ހިޖާމާ ޖެހުމުގެ ހިދުމަތް ދެމުންދާ ފަޒީލާ އުސްމާންގެ ފަޒީސް ހިޖާމާ ކްލިނިކް ހެލްތު މިނިސްޓްރީން އެންމެ ފަހުން ރަޖިސްޓްރީކޮށް ދީފި އެވެ.
15 ޖެނުއަރީ 2025
ހިޖާމާ ޖެހުމުގެ ހިދުމަތް ދެމުންދާ ފަޒީލާ އުސްމާންގެ ފަޒީސް ހިޖާމާ ކްލިނިކް ހެލްތު މިނިސްޓްރީން އެންމެ ފަހުން ރަޖިސްޓްރީކޮށް ދީފި އެވެ.
ފަޒީލާ ހިންގަމުންދިޔަ "ފަޒީސް ހިޖާމާ ތެރަޕީ" ހުއްދަ ނުނަގާ ހިންގާތީ ފުލުހުންގެ މެދުވެރިކޮށް އެ ތަން ބަންދު ކުރާނެ ކަމުގެ އިންޒާރު ހެލްތު މިނިސްޓްރީން ދިނުމުން މިދިޔަ އަހަރު އޮކްޓޫބަރު މަހު އެތަން ވަނީ ބަންދުކޮށްފަ އެވެ.
ސޯޝަލް މީޑިއާގައި ފަޒީލާ ކުރި ޕޯސްޓެއްގައިވަނީ ވަނީ އޭނާގެ ކްލިނިކް ރަޖިސްޓްރީ ކޮށްދީފައިވާ ކަމަށެވެ. ނަމަވެސް އޭނާ ބުނީ ރަޖިސްޓްރީކޮށްދިން ނަމަވެސް ހިދުމަތް ފެށުމަށް ބޭނުންވާ ލައިސަންސް އަދިވެސް ނުލިބޭތީ ހިޖާމާ ޖެހުމުގެ ހިދުމަތް ދޭން ނުފަށާ ކަމަށެވެ.
"ލައިސަންސް ހޯދުމުގެ މަސައްކަތް ވެސް އަޅުގަނޑު މި ދަނީ ކެނޑިނޭޅި ކުރަމުން،" އޭނާ ބުންޏެވެ.
އެތަނުން ހިޖާމާގެ ހިދުމަތް ދެމުން ދިޔައިރު، ފަޒީލާއަށް އަމާޒުވި އެންމެ ބޮޑު އެއް ފާޑު ކިޔުމަކީ އޭނާ އެކަން ކުރަމުން ދަނީ އެކަމާ ބެހޭ އެއްވެސް ތަމްރީނެއް ހޯދުމެއް ނެތި ކަމަށް ބުނެ އެވެ. ނަމަވެސް އޭނާ ބުނެފައި ވަނީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުން އޭނާ ހިޖާމާގެ ފަރުވާއާ ގުޅޭ ތަމްރީންތައް ފުރިހަމަ ކޮށްފައިވާ ކަމަށެވެ.
ހިޖާމާ ޖެހުމުގެ ހުއްދަ ނުދޭ މައްސަލާގައި ފަޒީލާ އޮތީ ކޯޓަށް މައްސަލަ ވެސް ހުށަހަޅައިފަ އެވެ.
ފަޒީސް ހިޖާމާ ސެންޓަރު ބަންދުކުރަން ޕޮލިހުގައި އެދިއްޖެ
ދެމައިން ނިޔާވި މައްސަލައިގެ ޖިނާއީ ތަހުގީގެއް ކުރަނީ
ވޭޕްގެ ޖޫރިމަނާ ނުދެއްކިޔަސް އެޅޭނެ ފިޔަވަޅެއް ނެތް؟
ހިޖާމާގެ ހިދުމަތް ހުއްޓުވި މައްސަލާގައި ފަޒީލާ ކޯޓަށް
ދުންފަތުން ސަލާމަތް ވާން ގާނޫނު ބަދަލުކުރަން އެދިއްޖެ
ފުލުހުން އަންގައިގެން "ފަޒީސް ހިޖާމާ" ބަންދުކޮށްފި
އެންގުމާ ހިލާފަށް ފަޒީލާ ހިޖާމާ ޖެހުން ކުރިއަށް
ފަޒީސް ހިޖާމާ ހުއްޓާލަން އަނެއްކާވެސް އަންގައިފި
ހުއްދަނެތި ހިޖާމާ ޖަހާ މައްސަލާގައި ފިޔަވަޅެއް ނާޅާ
ފަޒީގެ ހިޖާމާ ކްލިނިކަށް ފިޔަވަޅު އަޅަން އަންގައިފި