ސިނަމާލެ ބްރިޖު ހައިވޭގައި އެކްސިޑެންޓުވި މީހަކު ވެއްޓިފައި އޮއްވައި އޭނާގެ ގައިމަތިން ސައިކަލް ދެވުނު އަންހެން މީހާ ފުލުހުން އަންނަންދެން މަޑުކޮށްގެން ހުރި ކަމަށް އެ އިދާރާ އިން މިއަދު ބުނެފި އެވެ.
05 ފެބުރުއަރީ 2025
ސިނަމާލެ ބްރިޖު ހައިވޭގައި އެކްސިޑެންޓުވި މީހަކު ވެއްޓިފައި އޮއްވައި އޭނާގެ ގައިމަތިން ސައިކަލް ދެވުނު އަންހެން މީހާ ފުލުހުން އަންނަންދެން މަޑުކޮށްގެން ހުރި ކަމަށް އެ އިދާރާ އިން މިއަދު ބުނެފި އެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނު 8:19 ހާއިރު އެކްސިޑެންޓު ހިނގީ ހައިވޭގެ އެއް ފަރާތެއްގައި ސޯލާ ޕެނަލްތަކުގެ މަސައްކަތްކުރާކަން އަންގައިދޭން ބަހައްޓާފައި ހުރި ކޯނެއްގައި ސައިކަލެއް ޖެހިގެންނެވެ.
އެ އެކްސިޑެންޓުގައި އަނިޔާވީ ބަންގްލަދޭޝް ފިރިހެނެކަށެވެ. އޭނާއަށް ފަރުވާދޭން އައިޖީއެމްއެޗަށް ގެންދިޔަ ފަހުން މަރުވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެ އެކްސިޑެންޓާ ގުޅިގެން ފުލުހުން އެންމެ ފުރަތަމަ ދިން މައުލޫމާތުގައި ބުނީ ކޯނެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެ، އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް މަރުވެފައިވާ ކަމަށެވެ.
އެކަމަކު އިތުރު މައުލޫމާތެއް ނުދެ އެވެ.
އެ މައްސަލާގައި "މިހާރު"ން ސުވާލުކުރުމުން ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ މައުލޫމާތު ހިއްސާކުރުމާ ހަމައަށް މައުލޫމާތު ލިބުނީ އެވަރަށް އެކަނި ކަމަށެވެ.
އެކަމަކު އޭގެ ފަހުން އާންމުވި ވީޑިއޯގައި މީހާ އެކްސިޑެންޓުވެގެން ވެއްޓުނުތާ ދެތިން ސިކުންތުގެ ތެރޭގައި އޭނާގެ ބޯމަތިން އިތުރު ސައިކަލެއްދާ މަންޒަރު ފެނެ އެވެ. މި ވީޑީއޯއަށް ފަހު، ބާރު ސްޕީޑުގައި ދުއްވާފައި އައިސް ބިދޭސީ މީހާގެ ގައިގައި ސައިކަލުން ޖެހުމުން ވެސް މަޑުނުކޮށް ދިޔައީ ކަމަށް އަންހެން މީހާ އަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވި އެވެ.
ފުލުހުންގެ އޮފިޝަލް ވިދާޅުވީ އެކަން ހިނގުމާ އެކު ފުލުހުން އަންނަންދެން ސައިކަލު ދުއްވި މީހާ މަޑުކޮށްގެން ހުރި ކަމަށެވެ. އޭނާއާ މެދު ފިޔަވަޅު އެޅުމުގެ ގޮތުން ލައިސަންސް ހިފަހައްޓައި ސައިކަލު ޓޯކުރީ އެ ސަރަހައްދުން ކަމަށް ވެސް ވިދާޅުވި އެވެ.
އެ މައްސަލަ އިތުރަށް ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ކުރިން ފުލުހުން ބުނި ގޮތުގައި އެ ސައިކަލު ދުއްވީ 60 އަހަރުގެ އަންހެނެކެވެ.
އެކްސިޑެންޓުގެ ވީޑިއޯ އިން ފެންނަ ގޮތުގައި އެމީހާގެ ބޯމަތިން ސައިކަލު ދިޔައީ އެކްސިޑެންޓުވި މީހާ ވެއްޓުނު ވަގުތާ ބަލާ ނަމަ، ގާތްގަނޑަކަށް ދެތިން ސިކުންތުގެ ތެރޭގަ އެވެ.
އެކަމަކު އެއީ ގާތްގަނޑަކަށް ހައެއްކަ ސިކުންތުގެ ވީޑިއޯއެއް ކަމުން، އެމީހާ މަޑުކުރި މަންޒަރެއް ނުފެނެ އެވެ.
އައްޑޫގައި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ
އައްޑޫ އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ވެންޓިލޭޓަރުގައި
އެކްސިޑެންޓުގައި އަނިޔާވި މީހާ ފަރުވާއަށް އިންޑިއާއަށް
ކާރު އެކްސިޑެންޓެއްގައި ސައިކަލުތަކަކަށް ގެއްލުން
ގައިމަތިން ސައިކަލު ދިޔަ މައްސަލަ ޕީޖީއަށް ފޮނުވަނީ
ސްޓްރޯކް ޖެހުނު މީހާގެ މައްސަލަ ފުލުހުން ރިވިއުކުރަނީ
އެކްސިޑެންޓެއްގައި މީހަކު މަރުވުން: ދައުވާއަށް އިންކާރު
އަނިޔާވި މީހާގެ ބޯމަތިން ސައިކަލެއް ދިޔަ ވީޑިއޯއެއް
ކުއްޖަކު ދުއްވި ޕިކަޕެއް ގޮސް އެރީ އެއާޕޯޓް ފެންސަށް
މީހަކު މަރުވުމުން ލޯންޗް ކައްޕިންނަށް ދައުވާކުރަނީ