މާލެ ސަރަހައްދުގައި މަސައްކަތްކުރާ ބިދޭސީންގެ ބަޔޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ފަރާތްތައް އެކްސްޕެޓް ސިސްޓަމުން ސަސްޕެންޑް ކުރާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިއަދު ބުނެފި އެވެ.
02 ފެބުރުއަރީ 2025
މާލެ ސަރަހައްދުގައި މަސައްކަތްކުރާ ބިދޭސީންގެ ބަޔޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ފަރާތްތައް އެކްސްޕެޓް ސިސްޓަމުން ސަސްޕެންޑް ކުރާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ވަނީ ސަރަހައްދުގައި މަސައްކަތްކުރާ ހުރިހާ ބިދޭސީންގެ ފިންގަޕްރިންޓާއި ފޮޓޯ އަޕްޑޭޓް ކުރުމުގެ މަސައްކަތް އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން، ވަޒީފާ ދޭ ފަރާތުން މިނިސްޓްރީއާ ގުޅިގެން ނިންމުމަށް އަންގައިފަ އެވެ.
އެ މުއްދަތުގެ ތެރޭގައި އެ މަސައްކަތް ނުކޮށްފިނަމަ އެކްސްޕެޓް ސިސްޓަމުން އެ ފަރާތެއް ސަސްޕެންޑްކޮށް ހިދުމަތް މެދުކަނޑާލާނެ ކަމަށް އެ އިއުލާނުގައިވެ އެވެ.
މާލެ ސަރަހައްދުގައި މަސައްކަތްކުރާ ބިދޭސީންގެ ބަޔޯމެޓްރިކްސް އަޕްޑޭޓްކުރަން މިނިސްޓްރީން ވަނީ "އޮޕަރޭޝަން ކުރަނގި"ގެ ނަމުގައި މިދިޔަ މަހު އޮޕަރޭޝަނެއް ބާއްވައިފަ އެވެ. އެ އޮޕަރޭޝަންގެ ތެރެއިން އެއް ދުވަސް ތެރޭގައި 1،455 ބިދޭސީންގެ މައުލޫމާތު އެއްކޮށްފައިވެ އެވެ.
ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބަޔޮމެޓްރިކް މައުލޫމާތު ނަގަން "ކުރަނގި" އޮޕަރޭޝަން ފެށީ މެއި، 2024 ގަ އެވެ. އެ އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް ނުވަ މަސް ދުވަހުގެ ތެރޭގައި 25،483 މީހެއްގެ ބަޔޮމެޓޮރިކް މައުލޫމާތު ވަނީ ނަގައިފަ އެވެ.
އިއުލާނުގައި ބުނީ މާލެ ސަރަހައްދުގައި ބަޔޯމެޓްރިކްސް ނެގުމާއި އޮޕަރޭޝަން ކުރަނގީގެ ދަށުން ސަރުކާރުން ތަންފީޒު ކުރަން ކަނޑައަޅާފައިވާ ހުރިހާ ކަމެއް ވިލަރެސްކޮށް ކޯޑިނޭޓް ކުރާނީ އެންސީއައިޓީން އެ އޮޕަރޭޝަނަށް ހާއްސަކޮށް ގާއިމް ކޮށްފައިވާ ޖޮއިންޓް އޮޕަރޭޝަން ސެންޓަރުން ކަމަށެވެ.
އެ ސެންޓަރުން ހިދުމަތް ދޭނީ ހުކުރު ދުވަސް ފިޔަވައި ހުރިހާ ދުވަހެއްގެ ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށެވެ.
ރެހެންދި ސްކޫލް ހޯލުގައި ބިދޭސީންގެ މައުލޫމާތު ނަގަނީ
ބަޔޯމެޓްރިކްސް ނުދޭ ބިދޭސީން ޑީޕޯޓުކުރަނީ
"ކުރަނގި" ހަފްތާ ބަންދުގައި 13 ރިސޯޓެއްގައި
މާލެ އިން 1،455 ބިދޭސީއެއްގެ މައުލޫމާތު ނަގައިފި
18،000 ބިދޭސީންގެ ބަޔޮމެޓްރިކް ޑޭޓާ އެއްކޮށްފި
ބިދޭސީންގެ ފީއިން ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ހޯދައިފި
ބިދޭސީން ގެއްލިގެން ހުށަހަޅާ ރިޕޯޓުން ބޮޑު ފީއެއް
250 މިލިއަން ބަހާލައިގެން ދެއްކުމުގެ ފުރުސަތު ދީފި
7،500 ފަރާތެއް އެކްސްޕެޓް ސިސްޓަމުން ބްލޮކްކޮށްފި
ބިދޭސީންގެ ޖޫރިމަނާ ބަހާލައިގެން ދައްކަން ފުރުސަތު ދެނީ