Roadha Mihaaru

މާދަމާ އެމްއައިބީ ވެސް ބަންދުވާނެ

އަހަރު ނިމުމާ ދިމާކޮށް މޯލްޑިވްސް އިސްލާމިކް ބޭންކް ވެސް މާދަމާ ބަންދުވާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.

މާދަމާ އެމްއައިބީ ވެސް ބަންދުވާނެ
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

30 ޑިސެމްބަރ 2020

އަހަރު ނިމުމާ ދިމާކޮށް މޯލްޑިވްސް އިސްލާމިކް ބޭންކް ވެސް މާދަމާ ބަންދުވާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.

އެ ބޭންކުން ބުނީ މިއަދަކީ މިއަހަރުގެ ހިދުމަތްދޭ އެންމެ ފަހު ދުވަސް ކަމަށާއި ދެން ބޭންކް ހުޅުވާނީ އަންނަ އާދިއްތަ ދުވަހު ކަމަށެވެ.

ބޭންކް ބަންދުކުރި ނަމަވެސް އޮންލައިންކޮށް އަދި އޭޓީއެމްތައް މެދުވެރިކޮށް ހިދުމަތްތައް ލިބޭނެ އެވެ.

އިސްލާމިކް ބޭންކްގެ އިތުރުން، ރާއްޖޭގެ އެހެން ބޭންކްތައް ވެސް ޑިސެމްބަރު 31 ގައި ބަންދުކުރާނެ އެވެ. ކޮންމެ އަހަރެއްގެ އާ އަހަރާ ދިމާކޮށް ބޭންކްތައް އެއް ދުވަހަށް ބަންދުކުރަނީ އޮޑިޓް ކުރުމަށެވެ.