ކުރީގެ ރައީސް މައުމޫން އަަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން އުފެއްދި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އުވާލައި، ސިޔާސީ ޕާޓީތަކުގެ ދަފްތަރުން ވެސް އުނިކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމީ ގާނޫނާ ހިލާފަށް ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.
01 ފެބުރުއަރީ 2025
ކުރީގެ ރައީސް މައުމޫން އަަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން އުފެއްދި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އުވާލައި، ސިޔާސީ ޕާޓީތަކުގެ ދަފްތަރުން ވެސް އުނިކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމީ ގާނޫނާ ހިލާފަށް ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.
އެމްއާރްއެމްގައި 3،000 މެންބަރުން ހަމަނުވާ ކަމަށާއި ސިޔާސީ ޕާޓީއެއްގައި މެމްބަރުން ތިބެން ޖެހޭ ކަމަށް ގާނޫނުގައި ލާޒިމްކޮށްފައިވާ އެ އަދަދު ފުރިހަމަކުރަން ދިން މުއްދަތު ފަހަނައަޅައި ދިޔައިރު މެމްބަރުން ހަމަކޮށްފައި ނުވާ ކަމަށް ބުނެ އެ ޕާޓީ އުވާލަން އީސީ އިން ވަނީ މިދިޔަ މަހުގެ 29 ގައި ނިންމައިފަ އެވެ.
އެކަމަކު، އީސީގެ އެ ނިންމުން ގަބޫލު ނުކޮށް އެ އިދާރާ އަށް އެ ޕާޓީން ފޮނުވި ސިޓީއެއްގައި ބުނީ، ޕާޓީ އުވާލި ކަމަށް ނިންމާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ.
އެ ޕާޓީއާ މެދު އީސީ އިން ތަކުރާރުކޮށް އަމަލުކޮށްފައި ވަނީ ގާނޫނާއި ކޯޓުގެ އަމުރާ ހިލާފަށް ކަމަށާއި އެކަން ރައްޔިތުންގެ މަޖިލީހުގެ ކޮމީޓީގެ ރިޕޯޓުން ވެސް އެނގޭ ކަމަށް އެމްއާރްއެމުން ބުންޏެވެ.
"ގަސްދުގައި ވަކި ސިޔާސީ ޕާޓީއެއް އުވާލުމަށް ވަގު ފޯމު ހެދުމުގައި އަމަލީ ގޮތުން މަސައްކަތް ކޮށްފައިވާ ކަމަށާއި 3000 މެމްބަރުން ހަމަވިޔަ ނުދިނުމަށް އީސީގެ ނައިބު ރައީސް އަލީ ނަޝާތު އާއި ކޮމިޝަންގެ މެމްވަރު މުހައްމަދު އާސިފް އަދި ކޮމިޝަންގެ މެމްބަރު ޑރ. މުހައްމަދު ޒާހިރު މަސައްކަތް ކޮށްފައިވާ ކަމަށް އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ،" އެމްއާރުއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫނު ސޮއިކުރައްވައި އީސީ އަށް ފޮނުއްވި ސިޓީގައި ވެ އެވެ.
އެ މައްސަލާގައި އެ ކޮމިޝަންގެ މެމްބަރުންނަށް ފިޔަވަޅު އަޅައި، މަގާމުން ވަކިކޮށްފައިވާއިރު އެމްއާރްއެމާ މެދު އަމަލު ކޮށްފައިވާ ގޮތް އަލުން ތަހުގީގު ކުރުމަށް ފަހު ގާނޫނުގައިވާ ގޮތަށް އަމަލު ކުރުމަށް ވެސް އެ ޕާޓީން އެދުނެވެ.
އެމްއާރްއެމް މީގެ ކުރިން ވެސް އުވާލަން ނިންމުމުން ސިވިލް ކޯޓަށް ހުށަހެޅި އެވެ. އެ މައްސަލާގައި ސިވިލް ކޯޓުން ކުރި ހުކުމްގައި ވަނީ ޕާޓީ އުވާލަން އީސީ އިން ދީފައިވާ ނޯޓިސްއަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފަށް ދީފައިވާ ނޯޓިސްއެއް ކަމަށެވެ.
މައުމޫންގެ 30 އަހަރު މާ ރަނގަޅު: ނާދިރާ
ޕާޓީ އުވާލަން ނިންމީ ގާނޫނާ ހިލާފަށް: އެމްއާރުއެމް
3،000 ހަމަނުވުމުން އެމްއާރުއެމް އުވާލަން ނިންމައިފި
އެމްއާރުއެމް އުވައެއް ނުލާނެ، 3،000 ހަމަކޮށްފި
އެމްއާރްއެމް ރަޖިސްޓަރީކޮށްދޭން އީސީން ނިންމައިފި
އެމްއާރުއެމްގެ ވަގުތީ މަގާމުތަކުގެ އިންތިޚާބު ބާއްވަނީ
މައުމޫންގެ އާ ޕާޓީ އުފެއްދުމުގެ ހުއްދަ ދީފި
މައުމޫންގެ އާ ސިޔާސީ ޕާޓީ އުފައްދަން ހުށަހަޅައިފި
އެމްއާރްއެމް އުވާލަން ދަރަންޏެއް އޮތްތޯ ބަލަނީ
މައުމޫންގެ އެމްއާރްއެމް އުވާލަން އަނެއްކާވެސް ނިންމައިފި