ޕީޕީއެމުން ވަކިކުރެއްވުމުން އިސްލާހީ ހަރަކާތް ކުރިއަށް ގެންދަވަން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުވާލަން ދިން ނޯޓިސް ހަމަވުމުގެ މާ ކުރިން 3،000 މެމްބަރުން ހަމަކޮށްފި އެވެ.
12 ޖޫން 2022
ޕީޕީއެމުން ވަކިކުރެއްވުމުން އިސްލާހީ ހަރަކާތް ކުރިއަށް ގެންދަވަން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުވާލަން ދިން ނޯޓިސް ހަމަވުމުގެ މާ ކުރިން 3،000 މެމްބަރުން ހަމަކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު ވިދާޅުވީ ގާނޫނީ އަދަދު ހަމަނުވާތީ ނޯޓިސް ދީފައިވާ ޕާޓީތަކުގެ ތެރެއިން އެ ބިރު އެމްއާރުއެމްއަކަށް ނެތް ކަަމަށެވެ. އެ ޕާޓީން ގާނޫނު ބުނާ އަދަދަށް މެމްބަރުން ހަމަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ޕާޓީގައި ގާނޫނު ބުނާ އަދަދަށް ސައްހަ މެމްބަރުން އެބަތިބި،" ހަބީބް ވިދާޅުވި އެވެ.
އެމްއާރުއެމުން އިލެކްޝަންސް ކޮމިޝަނާ އެކު ބޭއްވި ބައްދަލުވުމެއްގައި ޕާޓީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | މިހާރު
އިލެކްޝަންސް ކޮމިޝަނުން ނިންމީ ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވާ ޕާޓީތަކަށް ތިން މަސް ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު އުވާލުމަށެވެ. އެ މުއްދަތު މާދަމާގެ ނިޔަލަށް ހަމަވާނެ އެވެ. މެމްބަރުން ހަމަނުވެއްޖެ ނަމަ އުވާލަން ނޯޓިސް ދިން ލިސްޓުގައި އެމްއާރުއެމްގެ އިތުރުން ހިމެނެނީ، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އިސްވެ އުފެއްދެވި އެމްޓީޑީ އާއި ޑީއާރުޕީ އާއި ލޭބަ ޕާޓީ ހިމެނެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ނޯޓީސް ދިން އިރު އެމްއާރުއެމްގައި ތިބީ 2،300 މެމްބަރުންނެވެ. މި އަދަދަށް ދަށްވީ އެ ޕާޓީން ބުނި ގޮތުގައި އެންގުމަކާ ނުލައި އެ ޕާޓީގެ މެމްބަރުން އެހެން ޕާޓީތަކަށް ގެންދިއުމުންނެވެ.
އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަބްދުލްއަލީމް ވިދާޅުވެފައިވާ ގޮތުގައި އެމްއާރުއެމްގެ ކައުންސިލް މެމްބަރުންނާއި އެކި ކޮމިޓީތަކުގެ މެމްބަރުން ވަގަށް ވެއްދީ، މި ފަހުން އުފެއްދި މޯލްޑިވްސް ނެޝަނަލް ޕާޓީއަށެވެ. އެއީ އެ މެމްބަރުންނަށް އެނގިގެން ކޮށްފައިވާ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
"އާ ޕާޓީތައް ވުޖޫދަށް ގެންނަން އެމްއާރުއެމްގެ މެމްބަރުންނަށް ނޭނގި ހުރީ ވައްދާފައި، އެ އަދަދު އުޅޭ 800 އިން މަތީގައި،" އޭނާ ވިދާޅުވި އެވެ.
މި ތުހުމަތު، އެމްއެންޕީން ވަނީ ދޮގުކޮށްފަ އެވެ. އެ ޕާޓީގެ މެމްބަރުން ވެސް ނޭނގި އެހެން ޕާޓީތަކަށް ވައްދާފައިވާ ކަމަށާއި މި ޝަކުވާތައް ބޮޑުވުމުން އީސީން ވަނީ ސައްހަ ނޫން ފޯމުތަކަށް ޕާޓީތައް ޖޫރިމަނާކުރަން ނިންމައި އެކަން ހުއްޓުވަން ފިޔަވަޅު އަޅައިފަ އެވެ.
