ހއ. ހޯރަފުށީގައި ހުޅުވަން ތައްޔާރުވެފައިވާ ކުޑަކުދިންގެ ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރަށް މުވައްޒަފުން ހޯދަން މިއަދު އިއުލާނުކޮށްފި އެވެ.
08 އެޕްރީލް 2024
ހއ. ހޯރަފުށީގައި ހުޅުވަން ތައްޔާރުވެފައިވާ ކުޑަކުދިންގެ ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރަށް މުވައްޒަފުން ހޯދަން މިއަދު އިއުލާނުކޮށްފި އެވެ.
ޖުވެނަލް ޖަސްޓިސް ޑިޕާޓްމަންޓުން ކުރި އިއުލާންތަކުގައި ވަނީ އެސިސްޓެންޓް ކައުންސެލަރާއި ޕްރޮގްރާމް އޮފިސަރު އަދި ސީނިއާ ޖުވެނަލް ޖަސްޓިސް އޮފިސަރުގެ އިތުރުން މަސައްކަތު މީހުންނާއި ޗައިލްޑް ކެއާ އެޓެންޑުން ހޯދަން ހުޅުވާލައިފަ އެވެ.
އެ މަގާމުތަކަށް މި މަހުގެ 18 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ކުރިމަތިލެވޭނެ އެވެ.
ކުޑަކުދިންގެ ޖިނާއީ އަދުލުގެ ގާނޫނުގައިވާ ގޮތުން ކުށުގެ ވެށީގައި އުޅޭ ކުދިންނާއި ނުރައްކަލަށް ހުށަހެޅުމުގެ ފުރުސަތު އޮތް ކުދިން މަރުކަޒުކޮށް ފަރުވާދޭން ޖެހޭނެ އެވެ. ނަމަވެސް 2019 ވަނަ އަހަރު އަމަލުކުރަން ފެށި ގާނޫނަށް ފަސް އަހަރުވެގެންދާއިރު ވެސް މުހިއްމު ދެ މަރުކަޒެއް ބޭނުމެއް ނުކުރެވުނަސް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ދ. ކުޑަހުވަދޫގައި ރެސިޑެންޝަލް ޓްރީޓްމަންޓް އަދި ހއ. ހޯރަފުށީގައި ހާފްވޭ ހައުސް އަޅައިފަ އެވެ.
އެކަމަކު، ކުޑަހުވަދޫ މަރުކަޒުގެ ހާލަތު ހުރި ގޮތުން ސަރުކާރުން ވަނީ ހޯރަފުށީގައި އެޅި ތަން ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރަކަށް ބަދަލުކޮށް އަންނަ ހަފުތާގެ ތެރޭގައި އެ ތަން ބޭނުންކުރަން ނިންމައިފަ އެވެ،
ކުށުގައި ބައިވެރިވާ ކުޑަކުދިން މަދުކުރަން ސޯޝަލް ސެކްޓާއިން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ނިއުސް ކޮންފަރެންސްގައި، ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ރެސިޑެންޝަލް ފަރުވާއަށް ފަހު އެ ކުދިން ބަދަލުކުރަން ޖެހޭނީ ހާފްވޭ ހައުސްއަށެވެ. ފުރަތަމަ މަރުހަލާ ފުރިހަމަ ނުކޮށް، އެ ނިޒާމުގައި ދެ ވަނަ ސްޓެޕް އަކަށް ނުދެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސްޓެޕް 1، ދ. ކުޑަހުވަދޫގެ މަރުކަޒު ނުހުޅުވި ސްޓެޕް ދޭކަށް ދިއުމަކީ ކުރެވޭނެ ކަމެއް ނޫން މި ނިޒާމުގައި. އެހެންވެ، އަޅުގަނޑުމެން މިހާރު ނަގާފައި އޮތް އެއް ޑިސިޝަނަކީ ހޯރަފުށީގައި ހުރި ތަން އަޅުގަނޑުމެން ފުރަތަމަ ފައްޓާނީ ޖުވެނަލް ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގެ ގޮތުގައި ކަމަށް. އިރާދަކުރެއްވިއްޔާ މި ފެށޭ ހަފުތާގައި އެތަން ހުޅުވާނަން،" އިސްކަންދަރުކޮށީގައި ބޭއްވި ނިއުސް ކޮންފަރެންސްގައި އިހުސާން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ވީހާ ވެސް އަވަހަކަށް އެ މަރުކަޒު ހުޅުވައި، ރިސްކުގައި ތިބި އަދި އެންމެ އިސްކަންދޭން ޖެހޭ ކުދިން ނަގައި ރިހެބިލިޓޭޝަން ފަށާނެ ކަމަށެވެ. އެ ލިސްޓުގައި 200 އެއްހާ ކުދިން އެބަތިބި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ނުރައްކަލުގައި ތިބި ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ނަގައި ދިގު މުއްދަތަކަށް ރެސިޑެންޝަލް ފަރުވާ ދިނުމަކީ ވެސް އެ ގާނޫނުން ކުރަންޖެހޭ ކަމަށެވެ. ސަރުކާރުން ވަނީ، "ލޯންގްޓާމް ރެސިޑެންޝަން ކެއާ ފެސިލިޓީ" ގާއިމްކުރަން ވަކި ރަށެއް ހަމަޖައްސައި، 18 އަހަރު ވަންދެން އެ ކުދިން ބަލަހައްޓަން ނިންމައިފަ އެވެ.
ހޯރަފުށީގެ ހާފްވޭ ހައުސް ރައީސް ހުޅުއްވައިދެއްވައިފި
ކުށުގެ ވެށީގައި އުޅޭ ކުދިން އިސްލާހު ކުރަނީ ވާނީގައި
ކުދިން ރިހެބިލިޓޭޓްކުރުމަށް ފަހު ސަލާމަތީ ހިދުމަތަށް
ކުށުގެ ވެށީގައި 200 އެއްހާ ކުދިން އެބަތިބި
ކުށަށް ޒިންމާވާންޖެހޭ އުމުރު 12 އަހަރަށް ދަށްކުރަނީ
ކުޑަކުދިންގެ އަދުލުގެ ގާނޫނު އިސްލާހުނުވާތީ ކަންބޮޑުވުން
އެއްކުއްޖަކު އެއްދުވަހު އެކި ކުށްތަކުގައި ޕޮލިހަށް
ޒަކިއްޔާގެ އޮޓޯޕްސީ ނުހެދުމަކީ ގޯހެއް: އިހުސާން
ފަޒްނާގެ ފޮޓޯގައި ގެންގުޅެނީ އެމްޑީޕީ ވޯޓާސް ލިސްޓު!
އިހުސާންގެ އިތުބާރު ނެތް ކަމަށް ފާހެއް ނުވި!