ސަރުކާރުގެ ހަރަދުގައި ބޭސްފަރުވާ ކުރުމުގެ ނިޒާމު ކަމަށްވާ އާސަންދަ މެދުވެރިކޮށް މިދިޔަ އަހަރު 2.14 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
21 ޖެނުއަރީ 2025
ސަރުކާރުގެ ހަރަދުގައި ބޭސްފަރުވާ ކުރުމުގެ ނިޒާމު ކަމަށްވާ އާސަންދަ މެދުވެރިކޮށް މިދިޔަ އަހަރު 2.14 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމު ކުރި ހިސާބުތަކުން އެނގޭ ގޮތުން މިއީ އާސަންދައަށް ބަޖެޓް ކުރި އަދަދަށް ވުރެ ހަތް ޕަސެންޓު އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ބަޖެޓުގައި އާސަންދައަށް ހޭދަކުރަން ކަނޑައަޅާފައިވަނީ 1.9 ބިލިއަން ރުފިޔާ އެވެ.
އާސަންދައަށް ކުރި ހޭދަ އިތުރުވިއިރު، އެއީ 2023 ވަނަ އަހަރު ކުރި ހޭދައަށް ވުރެ ދެ ޕަސެންޓް އިތުރު އަދަދެކެވެ. އާސަންދަ އިން 2023 ވަނަ އަހަރު ވަނީ 2.11 ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ.
އާސަންދައަށް 2013 ވަނަ އަހަރު ހޭދަ ކުރީ ބިލިއަނެއްހާ ރުފިޔާ އެވެ. އެކަމަކު މިހާރު އެ އަދަދު ވަނީ ދެ ބިލިއަނުން މައްޗަށް އަރައިފަ އެވެ. ކޮވިޑް-19 ގެ މުއްދަތު ނުލާ އެވްރެޖުކޮށް އެއް އަހަރުން އަނެއް އަހަރަށް އާސަންދަ ނިޒާމު ދަނީ ބޮޑުވެ، ކުރަން ޖެހޭ ހަރަދު އެތައް ގުނައަކަށް އިތުރުވަމުންނެވެ. މިއީ ވޭތުވެދިޔަ އެއްވެސް ސަރުކާރަކަށް ކުޑަ ނުކުރެވުނު ހަރަދެކެވެ.
ވޯލްޑް ބޭންކުގެ ހިސާބުތައް ދައްކާ ގޮތުން އާސަންދަ އަށް ކުރާ ހޭދަ 2014 އިން 2019 ވަނަ އަހަރަށް 18 ޕަސެންޓް ވަނީ އިތުރުވެފަ އެވެ. ނަމަވެސް އާސަންދަ ބޭނުންކުރާ މީހުންގެ އަދަދު އެ މުއްދަތުގައި އިތުރުވީ އެންމެ ތިން ޕަސެންޓަށެވެ.
މި އަހަރު ވެސް އާސަންދައަށް 1.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ކަނޑައަޅައިފަ އެވެ. އެއީ ރިކަރަންޓް ހަރަދުގެ ފަސް ޕަސެންޓެވެ.
އާމްދަނީ ދަށަސް، ހަރަދު ކުޑަކޮށްގެން 1.4 ބިލިއަނުން ސާޕްލަސްގައި
އަހަރު ފެށުނުއިރު އާސަންދައަށް ކުރި ހޭދަ ކުޑައެއް ނުވި
ފިޔަވަޅުތަކުން އާސަންދަ/ސަބްސިޑީ ހޭދަ ކުޑަވާން ފަށައިފި
ދައުލަތުގެ އާމްދަނީއާ އެއްވަރަށް ހަރަދު ވެސް އިތުރު
"އިގުތިސާދީ އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރާނެ"
އެންމެ މުއްސަނދިންގެ އަތުން ވަކި އަދަދެއް އާސަންދައަށް
ސިފައިން، ފުލުހުންނަށް ޕްރައިވެޓް އިންޝުއަރެންސްސްކީމެއް
އަންނަ އަހަރު ހަރަދުން 6.6 ބިލިއަން ސަލާމަތް ކުރަނީ
ސަރުކާރުގެ ހިސާބުތައް އާންމުކުރަން ފަށައިފި
އަންނަ އަހަރުގެ ބަޖެޓު ހުށަހެޅުން ބުރާސްފަތި ދުވަހު