އައްޑޫ ހަންކެޑެ ބްރިޖުގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު މިއަދު ނިޔާވެއްޖެ އެވެ.
26 ފެބުރުއަރީ 2025
އައްޑޫ ހަންކެޑެ ބްރިޖުގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު މިއަދު ނިޔާވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ އެކްސިޑެންޓު ހިނގީ ބާރު ސްޕީޑުގައި މަރަދޫ އިން ހިތަދު އަށް ދުއްވާފައި ދަނިކޮށް ބްރިޖު ބެންޑު ހިސާބުން ސައިކަލު ކޮންޓްރޯލް ނުވެ، ބްރިޖުގެ ފެންސުގައި ޖެހިގެން ކަމަށެވެ.
އެނގިފައިވާ ގޮތުގައި، ބްރިޖުގައި ވަރަށް ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް، އެކްސިޑެންޓުވެ ނިޔާވީ 24 އަހަރުގެ ފިރިހެނެކެވެ. އޭނާ މާލޭގައި ހުރެފައި އައްޑު އަށް ދިޔައީ އެ ތަނުގައި އޮތް ރޭސިން މުބާރާތެއްގައި ބައިވެރިވުމަށެވެ. މިއީ، މި މަހުގެ ކުރީކޮޅު ހުޅުވި ބްރިޖުގައި ހިނގި ފުރަތަމަ އެކްސިޑެންޓެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނާކު ގެންދިޔައިރު ވެސް ވަރަށް ހާލު ދެރަ ކަމަށެވެ. ނިޔާވީ ފަރުވާ ދެމުން ދަނިކޮށް ކަމަށް ވިދާޅުވި އެވެ.
އައްޑޫ މޮޓޯ ރޭސިން އެސޯސިއޭޝަނުން އިސް ނަގައިގެން ހުޅުދޫގައި މިދިޔަ ހަފުތާގައި ފެށި "އެންމެންގެ ޑްރެގް ޗެމްޕިއަންޝިޕް" މުބާރާތަށް ފަރިތަކުރަމުން ދިޔަ ޒުވާނަކު ވެސް އެކްސިޑެންޓުވެ، ވެންޓިލޭޓަރުގައި ދަނީ ފަރުވާ ދެމުންނެވެ.
ވިސާމް އަތުގައި ލައިސަންސެއް ނެތް: ޕޮލިސް
ސްޕޯޓްސް ކާރު ދުއްވި މީހާ ޝަރީއަތް ނިމެންދެން ބަންދަށް
ހުޅުމާލޭ އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ނިޔާވެއްޖެ
މަރުވީ ކާރެއް ނަގަންދިޔަ ފުލުހުންގެ ޕިކަޕްގައި ޖެހިގެން
ހުޅުމާލެ2 ގެ ދެވަނަ އެކްސިޑެންޓްގައި މީހަކު މަރުވެއްޖެ
ގާސިމްގެ މަރަށް 10 އަހަރު ފަހުން ދިޔަ ދޭން ޖެހިއްޖެ
އިއްސެގެ އެކްސިޑެންޓުގެ ވީޑިއޯ ލީކުވި މައްސަލަ ބަލަނީ
އެކްސިޑެންޓުގައި އަނިޔާވި އަންހެނަކު މަރުވެއްޖެ
ގަސްދުގައި ސައިކަލެއްގައި ޖެއްސި މީހަކު މަރުވެއްޖެ
މަރާ ގުޅިގެން ހައްޔަރުކުރި ޑްރައިވަރު ދޫކޮށްލައިފި