ހުޅުމާލެ 2 ގައި ހުރި ކަރަންޓް ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ހުއްޓުވަން މަސައްކަތް ކުރި ސްޓެލްކޯ މުވައްޒަފުންނަށް މެޑަލާއި ހަނދާނީ ލިޔުން މިއަދު ދީފި އެވެ.
15 ޖެނުއަރީ 2025
ހުޅުމާލެ 2 ގައި ހުރި ކަރަންޓް ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ހުއްޓުވަން މަސައްކަތް ކުރި ސްޓެލްކޯ މުވައްޒަފުންނަށް މެޑަލާއި ހަނދާނީ ލިޔުން މިއަދު ދީފި އެވެ.
ރޭ 9:30 ހާއިރު ކަރަންޓު ޓްރާންސްފޯމަރެއްގެ ތެރެއަށް ވަދެ ވައްކަން ކުރިކަން އެނގުނީ ޓްރާންސްފޯމަރުގެ ކޭބަލް ބުރިކޮށްލުމުން އެމްޕީއެލް ފްލެޓްތަކުން ކަރަންޓު ކެނޑުމުންނެވެ.
އެއާ އެކު، އެ ސަރަހައްދުގައި ހުރި ސްޓެލްކޯގެ މުވައްޒަފަކު އެތަނަށް ދިޔައިރު ދެ ވަގުން އެތަނުގައި ތިބި ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެފައިވެ އެވެ. އަދި އެ މީހުން ހުއްޓުވަން އެ މުވައްޒަފު މަސައްކަތް ކުރުމުން އެމީހުންގެ އަތުގައި އޮތް ރެންޗަކުން ޖަހައި، މާރާމާރީ ހިންގި އެވެ.
އެ މާރާމާރީގައި އެ މުވައްޒަފުގެ ބޮލާއި އަނގަމަތި ފަޅައިގެން ގޮސްފައިވެ އެވެ.
ސްޓެލްކޯއިން މިއަދު ބުނީ ޓްރާންސްފޯމަރު ހުއްޓުވަން މަސައްކަތް ކުރި މުވައްޒަފުން ދައްކުވައިދިން ކެރުންތެރިކަމާއި ހިތްވަރު ފާހަގަ ކުރުމުގެ ގޮތުން އެ މުވައްޒަފުންގެ އަގު ވަޒަން ކޮށްފައިވާ ކަމަށެވެ.
އެގޮތުން އެއް މުވައްޒަފަކަށް އެ ކުންފުނީގެ "މެޑަލް އޮފް ބްރޭވަރީ" ދިނުމުގެ އިތުރުން އިތުރު މުވައްޒަފަކަށް ހަނދާނީ ލިޔުން ވަނީ ދީފަ އެވެ. "މެޑަލް އޮފް ބްރޭވަރީ ދީފައިވަނީ ޒަހަމްވި މުވައްޒަފަށެވެ.
ވަގު ހުއްޓުވަން މަސައްކަތް ކުރި ސްޓެލްކޯގެ މުވައްޒަފުންގެ އަގު ވަޒަން ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ސްޓެލްކޯ
ސްޓެލްކޯއިން ބުނީ މިފަދަ މައްސަލަތަކަކީ ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލައި ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ. އެ މައްސަލާގައި ވައްކަން ކުރުމުގައި ހަރަކާތްތެރިވި އެކަކު ފުލުހުން މިއަދު ވަނީ ހައްޔަރުކޮށްފަ އެވެ.
މުވައްޒަފުންނަށް ދިމާވާ ނުރައްކާތައް ބަލާނަން: ފަހުމީ
ޓްރާންސްފޯމަރު "ވަގު" ހުއްޓުވުމުން ބޯފަޅާލައިފި
ޔޫކޭގައި ވަގަށްނެގި ރަން ފާހާނާތަށި ނުފެނުނު
ޕްރިތަމްގެ އޮފީހުން 4 މިލިއަން ރުޕީސް ވަގަށް ނަގައިފި
"ކެލާ އަހައްމަދު" އިތުރު ބަަޔަކަށް ލަނޑުދިންތޯ ބަލަނީ
ބިދޭސީއެއްގެ އަތުން ފޭރުނު މީހުންގެ ބަންދަށް 10ދުވަސް
ޓްރާންސްފޯމަރު "ވަގަކު" އަނެއްކާވެސް ހުއްޓުވައިފި
ވައްކަން ކުރީ ފަގީރުކަމުން: ސައިފަށް ހަމަލާދިން މީހާ
ސައިފަށް ހަމަލާދީގެން ހައްޔަރުކުރީ ބަންގްލަދޭޝް މީހެއް!
ސައިފަށް ހަމަލާދިން ވަގު އަދިވެސް އަތުލައިނުގަނެވޭ!