އެމްއާރުއެމްއަކީ މައުމޫން އުފެއްދެވި ތިން ވަނަ ސިޔާސީ ޕާޓީ އެވެ. ސިޔާސީ ޕާޓީތައް އުފެއްދުމުގެ ހުއްދަ ގާނޫނަކުން 2005 ގައި ދިނުމުން އެމަނިކުފާނު އުފެއްދެވީ ޑީއާރުޕީ އެވެ. އެ ޕާޓީގެ ހިންގުމުގައި، އޭރު ހުންނެވި ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީއާ ދެމެދު އުފެދުނު ހިޔާލުތަފާތުވުމާ ހެދި އުފެއްދެވީ ޕީޕީއެމް އެވެ.
ޕީޕީއެމް ދޫކޮށްލަން މައުމޫނަށް ޖެހިވަޑައިގަތީ، ކޮއްކޯފުޅު، ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ދެމެދު އުފެދުނު މައްސަލަތަކުގަ އެވެ.
މައުމޫން އިސްލާހީ މަަސައްކަތް ފެއްޓެވީ ޕީޕީއެމްގެ ވެރިކަމުގައި އެ ޕާޓީގައި ހުންނަވައިގެންނެވެ. އެއީ އެމަނިކުފާނު ޕާޓީއާ ދެކޮޅަށް ނުކުމެވަޑައިގެން އޭރުގެ އިދިކޮޅު (މިހާރު ވެރިކަން ކުރާ ކޯލިޝަން) އަށް ބައިއަތު ހިއްޕެވުން ކަމުގެ ހިތްހަމަނުޖެހުންތަކާ އެކު ކައުންސިލް ބައްދަލުވުމެއްގައި އެ މަނިކުފާނު މަގާމުން ވަކިކުރީ އެވެ.
ޕީޕީއެމްގެ ރައީސްގެ މަގާމުގައި ހުންނަވައި މައުމޫން ހިތްހަމަނުޖެހުންފާޅުކުރައްވަން ފެއްޓެވީ ސަރުކާރުން ކަންކަން ކުރަމުންދާ ގޮތުން ރައްޔިތުންނާއި ގައުމަށް ގެއްލުންވަމުންދާ ކަަމަށް ވިދާޅުވެ އެވެ.
ޕީޕީއެމަށް ދޫކޮށްލައްވައި، އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތްޕުޅު މައުމޫން ފެއްޓެވީ ޕީޕީއެމަށް ކުރިމަތިވި ގާނޫނީ މައްސަލަތައް ޝަރީއަތުން އެމަނިކުފާނާ އެއްކޮޅަށް ނިމޭނެ ކަމުގެ ޔަގީންކަން ވެސް ގެއްލުމުންނެވެ.
އެމްއާރުއެމްގެ ފޯމުތައް ޕްރޮސެސްކުރުން ލަސްވާތީ ޝަކުވާ
ޕާޓީ އުވާލަން ނިންމީ ގާނޫނާ ހިލާފަށް: އެމްއާރްއެމް
މައުމޫންގެ 30 އަހަރު މާ ރަނގަޅު: ނާދިރާ
ޕާޓީ އުވާލަން ނިންމީ ގާނޫނާ ހިލާފަށް: އެމްއާރުއެމް
3،000 ހަމަނުވުމުން އެމްއާރުއެމް އުވާލަން ނިންމައިފި
ހަތް ޕާޓީއެއް ޖޫރިމަނާކޮށްފި
މިނިވަން މުއައްސަސާތަކަށް ސިޔާސީ ޕާޓީތަކުގެ ނުފޫޒު އެބައޮތް: އެމްއާރުއެމް
މައުމޫން، ފާރިސް އަދި ނާދިރާ އެމްއާރްއެމްގެ ލީޑަޝިޕަށް
ޑީއާރުޕީން 125000ރ. ހަމަހުން ދައްކަން މުހުލަތެއް
އާތިފާގެ އިސްތިއުފާ އަކީ ލިބުނު ގެއްލުމެއް: މައުމޫން