ހުޅުމާލެ 2 ގައި ބަހައްޓާފައިވާ ކަރަންޓު ޓްރާންސްފޯމަރަކުން ވައްކަން ކުރި ބަޔަކު ހުއްޓުވަން އުޅުނު ސްޓެލްކޯގެ މުވައްޒަފަކަށް މިރޭ ހަމަލަދީ ބޯ ފަޅާލާފައިވާއިރު، އެ ކުންފުނީގެ މުވައްޒަފުންނަށް ކުރިމަތިވާ އެފަދަ ނުރައްކާތެރި ކަންކަން ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލައި، ހައްލު ކޮށްދެއްވާނެ ކަމަށް މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެ އެވެ.
14 ޖެނުއަރީ 2025
ހުޅުމާލެ 2 ގައި ބަހައްޓާފައިވާ ކަރަންޓު ޓްރާންސްފޯމަރަކުން ވައްކަން ކުރި ބަޔަކު ހުއްޓުވަން އުޅުނު ސްޓެލްކޯގެ މުވައްޒަފަކަށް މިރޭ ހަމަލަދީ ބޯ ފަޅާލާފައިވާއިރު، އެ ކުންފުނީގެ މުވައްޒަފުންނަށް ކުރިމަތިވާ އެފަދަ ނުރައްކާތެރި ކަންކަން ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލައި، ހައްލު ކޮށްދެއްވާނެ ކަމަށް މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެ އެވެ.
މިރޭ 10 ޖަހާކަށް ހާއިރު ޓްރާންސްފޯމަރުން ވައްކަން ކުރުމުން އެމްޕީއެލްގެ ފްލެޓުތަކުން ކަރަންޓު ކެނޑުނެވެ. އެއާ އެކު، ޓްރާންސްފޯމަރުތައް ހިމެނޭ ސަރަހައްދަށް ދިޔަ ސްޓެލްކޯގެ މުވައްޒަފަށް ބަޔަކު ޓްރާންސްފޯމަރުގެ އެކި ބައިތައް ވަގަށް ނަގައިގެން ގެންދާ މަންޒަރު ފެނުމުން އެ މީހުން ހުއްޓުވުމުން ރެންޗުން ޖަހައި މާރާމާރީ ހިންގީ އެވެ.
އެ ހަމަލާގައި އެ މުވައްޒަފުގެ ބޯ ފަޅައިގެން ގޮސް އަނިޔާވި އެވެ. އޭނާ އަށް މިހާރު އަންނަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.
އެކަން ކުށްވެރި ކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމްޑީ ފަހުމީ ވިދާޅުވީ، ސްޓެލްކޯގެ މުވައްޒަފުގެ ބޮލުގައި ޖަހައި ހިންގި އެ މާރާމާރީގެ ސަބަބުން ދާއިމީ ނުކުޅެދުންތެރި ކަމަކުން ނުވަތަ މަރުގެ އެތިފަހަރަކުން އެ މުވައްޒަފު ސަލާމަތްވީ ހަމަ ކިރިޔާ ކަމަށެވެ.
ފަހުމީ ވިދާޅުވި ގޮތުގައި އެ މުވައްޒަފު އެ ވަގުތު ދެއްކި ހިތްވަރުގެ އަގުވަޒަން ކުރާނެ އެވެ.
"އަޅުގަނޑު ސްޓެލްކޯގެ ހުރިހާ މުވައްޒަފުންނަށް ޔަގީންކަން ދެން އެ މުވައްޒަފު ދެއްކި ހިތްވަރުގެ އަގުވަޒަން ކުރާނެކަން އަދި އަޅުގަނޑުމެންގެ ޓީމަށް ކުރިމަތިވާ ކޮންމެ ނުރައްކަލެއް ސީރިއަސް ކަމެއްގެ ގޮތުގައި ހައްލުކުރާނެ ކަން،" ފަހުމީ ވިދާޅުވި އެވެ.
I strongly condemn the violent attack on our staff member tonight, where he narrowly escaped permanent disability or even death after being struck on the head with a large wrench.
— Hussain Fahmy (@HussainFahmy09) January 14, 2025
I assure all @STELCOMALDIVES employees that the bravery displayed by this staff member will be… https://t.co/MjIkfHvFjr
ކަރަންޓު ޓްރާންސްފޯމަރުތަކުން ވައްކަން ކުރުން އިންތިހާއަށް އިތުރުވެފައިވާއިރު ފަހުމީ މިރޭ "މިހާރު" އަށް ވިދާޅުވި ގޮތުގައި މިއީ ޖެހިޖެހިގެން ވައްކަންކުރާ ހަތަރު ވަނަ ފަހަރެވެ.
ޓްރާންސްފޯމަރު ސައިޓަށް ވަދެ، ވައްކަން ކުރުމަކީ ވަރަށް ނުރައްކާތެރި ކަމަކަށް ވަގުން ދަނީ އޭގެ ތެރެއިން ކަރަންޓު ނަރުތައް ކަނޑައި ވިއްކަމުންނެވެ.
ކަރަންޓު ޓްރާންސްފޯމަރު ސައިޓަކަށް ވަދެ އުޅެނިކޮށް މިދިޔަ އަހަރު މީހަކު މަރު ވެސް ވި އެވެ.
ޓްރާންސްފޯމަރު "ވަގު" ހުއްޓުވުމުން ބޯފަޅާލައިފި
ޓްރާންސްފޯމަރުތައް މޮނިޓާކުރަން ސީސީޓީވީ ހަރުކުރަނީ
ކަރަންޓު ޓްރާންސްފޯމަރުތަކަކަށް ގެއްލުން ދީފި
ޓްރާންސްފޯމަރު "ވަގަކު" އަނެއްކާވެސް ހުއްޓުވައިފި
ހުޅުމާލެ 2 ގެ ބޮޑު ބަޔަކަށް އަލުން ކަރަންޓު ދީފި
ވަގު ހުއްޓުވި ސްޓެލްކޯ މުވައްޒަފުންގެ އަގު ވަޒަންކޮށްފި
ވައްކަންކުރަން އުޅުނު މީހާ ކަރަންޓުގައި ޖެހި މަރުވެެއްޖެ
ސްޓެލްކޯގެ ޓްރާސްފޯމަރުތަކަކަށް ގެއްލުން ދީފި
4 ގަޑިއިރު ފަހުން ހިޔާގެ ޓަވަރުތަކަށް ކަރަންޓް ދީފި
"ކަރަންޓު ކެނޑުނު މައްސަލާގައި ފިޔަވަޅު އަޅާނަން"