ނޫސްވެރިކަމާއި އިންޓަނެޓް ރެގިއުލޭޓް ކުރަން ގާނޫނެއް ހެދުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.
ނޫސްވެރިކަމާއި އިންޓަނެޓް ރެގިއުލޭޓް ކުރަން ގާނޫނެއް ހެދުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ހީނާ ވިދާޅުވީ ނޫސްވެރިކަމާއި އިންޓަނެޓް ރެގިއުލޭޓްކުރާ ބިލެއް ތައާރަފް ކުރަން ސަރުކާރުން އެެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ. އަދި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ވެސް އެފަދަ ބިލެއް ހިމަނާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ ބިލެއް ތައާރަފް ކުރުމުގެ ވިސްނުމެއް ނެތް. ކުރިން ވެސް ހާމަކުރައްވާފައިވާ ގޮތަށް މީޑިއާތައް ޑީ ރެގިއުލޭޓް ކުރުމާއެކު ސެލްފް ރެގިއުލޭޓަރީ ނިޒާމަކަށް ފުރުސަތު ދިނުން އެއީ ސަރުކާރުގެ ސިޔާސަތު،" ހީނާ ވިދާޅުވި އެވެ.
"މި ސަރުކާރުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އެންމެ އިސްކަންދޭ ސިޔާސަތަކީ މީޑިއާގެ މިނިވަންކަން އެންމެ ފުޅާ ދާއިރާއެއްގައި ގާއިމްކޮށް ދެމެހެއްޓުން."
ނޫސްވެރިކަމާއި އިންޓަނެޓް ރެގިއުލޭޓް ކުރަން ބިލެއް ހުށަހެޅުމުގެ މަސައްކަތް ކުރަމުން ގެންދަވާ ކަމަށް ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފަ އެވެ. އެ ބިލްގެ މަސައްކަތް އޭނާ ކުރައްވަމުންދަނީ ސެލްފް ރެގިއުލޭޓަރީ ނިޒާމަކުން ނޫސްވެރިކަން ރެގިއުލޭޓް ކުރެވެމުން ނުދާތީ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.
ބެލެވޭ ގޮތުގައި އޭނާ މަސައްކަތް ކުރައްވަނީ އަމިއްލަ ގޮތުން އެ ބިލް މަޖިލީހަށް ހުށަހެޅުއްވުމަށެވެ.
މީގެކުރިން ތުޅާދޫ ދާއިރާގެ މެންބަރު ހަންނާނު އަބޫބަކުރު ވެސް ވަނީ "މީޑިއާ ކޮމިޝަން ބިލް"ގެ ނަމުގައި މަޖިލީހަށް ބިލެއް ހުށަހަޅުއްވައިފަ އެވެ. އެ ބިލްގައި ނޫސްވެރިންގެ އެތައް ކަންބޮޑުވުންތަކެއް ހުރުމުން، އެކަމާ ދެކޮޅަށް ކުރި ކެމްޕެއިނާ އެކު ބިލް އަނބުރާ ގެންދިޔަ އެވެ. އެ ބިލަކީ ވެސް ސަރުކާރާ އެއްވެސް ގުޅުމެއް އޮތް ބިލެއް ނޫން ކަމަށް އޭރު ސަރުކާރުން ބުނެފައިވެ އެވެ.
ކޮމިޓީ މަރުހަލާގައި މީީޑިއާގެ ކަންބޮޑުވުން އެހޭނެ:ނާޒިމް
ފޮރުވިގެން ހިންގާ ވެބްސައިޓުތަކަށް ހަލީލްގެ ފާޑުކިޔުން!
ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އޭގެ ގައިދުތައް
މީޑިއާ ގާނޫނު އުވާލަން އދ. އިން ގޮވާލައިފި
އެހީ ނުލިބި ރަނގަޅު މީޑިއާތައް ނެތިދާނެކަމުގެ އިންޒާރު
މީިޑިއާ ކޮމިޝަންގެ ވަގުތީ ކޮމިޓީ އެކުލަވާލައިފި
ގާނޫނަށް ތަބާ ނުވުމުގެ ފުރުސަތެއް ނުދޭނަން: ރައީސް
މީޑިއާ ބިލް ރައީސް ތަސްދީގު ކުރައްވައިފި
މީޑިއާ ބިލް ތަސްދީގު ނުކުރަން އެމްޖޭއޭއިން އެދިއްޖެ
މިއީ ރާއްޖޭގެ ޑިމޮކްރަސީއަށް ހިތާމަވެރި ދުވަހެއް: އިބޫ