ހއ. ހޯރަފުށީގައި ހުރި ޖުވެނަައިލް ހާފްވޭ ހައުސް (ކުޑަކުދިންގެ ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރު) ރައީސް ޑރ. މުހައްމަދު މުއިއްޒު ރަސްމީކޮށް މިއަދު ހުޅުއްވައިދެއްވައިފި އެވެ.
30 ޖެނުއަރީ 2025
ހއ. ހޯރަފުށީގައި ހުރި ޖުވެނަައިލް ހާފްވޭ ހައުސް (ކުޑަކުދިންގެ ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރު) ރައީސް ޑރ. މުހައްމަދު މުއިއްޒު ރަސްމީކޮށް މިއަދު ހުޅުއްވައިދެއްވައިފި އެވެ.
ކުޑަކުދިންގެ ޖިނާއީ އަދުލުގެ ގާނޫނުގައިވާ ގޮތުން ކުށުގެ ވެށީގައި އުޅޭ ކުދިންނާއި ނުރައްކަލަށް ހުށަހެޅުމުގެ ފުރުސަތު އޮތް ކުދިން މަރުކަޒުކޮށް ފަރުވާދޭން ޖެެހެ އެވެ. ނަމަވެސް 2019 ވަނަ އަހަރު އަމަލުކުރަން ފެށި ގާނޫނަށް ހަ އަހަރު ވެފައިވާއިރު ވެސް މުހިއްމު ދެ މަރުކަޒެއް ބޭނުމެއް ނުކުރެ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ދ. ކުޑަހުވަދޫގައި ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރެއް އަދި ހއ. ހޯރަފުށީގައި ހާފްވޭ ހައުސް އަޅައިފަ އެވެ.
އެކަމަކު، ކުޑަހުވަދޫ މަރުކަޒުގެ ހާލަތު ހުރި ގޮތުން ސަރުކާރުން ވަނީ ހޯރަފުށީގައި އެޅި ތަން ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރަކަށް މިދިޔަ އަހަރު ބަދަލުކޮށްފަ އެވެ.
ހާފްވޭ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު، ހޯމް މިނިސްޓަރު އިހްސާންއާ ސަލާމްކުރައްވަނީ. -- ފޮޓޯ | ރައީސް އޮފީސް
ހއ. އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހޯރަފުއްޓަށް ވަޑައިގެން އެތަން ހުޅުވައިދެއްވީ އެމަނިކުފާނެވެ.
ރައީސްގެ އަރިހުގައި ވަޑައިގަތީ ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނާއި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސިއްދީގެވެ.
އެ ސެންޓަރުގައި އަންހެން ކުދިންނަށް ހާއްސަ ބްލޮކަކާއި ފިރިހެން ކުދިންނަށް ހާއްސަ ބްލޮކެއް ހުރެ އެވެ.
މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އިހްސާން ވިދާޅުވެފައި ވަނީ ރެސިޑެންޝަލް ފަރުވާއަށް ފަހު އެ ކުދިން ބަދަލުކުރަން ޖެހޭނީ ހާފްވޭ ހައުސްއަށެވެ.
ފުރަތަމަ މަރުހަލާ ފުރިހަމަ ނުކޮށް، އެ ނިޒާމުގައި ދެ ވަނަ ސްޓެޕް އަކަށް ނުދެވޭ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ރައީސް މުއިއްޒު ހާފްވޭ ހައުސް ބައްލަވާލައްވަނީ. -- ފޮޓޯ | ރައީސް އޮފީސް
އޭނާ ވިދާޅުވީ އެ މަރުކަޒު ހުޅުވުމާ އެކު ރިސްކުގައި ތިބި އަދި އެންމެ އިސްކަންދޭން ޖެހޭ ކުދިން ނަގައި ރިހެބިލިޓޭޝަން ފަށާނެ ކަމަށެވެ. އެ ލިސްޓުގައި 200 އެއްހާ ކުދިން އެބަތިބި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ނުރައްކަލުގައި ތިބި ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ނަގައި ދިގު މުއްދަތަކަށް ރެސިޑެންޝަލް ފަރުވާ ދިނުމަކީ ވެސް އެ ގާނޫނުން ކުރަންޖެހޭ ކަމަށެވެ. ސަރުކާރުން ވަނީ، "ލޯންގްޓާމް ރެސިޑެންޝަން ކެއާ ފެސިލިޓީ" ގާއިމްކުރަން ވަކި ރަށެއް ހަމަޖައްސައި، 18 އަހަރު ވަންދެން އެ ކުދިން ބަލަހައްޓަން ނިންމައިފަ އެވެ.
ކުޑަކުދިންގެ ރެސިޑެންޝަލް ސެންޓަރަށް މުވައްޒަފުން ހޯދަނީ
މުރައިދޫ ކައުންސިލާއި ޕޮލިސް ސްޓޭޝަނުގެ ބިންގާ އަޅައިފި
ރިހެބިލިޓޭޝަން މުއްދަތު ހުކުމުން އުނިކުރަން ނިންމައިފި
ގައިދީންގެ ރިހެބިލިޓޭޝަންގެ މުއްދަތު ހުކުމުން އުނިކުރަނީ
ކުށުގެ ވެށީގައި އުޅޭ ކުދިން އިސްލާހު ކުރަނީ ވާނީގައި
އިޒްރޭލް ޕާސްޕޯޓް މަނާކުރަން ގާނޫނު އިސްލާހުކުރަނީ
ކުދިން ރިހެބިލިޓޭޓްކުރުމަށް ފަހު ސަލާމަތީ ހިދުމަތަށް
އެސްއޯގެ އޮޕަރޭޝަންތަކަށް ސީޕީގެ ހާއްސަ ހުއްދައެއް!
ކުށުގެ ވެށީގައި 200 އެއްހާ ކުދިން އެބަތިބި
ކުށަށް ޒިންމާވާންޖެހޭ އުމުރު 12 އަހަރަށް ދަށްކުރަނީ