ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމަށް ހިންގަމުން އަންނަ ކުރަނގި އޮޕަރޭޝަނަށް، އޭޕްރިލް 20 ގެ ކުރިން މައުލޫމާތު ނުދޭ ބިދޭސީން ޑީޕޯޓު ކުރާނެ ކަމަށް ހޯމްލޭންޑް މިނިސްޓްރީން ބުނެފި އެވެ.
19 ފެބުރުއަރީ 2025
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމަށް ހިންގަމުން އަންނަ ކުރަނގި އޮޕަރޭޝަނަށް، އޭޕްރިލް 20 ގެ ކުރިން މައުލޫމާތު ނުދޭ ބިދޭސީން ޑީޕޯޓު ކުރާނެ ކަމަށް ހޯމްލޭންޑް މިނިސްޓްރީން ބުނެފި އެވެ.
ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބަޔޮމެޓްރިކް މައުލޫމާތު ނަގަން "ކުރަނގި" އޮޕަރޭޝަން ފެށީ މެއި، 2024 ގަ އެވެ. އެ އޮޕަރޭޝަންގެ ދަށުން 59 ރަށެއްގައި މިހާރު ވަނީ ހުރިހާ ބިދޭސީންގެ މައުލޫމާތު ނަގައި ނިންމައިފަ އެވެ.
ހޯމްލޭންޑް މިނިސްޓްރީން މިއަދު ބުނީ ބިދޭސީންގެ ފޮޓޯ އާއި ފިންގަޕްރިންޓް އަޕްޑޭޓުކުރުމުގެ އެންމެ ފަހުގެ ތާރީހަކީ އަންނަ އޭޕްރިލް މަހުގެ 20 ވަނަ ދުވަހެވެ.
މި މުއްދަތުގައި މައުލޫމާތު ނުދޭ ބިދޭސީން ރާއްޖެއިން ޑީޕޯޓު ކުރެވޭނެ ކަމަށް ހޯމްލޭންޑް މިނިސްޓްރީން ބުނެފައިވެ އެވެ.
ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާތު ދެ އަހަރު ތެރޭގައި ނަގައި އެއްކުރުމެވެ. މިހާތަނަށް މައުލޫމާތު އެއްކުރެވުނު 24،540 ބިދޭސީން ރެގިއުލަރައިޒް ކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ބަޔާނުގައި ވަނީ ވިދާޅުވެފަ އެވެ.
މި އޮޕަރޭޝަނާ އެކު، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ ރެއިޑްތައް ވެސް އިމިގްރޭޝަނުން އަންނަނީ ހިންގަމުންނެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން މިދިޔަ އަހަރު ފެށި އޮޕަރޭޝަނުގައި 6،000 އަށް ވުރެ ގިނަ ބިދޭސީން ވަނީ ޑިޕޯޓުކޮށްފަ އެވެ. އޭގެ ތެރޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ މީހުންނާއި ސައްހަ ވިސާއެއް ނެތި އެތައް އަހަރެއް ވަންދެން އުޅެމުން އައި ބިދޭސީން ހިމެނެ އެވެ.
ރެހެންދި ސްކޫލް ހޯލުގައި ބިދޭސީންގެ މައުލޫމާތު ނަގަނީ
"ކުރަނގި" ހަފްތާ ބަންދުގައި 13 ރިސޯޓެއްގައި
މާލެ އިން 1،455 ބިދޭސީއެއްގެ މައުލޫމާތު ނަގައިފި
18،000 ބިދޭސީންގެ ބަޔޮމެޓްރިކް ޑޭޓާ އެއްކޮށްފި
ބިދޭސީންގެ ފީއިން ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ހޯދައިފި
ރަށުމާރުކޭޓުން ގަވާއިދާ ހިލާފު 23 ބިދޭސީން އަތުލައިފި
ބިދޭސީން ގެއްލިގެން ހުށަހަޅާ ރިޕޯޓުން ބޮޑު ފީއެއް
7،500 ފަރާތެއް އެކްސްޕެޓް ސިސްޓަމުން ބްލޮކްކޮށްފި
"މުޑުދާރު ކާބޯތަކެތީގެ ވިޔަފާރި ފުޅާ، ހުއްޓުވާނަން"
ބިދޭސީންނަށް މުސާރަ ނުދޭނަމަ ބައި ލައްކައިން ޖޫރިމަނާ