި މިރޭ ކުރިއަށްދާނީ ޒޯން ދޭއް، ހަތަރެއް އަދި ޒޯން ހަތެއްގެ މެޗުތަކެވެ.
އިނގުރައިދޫ، ވާދޫ، މަހިބަދޫ، ނައިވާދޫއަށް ޒޯން ތަށި
ގޯލްޑަން ފުޓްސަލްގައި އިއްޔެއަކީ ހެޓްރިކްތަކުގެ ދުވަހެއް
ތިމަރަފުށި ބަލިކޮށް ޒޯން ޗެމްޕިއަންކަން ކުޑަހުވަދުއަށް
މާފަންނާއި ވާދޫ އަދި ނައިވާދުއަށް ޒޯން ޗެމްޕިއަންކަން
ގޯލްޑަންގެ ޝަރަފްވެރި ޗެމްޕިއަންކަން ކާށިދޫ ހޯދައިފި
ނައިވާދޫ އާއި ކާށިދޫ ތާރީހީ ފައިނަލަކަށް
ހޫނުވި މެޗުން އޭދަފުށި ބަލިކޮށް ގަން ސެމީ އަށް
ކުއާޓާގައި އޭދަފުއްޓާއި ގަން ވާދަކުރަން ޖެހިއްޖެ
އަޖުފާންގެ ހުށިޔާރުކަމާއެކު އޭދަފުއްޓަށް ޒޯން ތަށި
ވަށަފަރު ކަޓުވާލައި ދިއްދުއާއި ނައިވާދޫ ފައިނަލަށް