ބޮލީވުޑްގެ ކުރީގެ ސްޓައިލްގެ ފިލްމެއް އުފައްދަން ނިންމާފައިވާކަން މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރް އިއުލާންކޮށްފި އެވެ.
ބޮލީވުޑްގެ ކުރީގެ ސްޓައިލްގެ ފިލްމެއް އުފައްދަން ނިންމާފައިވާކަން މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރް އިއުލާންކޮށްފި އެވެ.
ކަރަން އިންސްޓަގްރާމްގައި މިދިޔަ އާދިއްތަ ދުވަހު ކުރި ޕޯސްޓެއްގައި ބުނީ މިދިޔަ އަހަރު އޭނާ ގިނަ ވަގުތު ހޭދަކުރީ އަމިއްލަ ނަފުސުގެ ކުރިއެރުމާއި ހިތްހަމަޖެހުން ހޯދުމަށް ކަމަށެވެ. އެކަމުގައި ވަރަށް ކާމިޔާބު ކަމަށާއި މިހާރު އޭނާގެ އާ ވާޝަނެއް ނުވަތަ އޭނާގެ "2.0" އުފަންވެއްޖެ ކަމަށް އަމިއްލަ މީހާއަށް ގަބޫލުކުރެވޭ ކަމަށް ވެސް ކަރަން ބުންޏެވެ.
އޭނާއަށް މިންވަރު ކުރެއްވި ވަރަށް ޝުކުރުވެރިވެ، ދިރިއުޅުމައިގެން ކުރިއަށް ދެވޭނެ ކަމަށް ގަބޫލުކުރެވިއްޖެ ކަމަށް ވެސް ކަރަން ބުންޏެވެ.
ކަރަން ބުނީ އޭނާއަށް އެންމެ ހިތްހަމަޖެހުން ލިބެނީ ފިލްމީ މަސައްކަތުން ކަމަށް ވާތީ އާއި އޭނާއަށް އެންމެ ރަނގަޅަށް ކުރަން އެނގޭ ކަމަކީ ވެސް އެއީ ކަމަށް ވާތީ، އަންނަ އަހަރު ފިލްމީ މަސައްކަތަށް އެނބުރި ދާން ނިންމާފައިވާ ކަމަށެވެ.
"އަހަންނަށް އެންމެ ރަނގަޅަށް ކުރަން އެނގޭ އެއް ކަމަކީ އޯލްޑް ފެޝަން ހިންދީ ސިނަމާގެ ވާހަކަ ގެނެސްދިނުން. އެއީ އަހަރެންގެ ޑީއެންއޭގައި ހުރި ކަމެއް، އެހެންވީމަ އެކަން ނުކުރަންވީ ސަބަބެއް ނެތް،" ކަރަން ބުންޏެވެ.
ކަރަންއަކީ ހުރިހާ ރަހައެއް ހިމެނޭ ގޮތަށް އަސަރުގަދަ ލޯބީގެ ފިލްމުތައް ގެނެސްދިނުމަށް މަޝްހޫރު ޑައިރެކްޓަރެކެވެ. ކަރަން 90ގެ ފަހުކޮޅާއި 2000ގެ ކުރީގެ އަހަރުތަކުގައި ގެނެސްދިން އާއިލީ ޑްރާމާ އަދި ލޯބީގެ ފިލްމުތަކަކީ އަދިވެސް ވަރަށް ގިނަ ބަޔަކަށް ކަމުދާ ފިލްމުތަކެކެވެ. އޭނާ ބޭނުންވަނީ އަނެއްކާވެސް ހަމަ އެ ސްޓައިލްގެ ފިލްމެއް ޑައިރެކްޓުކުރާށެވެ.
ކަރަން ޑައިރެކްޓުކޮށް އެންމެފަހުން ގެނެސްދިނީ 2023 ވަނަ އަހަރު ނުކުތް ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އެވެ. އެ ފިލްމަށް ރަނގަޅު ތަރުހީބެއް ލިބުނެވެ.
ލަކްޝިޔަ އާއި ޖާންވީ އެކުގައި ފިލްމެއް ކުޅެނީ
އުންމީދަކީ ލޯބީގެ ފިލްމުތައް އިތުރުވުން: ކަރަން
ކަރަންއަކީ ނެޕޯއިންގެ ފޫޅުމަޔޭ ބުނުމުން ރުޅިގަދަވެއްޖެ
ސުނިލް އާއި މަހިމާ އަނެއްކާވެސް އެކުގައި
އިބްރާހިމް ބޮލީވުޑަށް ތައާރަފުވަނީ ހުޝީއާ އެކު
އާލިއާގެ "ޖިގްރާ"އަށް ފާޑުކިޔުން ބޮޑު، އާމްދަނީ ދަށް
އަރްޔަން ބޮލީވުޑަށް ތައާރަފުކުރަން ހުށަހެޅުންތައް
އާލިއާ ޕްރޮޑިއުސްކުރާ ފިލްމު އަންނަ މަހު ގެނެސްދެނީ
ކަރަންގެ އާ ފިލްމުގެ އިޝާރާތެއް ދީފި
25 އަހަރަށް ފަހު ކަރަންގެ ފިލްމެއް ސަލްމާނަށް