ޗުއްޓީ ހޭދަކުރަން ރާއްޖެ އައި ޓޫރިސްޓަކު ދިވެހިންނާ އެކު ކުރި ތަޖުރިބާ އިން އިސްލާމް ދީން ގަބޫލުކޮށް، މުސްލިމަކަށް ވެއްޖެ އެވެ.
31 ޖެނުއަރީ 2025
ޗުއްޓީ ހޭދަކުރަން ރާއްޖެ އައި ޓޫރިސްޓަކު ދިވެހިންނާ އެކު ކުރި ތަޖުރިބާ އިން އިސްލާމް ދީން ގަބޫލުކޮށް، މުސްލިމަކަށް ވެއްޖެ އެވެ.
ރާއްޖެ އައި އިޓަލީގެ ފިރިހެން ޓޫރިސްޓު ވަނީ އޭނާ އަށް ދިމާވި ކުޑަ ހާދިސާއަކާ ގުޅިގެން ދިވެހިންގެ ފަރާތުން ފެނުނު އަޅާލުމާއި އޯގާތެރިކަމުގެ ވާހަކަ ފޭސްބުކްގައި ހިއްސާ ކޮށްފަ އެވެ.
އޭނާ ބުނި ގޮތުގައި އޭނާ ރައްޓެހިވެގެން އުޅޭ މީހާއާ އެކު ރާއްޖެ އައިސް ސްނޯކްލިންގައި އުޅެނިކޮށް އަންހެން މީހާގެ ފޯނު މޫދަށް ގެއްލުނެވެ. ފޯނުގައި އެ ދެ މީހުންގެ ހުރިހާ ހަނދާންތައް ހުރި ކަމަށާއި އެ ހުރިހާ އެއްޗެއް ގެއްލުމުން ވަރަށް ބޮޑަށް މާޔޫސްވި ކަމަށެވެ.
"މޫދަށް ފޯނު ގެއްލުނު ކަން ރަށުގައި ހުރި ދިވެއްސެއްގެ ކައިރީ ބުނިން. އެކަމަކު ބުނިން އެ ފޯނު ދެން ފެންނާނެ ހެން ހީނުވެޔޭ. އެހާ ވަރަށް އެ ހޯދަން މަސައްކަތް ނުކުރަން،" އޭނާ ލިއެފައިވެ އެވެ.
އެހެން ނަމަވެސް އެ ދިވެހި މީހާ އާއި އޭނާ ރައްޓެހިން މޫދުގައި އެތައް ގަޑިއިރެއް ހޭދަކޮށް ފޯނު ވެސް ހޯދައިގެން ގެނެސްދިން ކަމަށް އޭނާ ބުންޏެވެ.
ފޯނު އޮތީ ވޯޓަޕްރޫފް ކަވަރެއްގައި ކަމުން އެއްވެސް ގެއްލުމެއް ނުލިބެ އެވެ.
ޓޫރިސްޓު މީހާ ބުނި ގޮތުގައި އެއީ ދިވެހިން އޭނާ އާޝޯހު ކޮށްލި ފުރަތަމަ ފަހަރެއް ނޫނެވެ.
އެ ހާދިސާ އިން ދިވެހިން، މީހުންނަށް އެހާ އޯގާތެރީ މުސްލިމުންނަށް ވާތީތޯ އެނާ ސުވާލު އުފެދުނު ކަމަށެވެ.
"އެހެންވެއްޖިއްޔާ އަހަރެން ވެސް ބޭނުން [މުސްލިމަކަށް] ވާން."
އޭނާ ބުނި ގޮތުގައި އެހެންވެ، ރާއްޖޭގައި ހުންނަ މުއްދަތު އިތުރު ކޮށް މާލޭގައި އިތުރު ފަސް ދުވަސް މަޑުކުރީ އެވެ. އަދި މުސްލިމަކަށް ވާން ރަޖިސްޓާ ވާން ޖެހޭނީ ކޮންތަނެއްގައިތޯ ވެސް އޭނާ އޮޅުންފިލުވި އެވެ.
އޭގެ ފަހުން އޭނާ ކުރި އިތުރު ޕޯސްޓެއްގައި ބުނީ މާލެއިން ވަރަށް ރަނގަޅު ޝޭހަކާ މީހަކު އޭނާ ބައްދަލު ކޮށްދީފައިވާ ކަމަށެވެ. ނަމާދު ކުރާ ވަގުތުތަކާއި ޒަކާތާއި އިސްލާމް ދީނާ ބެހޭ ގޮތުން ވަރަށް ގިނަ އިރު އެ ޝޭހާ ވާހަކަ ދެކެވުނު ކަމަށް އޭނާ ބުންޏެވެ. އަދި އިތުރަށް ދަސް ކުރާނެ ގޮތާއި ވީޑިއޯތައް ވެސް ފޮނުވާފައިވާ ކަމަށް އޭނާ ބުންޏެވެ.
"މިހާރު އަހަންނަކީ ރަސްމީކޮށް މުސްލިމެއް. ޝަހާދަތް ކިޔައިފިން،" އޭނާ ލިއެފައިވެ އެވެ.
އޭނާ ބުނި ގޮތުގައި އިސްލާމް ދީނުގައި އޮންނަ ޒަކާތަކީ ކޯއްޗެއްކަން އޭނާ އަށް އެނގުނީ އަލަށެވެ. މީހުން ޒަކާތް ދައްކާ ސަބަބު އެނގި ލޮލުން ކަރުނަ އައި ކަމަށް އޭނާ ބުންޏެވެ.
އޭނާގެ މި ދަތުރު ތެރޭގައި ބައްދަލުވި ދިވެހިންނާއި ނަސޭހަތް ދިން އެންމެނަށް ވަނީ ޝުކުރު އަދާކޮށްފަ އެވެ.
ވީ ކޮންމެ ތަނެއްގައި މާތް ﷲ އަށް ތަގުވާވެރިވުން
ﷲ ސުބްހާނަހޫ ވަތައާލާ އަށް ލަދުވެތިވުން
ﷲ ސުބްހާނަހޫ ވަތައާލާ އަށް ލަދުވެތިވުން
މަރްޙަބާ ޔާ ރަމަޟާން
އެންމެ މާތް މައްސަރަށް އަޒުމްތަކާ އެކު ތައްޔާރުވޭ
ކައިވެނީގެ އަގުދު ސައްހަކުރަން މަސައްކަތް ކުރުން
ކައިވެނި ކާމިޔާބު ކުރުމުގެ އިސްލާމީ މިންގަނޑުތައް
ނަފުސާނީ ހުސްކަމެއް ލިބުމަށް އިސްލާމްދީން ޖާގައެއް ނުދޭ
މުސްލިމުންނަށް އާ އަހަރު ފާހަގަކުރެވިދާނެ؟
ކައިވެނީގެ އެންގޭޖުމަންޓުގެ މުހިންމުކަން