މާވެލް ސްޓޫޑިއޯސްގެ އެންމެ އުއްމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ފެންޓާސްޓިކް ފޯ: ފަސްޓް ސްޓެޕްސް"ގެ ފުރަތަމަ ޓީޒާ އިއްޔެ އާންމުކޮށްފި އެވެ.
މާވެލް ސްޓޫޑިއޯސްގެ އެންމެ އުއްމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ފެންޓާސްޓިކް ފޯ: ފަސްޓް ސްޓެޕްސް"ގެ ފުރަތަމަ ޓީޒާ އިއްޔެ އާންމުކޮށްފި އެވެ.
މިނެޓަކާއި 38 ސިކުންތުގެ މި ޓީޒާގައި ވަނީ މި ފިލްމުގައި މުހިންމު ރޯލުތައް ކުޅޭ ހަތަރު އެކްޓަރުންގެ ބައެއް މަންޒަރުތައް ހިމަނައިފަ އެވެ.
އެއީ، ރީޑް ރިޗާޑްސްގެ ރޯލު ކުޅޭ ޕެޑްރޯ ޕަސްކަލް އާއި ސޫ ސްޓޯމްގެ ރޯލު ކުޅޭ ވެނިސާ ކާބީ އާއި ޖޯނީ ސްޓޯމްގެ ރޯލު ކުޅޭ ޖޯސެފް ކުއިން އަދި ބެން ގްރިމްގެ ރޯލު ކުޅޭ އީބޮން މޯސް-ބަޗްރަޗްގެ މަންޒަރުތަކެވެ.
މި ފިލްމު ޑައިރެކްޓުކުރާނީ މާވެލް ސްޓޫޑިއޯސްގެ ފުރަތަމަ ސީރީޒް "ވޮންޑަވިޝަން" ޑައިރެކްޓުކުރި މެޓް ޝެކްމަން އެވެ.
"ފެންޓާސްޓިކް ފޯ: ފަސްޓް ސްޓެޕްސް" ސިނަމާތަކުގައި ދައްކަން ފަށަނީ އަންނަ ޖުލައި މަހުގެ 25 ވަނަ ދުވަހު އެވެ.
"ފެންޓާސްޓިކް ފޯ"ގެ އަށް ފިލްމެއް މީގެ ކުރިން ގެނެސްދީފައިވެ އެވެ. ނަމަވެސް، މިއީ މާވެލް ސިނެމަޓިކް ޔުނިވާސްގެ ބައެއްގެ ގޮތުގައި ފެންޓާސްޓިކް ފޯގެ ފިލްމެއް ގެނެސްދޭ ފުރަތަމަ ފަހަރެވެ.
ބިލިއަން ޑޮލަރު ހޯދި ދެވަނަ ފިލްމަކަށް "ޑެޑްޕޫލް"
ޑެޑްޕޫލް އެންޑް ވޮލްވެރިން: ބޮޑު ކާމިޔާބީއަކާ ގާތަށް
ރޮބާޓް ޑައުނީ އެނބުރި މާވެލް އަށް
ރުސްސޯ ބްރަދާސް އެނބުރި މާވެލްއަށް
"ޑެޑްޕޫލް 3"ގައި ޓޭލާގެ ހާއްސަ ފެނިލުމެއް؟
"ފެންޓާސްޓިކް ފޯ"ގެ ކާސްޓަށް ޕެޑްރޯ ޕަސްކަލް
"ފެންޓާސްޓިކް ފޯ" އަށް ޕެޑްރޯ ޕަސްކަލް؟
"މެޑަމް ވެބް"ގެ ޓްރެއިލާ ނެރެފި
މާވެލް އިން ލޯކީ ދެން ނުފެންނާނެ ކަމުގެ އިޝާރާތެއް
"ދަ މާވެލްސް"ގެ ފައިނަލް ޓްރެއިލާ ނެރެފި