ޖިންސީ ގޯނާގެ ގޮތުގައި ބެލެވޭ ފޮޓޯ އާއި ވީޑިއޯ އުފެއްދުމަށް ބޭނުންކުރާ އޭއައިގެ ޓޫލްތައް ގާނޫނުން މަނާކުރާ ފުރަތަމަ ގައުމަކަށް އިނގިރޭސި ވިލާތް ވެއްޖެ އެވެ.
ޖިންސީ ގޯނާގެ ގޮތުގައި ބެލެވޭ ފޮޓޯ އާއި ވީޑިއޯ އުފެއްދުމަށް ބޭނުންކުރާ އޭއައިގެ ޓޫލްތައް ގާނޫނުން މަނާކުރާ ފުރަތަމަ ގައުމަކަށް އިނގިރޭސި ވިލާތް ވެއްޖެ އެވެ.
ކުޑަކުދިންނަށް ޖިންސީ ފުރައްސާރަ އާއި ޖިންސީ ގޯނާގެ ގޮތުގައި ސިފަކުރެވޭ އިމޭޖް އުފައްދަން ބޭނުންކުރާ އޭއައި ޓޫލްސް ގެންގުޅުމާއި އުފެއްދުމާއި ބެހުމަކީ ގާނޫނާ ހިލާފު އަމަލެއް ކަމަށް ގާނޫނުން ކަނޑައަޅާނެ ކަމަށް އިންޓީރިއާ މިނިސްޓަރު ޔެވެޓް ކޫޕާ ވިދާޅުވި އެވެ.
މީގެ އިތުރުން، މިފަދަ އިމޭޖްތައް އުފެއްދުމަށް ދަސްކޮށްދޭ މެނުއަލްތައް ގެންގުޅުމަކީ ވެސް ގިނަވެގެން ފަސް އަހަރަށް ޖަލަށް ލެވޭ ކުށެއްގެ ގޮތުގައި ކަނޑައަޅަން ވަނީ ނިންމައިފަ އެވެ.
"މިއީ ހަގީގަތުގައި ވެސް ވަރަށް ކަންބޮޑުވާންޖެހޭ ހާލަތެއް. އޮންލައިންކޮށް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ތަކެތި އުފެއްދުން ދަނީ އިތުރުވަމުން. އަދި އޮންލައިންކޮށް ކުޑަކުދިން ގްރޫމްކުރުން ވެސް ދަނީ އިތުރުވަމުން. އަދި އޭއައިއާ އެކު މިކަން އިތުރަށް ބޮޑުވެއްޖެ،" އިންޓީރިއާ މިނިސްޓަރު ޔެވެޓް ކޫޕާ އާދީއްތަ ދުވަހު ސްކައި ނިއުސްއަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުށްކުރާ މީހުންނަށް އޭއައި ޓޫލްސްގެ ސަބަބުން ކުޑަކުދިން ގްރޫމް ކުރުމަށް ފަސޭހަވަމުން އަންނަ ކަމަށެވެ. ކުޑަކުދިންގެ ފޮޓޯތައް އޭއައި ބޭނުންކޮށްގެން ނުރަނގަޅު ގޮތްގޮތަށް ހަދައި، އޭގެ ފަހުން އެ ފޮޓޯތައް ބޭނުންކޮށްގެން ކުދިން ބްލެކްމެއިލްކޮށް ޖިންސީ ޝިކާރައަކަށް ހަދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ހުންނަނީ އެންމެ ނުބައި ޖަރީމާތައް،" ކޫޕާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުޑަކުދިންގެ ބޭއަދަބީ މަންޒަރުތައް އުފެއްދުމަށް ބޭނުންކުރާ އޭއައި މޮޑެލްތައް އާ ގާނޫނުގައި މަނާކުރާނެ ކަމަށެވެ.
"އެހެން ގައުމުތަކުގައި އަދި މިކަމެއް ނުކުރޭ. އެކަމަކު އުންމީދަކީ އެހެން ގައުމުތަކުން ވެސް މިގޮތަށް އަމަލުކުރުން."
އިންޓަނެޓް ވޮޗް ފައުންޑޭޝަން (އައިޑަބްލިއުއެފް) އިން ވަނީ ކުޑަކުދިންގެ ބޭއަދަބީ މަންޒަރުތައް އޭއައި އިން އުފައްދަމުންދާ މިންވަރު އިތުރުވަމުންދާތީ އެކަމުގެ އިންޒާރު ދީފަ އެވެ. މިދިޔަ އަހަރު، 30 ދުވަހުގެ މުއްދަތަށް އައިޑަބްލިއުއެފްގެ އެނަލިސްޓުން ވަނީ މިފަދަ 3،512 ފޮޓޯ އެންމެ ޑާކް ވެބް ސައިޓަކުން ދެނެގެންފަ އެވެ.
200 ކުދިން ރޭޕް ކުރި މީހަކަށް ހުކުމް ކުރަނީ
ފުރަން އުޅެނިކޮށް ސަނީ ފުލުހުންގެ ބެލުމުގެ ދަށަށް
މައްސަލަ ބަލަން ސަނީ އުމަރު ފުލުހަށް ހާޒިރުކޮށްފި
ސަނީ އުމަރުގެ މައްސަލަ އާއިލާގެ ފަރާތުން ޕޮލިހަށް
ކުޑަ ދެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ
ކުޑަކުދިންނާ ގުޅޭ ބަދުއަހުލާގީ ތަކެއްޗަށް ދިވެހިން ދޯޅު
ޓީޗަރަކު ބަރަހަނާ މަންޒަރު ދައްކައި ޖިންސީ ގޯނާކޮށްފި
ޖިންސީ ގޯނާގެ ތުހުމަތުވާ ދިވެހި ޓީޗަރު ބަންދަށް
17 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް
ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 34 އަހަރަށް ޖަލަށް