ދިވެހި ސާފް ލީގުގެ ފުރަތަމަ އިވެންޓް ކަމަށްވާ ގދ. ގައްދޫ ކަޅެގަލެކޮޑާ މުބާރާތް ކެންސަލް ކޮށްފި އެވެ.
ދިވެހި ސާފް ލީގުގެ ފުރަތަމަ އިވެންޓް ކަމަށްވާ ގދ. ގައްދޫ ކަޅެގަލެކޮޑާ މުބާރާތް ކެންސަލް ކޮށްފި އެވެ.
އެމްއެސްއޭ އިން ރޭ ނެރުނު ބަޔާނުގައި ބުނެފައި ވަނީ އަންނަ މަހު 5-8 އަށް ބާއްވަން ތާވަލް ކުރެވުނު މުބާރާތް ކެންސަލް ކުރަން ޖެހުނީ، އިވެންޓްގެ ހޯސްޓިން ޕާޓްނަރު ކަމަށްވާ ގދ. ގައްދޫ ކައުންސިލް އިދާރާގެ ވަގުތުގެ ހާލަތު ނިޔާކުރާ ގޮތުން، އެމްއެސްއޭ އަށް ދެމުން އައި އެހީތެރިކަން ދިނުމަށް އުޒުރުވެރިވާތީ ކަމަށެވެ.
އެމްއެސްއޭ އިން 2022 ވަނަ އަހަރު ދިވެހި ސާފް ލީގު ފެށީއްސުރެން ވެސް، މިދިޔަ އަހަރާ ހަމައަށް ލީގުގެ އެންމެ ފުރަތަމަ އިވެންޓްގެ ގޮތުގައި ކުރިއަށް ގެންގޮސްފައި ވަނީ ކަޅެގަލެކޮޑާ އެވެ. އޭގެ ކުރިން 2020 ވަނަ އަހަރު އެމްއެސްއޭ އިން ގައުމީ ސާފް ޓުއާ ބާއްވަން މަސައްކަތް ކުރި އިރު ފުރަތަމަ އިވެންޓް ވެސް ބޭއްވީ ގައްދޫގަ އެވެ. އެ އަހަރު ގައްދޫ ޕްރޯ ނަމުގައި އިވެންޓް ބޭއްވި ނަމަވެސް ކޮވިޑާ ގުޅިގެން އިތުރު އިވެންޓެއް ނުބާއްވައި، ޓުއާ ކެންސަލް ކުރަން ޖެހުނީ އެވެ.
ގައްދޫ އަކީ ގައުމީ ފެންވަރުގެ ގިނަ ރާޅާއެޅުންތެރިން ނިސްބަތްވާ ރަށެކެވެ. އެމްއެސްއޭ އިން ގައުމީ ޓީމެއް އެކުލަވާލަން ފެށީއްސުރެން ކޮންމެ އަހަރެއްގެ ސްކޮޑުގައި ވެސް ގައްދޫގެ ރާޅާއެޅުންތެރިން ހިމެނެ އެވެ.
އެގޮތުން މިއަހަރުގެ ގައުމީ ސްކޮޑުގައި ހިމެނޭ ހަ ރާޅާއެޅުންތެރިންގެ ތެރެއިން ތިން ރާޅާއެޅުންތެރިން ނިސްބަތްވަނީ ގައްދުއަށެވެ. އެއީ އިސްމާއިލް ރަޝީދު (ސްމައިލީ) އާއި ނަޖާހު މުހައްމަދު (ކަބޯ) އަދި މިދިޔަ އަހަރުގެ ގައުމީ ލީގު ކާމިޔާބު ކުރި ހޫދު އަހުމަދު (ހޫބްޒް) އެވެ.
ގައްދޫ ކައުންސިލް އިދާރާއަކީ އެމްއެސްއޭ އާ ވަރަށް ގާތް ގުޅުމެއް އޮންނަ، އަދި ދިވެހި ސާފް ލީގު ވުޖޫދަށް ގެނައުމުގައި މުހިއްމު ބައިވެރިއެއް ކަން ފާހަގަކޮށް، ކައުންސިލްގެ މާލީ ހާލަތު ރަނގަޅުވެ، އަންނަ އަހަރު އަލުން ކަޅެގަލެކޮޑާ މުބާރާތް ބޭއްވޭނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް އެމްއެސްއޭގެ ބަޔާނުގައިވެ އެވެ.
އެމްއެސްއޭއިން އަންނަނީ މިއަހަރުގެ ސާފް ލީގުގެ ފުރަތަމަ އިވެންޓް ބާއްވާނެ ތަނަކާއި ތާރީހެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންނެވެ.
2020 ގައްދޫ ޕްރޯ - ފިރިހެން އޯޕަން: ސްމައިލީ / ފިރިހެން ޖޫނިއާ: އަހުމަދު އަނޫފް
2022 ކަޅެގަލެކޮޑާ - ފިރިހެން އޯޕަން: ސްމައިލީ / ފިރިހެން ޖޫނިއާ: ޝަރޫފް ޝާއިރު / އަންހެން އޯޕަން: މަރިޔަމް ރާހިލް ނަސީމް (އާޔާ)
2023 ކަޅެގަލެކޮޑާ - ފިރިހެން އޯޕަން: ކަބޯ / ފިރިހެން ޖޫނިއާ: މުހައްމަދު ޒަޔާން
2024 ކަޅެގަލެކޮޑާ - ފިރިހެން އޯޕަން: ކަބޯ / ފިރިހެން ޖޫނިއާ: ކަޔާން އަބްދުﷲ އަރީފް
ދިވެހި ސާފް ލީގު ލ. މާބައިދޫ "މެޝިން"ގައި
ސާފިންގެ އަންހެން ޗެމްޕިއަންކަން އާޔާ އަށް
ރަންދާ ރާޅުގަނޑުގެ ޗެމްޕިއަންކަން އިއްސެއާއި އިނާންއަށް
ރަންދާ ރާޅުގަނޑުގައި ޖޫނިއާ ސެމީއަށް ސާފަރުން ހޮވިއްޖެ
14 އަހަރުގެ ކަޔާން ސީނިއާ ސާފަރުން ސިއްސުވާލައިފި
އިނާން: މުލީގެ އާ ޖޫނިއާ ޗެމްޕިއަން
ސްމައިލީ މުލީގައި ޗެމްޕިއަންކަން ހޯދައިފި
ހިންމަފުށީގެ ބަދަލުގައި މުބާރާތް އޮންނާނީ ތުލުސްދޫގައި
"ކަޅެގަލެކޮޑާ" މުބާރާތުން އެއްވަނަ ކަބޯ އާއި ކައިޕުޓީ
ސާފިންގެ ސީޒަން ގައްދޫގެ މުބާރާތުން ފަށައިފި