ދައުލަތުގެ ހަރަދު ކުޑަކުރުމަށް އަޅާފައިވާ ފިޔަވަޅެއްގެ ގޮތުން މިއަހަރުން ފެށިގެން ކުރިއަށް އޮތް ދެ އަހަރުގެ މުއްދަތަށް ސަރުކާރު ކުންފުނިތަކުގެ އިސްވެރިންގެ މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ގިނަވެގެން ދެވޭނީ 90،000ރ. ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑް (ޕީސީބީ) އިން އަންގައިފަ އެވެ.
30 ޖެނުއަރީ 2025
ދައުލަތުގެ ހަރަދު ކުޑަކުރުމަށް އަޅާފައިވާ ފިޔަވަޅެއްގެ ގޮތުން މިއަހަރުން ފެށިގެން ކުރިއަށް އޮތް ދެ އަހަރުގެ މުއްދަތަށް ސަރުކާރު ކުންފުނިތަކުގެ އިސްވެރިންގެ މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ގިނަވެގެން ދެވޭނީ 90،000ރ. ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑް (ޕީސީބީ) އިން އަންގައިފަ އެވެ.
ޕީސީބީން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން ދައުލަތުގެ ހަރަދު ކުޑަކުރުމަށް އަޅާފައިވާ އެ ފިޔަވަޅުތައް ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ހުރިހާ ކުންފުންޏަކަށް ހިނގާނެ ކަމަށެވެ. ނަމަވެސް ކުންފުނިތަކުގައި މަސައްކަތްކުރާ ޓެކްނިކަލް މުވައްޒަފުން އޭގެ ތެރޭގައި ނުހިމެނޭ ކަމަށް ވެސް އެ ސާކިއުލާގައި ބުންޏެވެ.
އެ ސާކިއުލާގައި ބުނީ ކުންފުނިތަކުގެ ވެރިންނާއި މުވައްޒަފުންނަށް އެންމެ ބޮޑުވެގެން ދެވޭނީ 90،000ރ. ކަމަށް ރައީސް ކަނޑައަޅުއްވާފައިވާ ކަމަށާއި އެހެންވެ، މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކުރިއަށް އޮތް ދެ އަހަރަށް އަމަލުކުރާނީ އެގޮތަށް ކަމަށެވެ.
ނަމަވެސް ކުންފުނިތަކުގައި ހިމެނޭ ރާއްޖެއިން ބޭރުގެ ޑިރެކްޓަރުން އެ އުސޫލުން އިސްތިސްނާވާނެ ކަމަށް އެ ސާކިއުލާގައިވެ އެވެ.
އެ ސާކިއުލާގައިވާ ގޮތުން ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ޓެކްނިކަލް މުވައްޒަފުން ފިޔަވައި އެހެނިހެން މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ވެސް 90،000ރ. އަށް ވުރެ އިތުރުވާނަމަ، އިތުރުވާ ބައި އުނިކުރަން ޖެހޭނެ އެވެ. އަދި މުވައްޒަފުންނާ އެކު ހަދާފައިވާ އެއްބަސްވުންތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ވެސް ޕީސީބީން ވަނީ އަންގައިފަ އެވެ.
ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ކުރާ މަސައްކަތުގެ ދަށުން މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ސަރުކާރުގެ ކުންފުނިތަކުގެ އިތުރުން ސިޔާސީ މުވައްޒަފުންނާއި ދައުލަތުގެ ތިން ބާރުގެ އިސް ބޭފުޅުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި މަޖިލީހުގެ މެމްބަރުންގެ މުސާރައިން 10 ޕަސެންޓް ދެ އަހަރު ދުވަހުގެ މުއްދަތަށް އުނިކުރުމަށް ވެސް ނިންމަަވައިފަ އެވެ.
އެ ނިންމެވުމަށް ފަހު އެމަނިކުފާނު ވެސް ވަނީ މުސާރައިން 50 ޕަސެންޓް ނުނެގުމަށް ނިންމަވައިފަ އެވެ. އެއާ އެކު ރައީސަށް ދެން ލިބިވަޑައިގަންނަވާނީ 50،000ރ. ގެ މުސާރައެކެވެ.
ދައުލަތުގެ ދަރަނި ބޮޑުވެ، ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށަށް ގޮސްފައިވާތީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ސަރުކާރުން ބުނެ އެވެ.
ހަރަދުތައް ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި މިހާރު ތިބި 228 މުވައްޒަފަކު މަގާމުން ވަކިކުރަން ވެސް ރައީސް ނިންމެވި އެވެ. އެ ނިންމެވުމުގެ ސަބަބުން މަހަކު 5.7 މިލިއަން ރުފިޔާ ދައުލަތަށް ސަލާމަތް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ. ނަމަވެސް ވަކިކުރި މީހުންގެ މައުލޫމާތެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.
ހަރަދު ކުޑަކުރަން ފިޔަވަޅުތަކެއް އަޅަން އަންގައިފި
އެސްއޯއީތަކަށް ނުލިބި ހުރި ފައިސާގެ ތަފްސީލު ހޯދަނީ
ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން ވެސް އުނިކުރަނީ
ކުންފުނިތަކުގެ ހަރަދު ކުޑަކުރަން ހަރުކަށި ފިޔަވަޅުތަކެއް
އެސްއޯއީތަކުގެ ގެއްލުން 2 ބިލިއަނަށް ވުރެ މަތީގައި!
މިފްކޯގެ ސީއީއޯގެ ސަސްޕެންޝަން އުވާލައިފި
މިފްކޯގެ ސީއީއޯގެ މަގާމުން ވިޓާލީ ވަކިކޮށްފި
ރޯދައާ ގުޅިގެން އިތުރު ހަދިޔާ ނުދޭން އަންގައިފި
އިސްލާހީ ފިޔަވަޅުތައް ތަންފީޒުކުރަން ވަގުތު ކުޑަތަންވަނީ
ހަރަދު ކުޑަކުރަން މުސާރަތަކާ ކުޅެން ކޮމިޓީން ދެކޮޅު