Roadha Mihaaru

ހޮނިހިރު ދުވަހު ވެސް ޕާސްޕޯޓު ދޫކުރަނީ

މާލޭ ސަރަހައްދުގައި ހިމެނޭ އިމިގްރޭޝަނުގެ ތިން އޮފީހުން ވެސް މާދަމާއިން ފެށިގެން ކޮންމެ ހޮނިހިރު ދުވަހަކު ޕާސްޕޯޓު ދޫކުރަން ނިންމައިފި އެވެ.

ހޮނިހިރު ދުވަހު ވެސް ޕާސްޕޯޓު ދޫކުރަނީ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

24 ޖެނުއަރީ 2025

މާލޭ ސަރަހައްދުގައި ހިމެނޭ އިމިގްރޭޝަނުގެ ތިން އޮފީހުން ވެސް މާދަމާއިން ފެށިގެން ކޮންމެ ހޮނިހިރު ދުވަހަކު ޕާސްޕޯޓު ދޫކުރަން ނިންމައިފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މާލެއިން ވެލާނާގެ އާއި ހުޅުމާލޭ 1 ގެ އުމަރު ޒާހިރު ބިލްޑިންގުގެ އިތުރުން ހުޅުމާލެ 2 ގެ ވިނަރެސް 2 ގައި ހުންނަ އެ އިދާރާގެ އޮފީހުން ޕާސްޕޯޓް ދޫކުރާނެ ކަމަށެވެ.

މީގެ ފަހުން ކޮންމެ ހޮނިހިރު ދުވަހެއްގައި ވެސް ޕާސްޕޯޓު ދޫކުރާއިރު ނަމްބަރު ދޫކުރާނީ ހެނދުނު 9:00 އިން 12:00 އާ ހަމައަށް ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.

އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު މިހާރު ޕާސްޕޯޓަށް ހުށަހެޅެ އެވެ.

މިހާރު ވަނީ އަތޮޅު ތެރޭގެ ބައެއް ރަށްރަށުން ވެސް ޕާސްޕޯޓު ދޫކުރަން ފަށައިފަ އެވެ. މީގެ ކުރިން ޕާސްޕޯޓުގެ ހިދުމަތް ދިނީ ހަމައެކަނި މާލެއިންނެވެ.

ވިލިމާލެ އާއި ލ. ފޮނަދޫ އަދި ދ. ކުޑަހުވަދޫގެ އިތުރުން ރ. އުނގޫފާރުން ވެސް މިހާރު ޕާސްޕޯޓުގެ ހިދުމަތް ލިބެ އެވެ. އެކަމަކު ސަރުކާރު ބަންދު ދުވަސްތަކުގައި މި ތަންތަނުން އަދި އެ ހިދުމަތެއް ނުލިބެ އެވެ.