Roadha Mihaaru

ސިއްހީ ދިރާސާގެ 10 ވަނަ އަދަދު ލޯންޗުކޮށްފި

ހެލްތު ރިސާޗުގެ 10 ވަނަ އަދަދު ހެލްތު މިނިސްޓްރީން މިއަދު ލޯންޗުކޮށްފި އެވެ.

ސިއްހީ ދިރާސާގެ 10 ވަނަ އަދަދު ލޯންޗުކޮށްފި

ހެލްތު ރިސާޗުގެ 10 ވަނަ އަދަދު ހެލްތު މިނިސްޓްރީން މިއަދު ލޯންޗުކޮށްފި އެވެ.

އެ މިނިސްޓްރީން ނެރުނު ދިރާސާ ބުލެޓިންގައި މައިންނާއި ކުޑަކުދިންގެ ސިއްހަތާއި ގައިންގަޔަށް އަރާ ބަލިތައް ކޮންޓްރޯލްކުރުމާއި ނަފްސާނީ ސިއްހަތާއި ދެހެއްޓެނިވި ގޮތެއްގައި ތިމާވެށި ބޭނުންކުރުން ފަދަ ކަންކަމާ ގުޅޭ ގޮތުން ހަތް ރިޕޯޓެއް ހިމެނެ އެވެ.

އޭގެ އިތުރުން ނޭޝަނަލް ހެލްތު ރިސާޗު ކައުންސިލާ ގުޅުންހުރި މައުލޫމާތާއި ސިއްހީ ދިރާސާކުރަން ހުއްދަ ދިނުމުގެ މަރުހަލާތަކާއި 2022-2025 އަށް ރާއްޖޭގައި ސިއްހީ ދިރާސާކުރަން އެންމެ އިސްކަންދޭ ދާއިރާތައް ވެސް ހިމަނަފާއިވެ އެވެ.

ހެލްތު ރިސާޗުގެ 10 ވަނަ އަދަދު ނެރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ނާޒިމް މިއަދު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހެލްތު މިނިސްޓްރީ

ހެލްތު ރިސާޗުގެ 10 ވަނަ އަދަދު ނެރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ނާޒިމް މިއަދު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހެލްތު މިނިސްޓްރީ

އެ ދިރާސާގެ ތެރޭގައި ދުޅަހެޔޮ ވައްޓަފާޅި، ކާނާ އާއި ނިއުޓްރިޝަން، ސިއްހީ ދާއިރާގެ ޓެކްނޮލޮޖީގެ ކުރިއެރުންތައް ހިމެނެ އެވެ.

ކްލިނިކަލް ދިރާސާތައް ހަދާ ދާއިރާތަކުގެ ތެރޭގައި ކެންސަރާއި ކިޑްނީ ބައްޔާއި ހިތުގެ ބައްޔާއި ފުއްޕާމޭ ފަދަ ބަލިތައް ހިމެނެ އެވެ.

މިނިސްޓްރީން ބުނީ ރިސާޗު ބުލެޓިން ޝާއިއުކުރުމުގެ ބޭނުމަކީ ރާއްޖޭގައި ހަދާ ސިއްހީ ދާއިރާއާ ގުޅުންހުރި ދިރާސާތަކުން ހޯދާ މައުލޫމާތުތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުން ކަމަށެވެ.