ވިހެއުމުން ލިބޭ ހަ މަސް ދުވަހުގެ ޗުއްޓީގެ މުއްދަތުގެ ތެރޭގައި ދަރިފުޅު މަރުވިޔަސް، މުވައްޒަފުންނަށް ޗުއްޓީއެއް ލިބޭނެ ގޮތް ހަމަޖައްސައިދޭން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
21 ޖެނުއަރީ 2025
ވިހެއުމުން ލިބޭ ހަ މަސް ދުވަހުގެ ޗުއްޓީގެ މުއްދަތުގެ ތެރޭގައި ދަރިފުޅު މަރުވިޔަސް، މުވައްޒަފުންނަށް ޗުއްޓީއެއް ލިބޭނެ ގޮތް ހަމަޖައްސައިދޭން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ވިހެއުމަށް ފަހު ލިބޭ ހަ މަސް ދުވަހުގެ ތެރޭގައި ދަރިފުޅު މަރުވުމުން، އަނބުރާ ވަޒީފާ އަށް ނުކުތުމަށް ސަރުކާރުގެ ދެ އިދާރާއަކުން އެންގި މައްސަލައެއް ފެންމަތިވުމުން، ޗުއްޓީ ކެންސަލް ނުވާ ގޮތަށް ބަދަލުކުރަން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅަން މަދަނީ މައްސަލަތަކުގައި ހިލޭ ސާބަހަށް ވަކާލާތުކުރާ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) ވަނީ ނިންމައިފަ އެވެ.
ޕީއައިއެލްސީ މި މައްސަލަ ހުށަހެޅުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް، މަޖިލީހަށް މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
އޭނާ މަޖިލީހަށް ހުށަހެޅުއްވި މައްސަލާގައި ވަނީ މުވައްޒަފަކު ވިހެއުމުން ޗުއްޓީގައި ހުއްޓާ ދަރިފުޅު މަރުވެއްޖެނަމަ، އަނެއް ދުވަހުން ފެށިގެން މަސައްކަތް ނިކުންނަން ނުޖެހޭނެ ފަދަ ގޮތަކަށް ޗުއްޓީއެއް ހަމަޖެއްސުމަކީ މުހިންމު ކަމެއް ކަމަށެވެ.
އެ މައްސަލާގައި، މުވައްޒަފެއްގެ އިތުރު ޗުއްޓީއެއް ނެތި އަނެއް ދުވަހު ވަޒީފާއަށް ނިކުންނަން ޖެހުމަކީ މުވައްޒަފާއި އާއިލާއަށް އިތުރު ހިތްދަތިކަމާއި ތަކުލީފު އުފުލަން ޖެހޭނެ ކަމެއް ކަމަށެވެ. އެހެންވެ، އެ މައްސަލަ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީން ދިރާސާކޮށް، ހައްލެއް ހޯދައިދިނުމަށް ކުޑޫ ވަނީ އެދިވަޑައިގެންފަ އެވެ.
ޕީއައިއެލްސީއަށް އެންމެ ފުރަތަމަ ހުށަހެޅީ ވިހެއުމުގެ ޗުއްޓީގެ މުއްދަތުގައި މުވައްޒަފެއްގެ ހަތަރު މަހުގެ ކުއްޖަކު ކުއްލިއަކަށް މަރުވުމުން، ޖެހިގެން އައި ރަސްމީ ދުވަހު އެ މުވައްޒަފު އޮފީހަށް ނިކުތުމަށް އެންގި މައްސަލަ އެކެވެ.
ވިހެއުމުގެ ޗުއްޓީގެ މުއްދަތުގެ ތެރޭގައި ދަރިފުޅު މަރުވުމުން އޮފީހަށް ނިކުތުމަށް އެންގި ދެވަނަ ތަނަކީ ސަރުކާރުގެ މިނިސްޓްރީއެކެވެ. އެ މިނިސްޓްރީގެ މުވައްޒަފަކު މިދިޔަ އަހަރު ވިހެއިތާ ދެ މަސް ނުވަނީސް ދަރިފުޅު މަރުވި ދުވަހު ނޫން އަނެއް ދުވަހު އޮފީހުގެ މަސައްކަތަށް ނިކުތުމަށް އެންގި އެވެ.
ފުރާނަ ހުރި ކުއްޖަކު ވިހެއުމުން މުސާރައާ އެކު، ލިބޭ ޗުއްޓީ ހަ މަހަށް އިތުރުކޮށްފައިވަނީ ސިވިލް ސާވިސްގެ ގަވާއިދަށް ގެނައި ބަދަލާއެކު މާޗު، 2019 އިން ފެށިގެންނެވެ. އޭގެ ކުރިން ލިބެނީ ތިން މަސް ދުވަހުގެ ޗުއްޓީ އެވެ.
ވިހެއުމުން ލިބޭ ޗުއްޓީ ހަ މަހަށް އިތުރުކޮށްފި
މަހުމޫދު ވަކިކުރި މައްސަލަ އަލުން ބަލައިދޭން އެދިއްޖެ
ސިޔާސީ ސުވާލުތަކަށް ސައީދު ދެއްވީ ސިޔާސީ ރައްދެއް
ބިދޭސީންނަށް އާސަންދަ ދިނުމާ ބެހޭ ގަރާރު ބަލައިގެންފި
މާލީ ބަޔާން އާއްމުކުރަން ހުށަހެޅި ދެ ބިލް ބަލައިގެންފި
ދުންޖަހާ މީހުން ޖޫރިމަނާކޮށް ވެހިކަލް ވެސް އަތުލަންވީ!
ޓައީ އަޅަން މަޖުބޫރުނުވާ ގޮތަށް ކޮމިޓީން ފާސްކޮށްފި
ވަޒީރުންގެ މާލީ ބަޔާން އާއްމުކުރާ އިސްލާހު ބަލައިގެންފި
މަގާމަށް އައުމާއެކު މާލީ ބަޔާން ހާމަކުރަން ހުށަހެޅުމެއް
ދާއިމީ ބަލި މީހުންނަށް ފައިސާ ކުރިންދޭން އިސްލާހެއް