ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ފުލް ފްލެޖްޑް އިސްލާމިކް ބޭންކް ކަމަށްވާ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް ސާފު ފައިދާގެ ގޮތުގައި މިދިޔަ އަހަރު 282 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
03 ފެބުރުއަރީ 2025
ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ފުލް ފްލެޖްޑް އިސްލާމިކް ބޭންކް ކަމަށްވާ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް ސާފު ފައިދާގެ ގޮތުގައި މިދިޔަ އަހަރު 282 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މިއީ 2023 ވަނަ އަހަރާ އަޅާ ބަލާއިރު 60 ޕަސެންޓް އިތުރު އަދަދެކެވެ. އެ ބޭންކުން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ ނޮވެމްބަރު މަހު އެމްއައިބީގެ އެސެޓް ވެލިއު 10 ބިލިއަން ރުފިޔާ އަށް ވުރެ ވަނީ މަތިވެފަ އެވެ. އަދި އެ ބޭންކުން 2024 ވަނަ އަހަރު ނިންމާލީ 11.4 ބިލިއަން ރުފިޔާގެ އެސެޓް ވެލިއުއަކާއެކު އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 39 ޕަސެންޓް އިތުރު އަދަދެެކެވެ.
އެމްއައިބީއިން ބުނީ މިދިޔަ އަހަރު އެ ބޭންކުން ގެނެސްދީފައިވާ ލުއިފަސޭހަތަކާއި އެކު ކަސްޓަމަރުން އެ ބޭންކަށް ކުރާ އިތުބާރު އިތުރުވެފައިވާ ކަމަށެވެ. އަދި މިދިޔަ އަހަރަކީ އެ ބޭންކަށް ކާމިޔާބު އަހަރެއްގެ ގޮތުގައި އެ ބޭންކުން ސިފަ ކުރެ އެވެ.
އެމްއައިބީ އަކީ ރާއްޖޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް ބޭންކެވެ. އެމްއައިބީއަކީ ބޭންކަށް ނުގޮސް، ވަގުތުން އެކައުންޓު ހުޅުވުމުގެ ހިދުމަތް ދޭ ހަމައެކަނި ބޭންކެވެ. އެ ބޭންކުގައި އަމިއްލަ އެކައުންޓާއި ކުންފުނި އެކައުންޓު ވެސް މިހާރު އޮންލައިންކޮށް ހުޅުވެ އެވެ. އެ ހިދުމަތްތަކާ އެކު މިދިޔަ އަހަރު އެ ބޭންކަށް ކަސްޓަމަރުން ޑިޕޮސިޓް ކުރި ފައިސާގެ އަދަދު ވަނީ އިތުރުވެފަ އެވެ. އެގޮތުން މިދިޔަ އަހަރު ނިމުނުއިރު 9.12 ބިލިއަން ރުފިޔާއަށް ބޭންކުގެ ޑިޕޮސިޓް ބޭސް ވަނީ އިތުރުވެފަ އެވެ.
އެމްއައިބީ އަކީ އިޖުތިމާއީ ގޮތުން ގިނަ މަސައްކަތްތަކެއް ވެސް ކުރާ ބެންކެކެވެ. ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް މަސައްކަތްކުރާ އެ ބޭންކަށް މިދިޔަ ކުއާޓަރުގައި ވަނީ ބައިނަލްއަގުވާމީ ދެ އެވޯޑް ވެސް ލިބިފަ އެވެ.
އެމްއައިބީއިން ބުނީ އެ ބޭންކުގެ ކާމިޔާބީގެ އެންމެ ބޮޑު ބައިވެރިޔަކީ އެ ބޭންކުގެ ކަސްޓަމަރުން ކަމަށެވެ. އަދި ކަސްޓަމަރުންގެ އިތުބާރު ދެމެހެއްޓުމުގައި ދެމިތިބޭނެ ކަމަށާއި މިއަހަރަށް ގިނަ މަސައްކަތްތަކެއް ރާވާފައިވާ ކަމަށް މޯލްޑިވްސް އިސްލާމިކް ބޭންކުން ބުނެ އެވެ.
ފައިސާ ދައްކަން އެމްއައިބީގެ "ފައިސާ ވެއާ" ޓެގެއް
އެމްއައިބީއިން އުޖާލާ ކޭޝް ތައާރަފްކޮށްފި
އަންނަ ހަފުތާ ބޭންކުތައް ހުޅުވާނީ ތިން ދުވަހު
އެމްއައިބީ އަށް 10 އަހަރު ފުރުން ފާހަގަކޮށްފި
މާދަމާ އެމްއައިބީ ވެސް ބަންދުވާނެ
ކާޑު ނެތި ފައިސާ ޖަމާކުރެވޭ ގޮތް އެމްއައިބީން ހަދައިފި
ހޯމައިން ބުރާސްފައްޗަށް އެމްއައިބީގެ ހިދުމަތް ލިބޭނެ
އެމްއައިބީން ހަފުތާއަކު ތިން ދުވަހު ޚިދުމަތް ދޭނެ
އެމްއައިބީ ވެސް ބަންދު ހަފުތާގެ ތިން ދުވަހު ހުޅުވާނެ
އެމްއައިބީން މިދިޔަ އަހަރު ނިންމާލީ ބޮޑު ފައިދާއަކާ