ކުޑަކުދިންތަކެއް ފަޅު ރަށަކަށް ގެންގޮސް، އެ ކުދިންނަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
03 ފެބުރުއަރީ 2025
ކުޑަކުދިންތަކެއް ފަޅު ރަށަކަށް ގެންގޮސް، އެ ކުދިންނަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ހަތަރު ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރީ 24 އަހަރުގެ ފިރިހެނެއް ކަމަށްވެ އެވެ.
އެ މައްސަލާގައި ފުލުހުން މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ.
އެކަމަކު ސޯޝަލް ޑިވެލޮޕްމަންޓް މިނިސްޓްރީން "މިހާރު" އަށް ވަނީ ފުލުހުންނާ ގުޅިގެން އެފަދަ މައްސަލައެއް ބަލަމުން އަންނަކަން ކަށަވަރުކޮށްދީފަ އެވެ.
އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެ ކުދިންނަށް ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އެކަމަކު އެ މައްސަލާގެ ތަފްސީލެއް އެ މިނިސްޓްރީން ނުދެ އެވެ.
ކުޑަކުދިންގެ މައްސަލަތަކުގައި ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން ކުއްޖާ ނިސްބަތްވާ އަތޮޅާއި ރަށް ހާމައެއް ނުކުރެ އެވެ.
އެންމެފަހުން ސަނީއުމަރު ކޯޓު އަމުރެއްގެ ދަށުން ހަައްޔަރު
ފުރަން އުޅެނިކޮށް ސަނީ ފުލުހުންގެ ބެލުމުގެ ދަށަށް
މައްސަލަ ބަލަން ސަނީ އުމަރު ފުލުހަށް ހާޒިރުކޮށްފި
ސަނީ އުމަރުގެ މައްސަލަ އާއިލާގެ ފަރާތުން ޕޮލިހަށް
ކުޑަ ދެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ
ދަރިފުޅަށް ޖިންސީގޯނާ ކުރުމުގެ ތުހުމަތު މަންމައަކަށް
ޖިންސީ ގޯނާގެ ތުހުމަތުވާ ދިވެހި ޓީޗަރު ބަންދަށް
ޓީޗަރަކު ދަރިވަރެއްގެ ގައިގައިއަތްލި އިތުރު މައްސަލައެއް
ކުއްޖަކަށް ޖިންސީގޯނާކުރި މީހަކު 54 އަހަރަށް ޖަލަށް
ކުޑަކުއްޖަކާ ބެހުނު މީހަކު 25 އަހަރަށް ޖަލަށް