ފަލަސްތީނުގެ ގާޒާ އިން އެ ގައުމުގެ ރައްޔިތުން ބޭރުކުރަން ބޭނުންވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވިޔަސް ގާނޫނާ ހިލާފު ނުވެނޭނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
05 ފެބުރުއަރީ 2025
ފަލަސްތީނުގެ ގާޒާ އިން އެ ގައުމުގެ ރައްޔިތުން ބޭރުކުރަން ބޭނުންވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވިޔަސް ގާނޫނާ ހިލާފު ނުވެނޭނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ވައިޓް ހައުސްގައި އިޒްރޭލުގެ ބޮޑުވަަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކު ބޭއްވެވި ބައްދަލުވުމަށް ފަހު، ޓްރަމްޕް ވަނީ ގާޒާގެ ރައްޔިތުން އެހެން ގައުމުތަކަށް ބަދަލުކޮށް، އެމެރިކާ އިން ގާޒާ ހިފައި އެ ތަން ތަރައްގީ ކުރަން ބޭނުންވާކަންހާމަ ކުރައްވައިފަ އެވެ.
އެ ވާހަކަތަކާ ގުޅިގެން އެކްސްގައި ޕޯސްޓެއްގައި ރާއްޖޭގެ ކުރީގެ ރައީސް މައުމޫން ވިދާޅުވީ، އެމެރިކާ އިން ގާޒާ އަތުލައި އެ ތަނުގައި ރީތި ހިތްގައިމު ރިވިއެރާއެއް ހަދާނެ ކަމަށާއި މިހާރު ދިރިއުޅޭ މީހުން އެހެން ތަނަކަށް ބަދަލުކުރާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވާ ކަމަށެވެ.
ދުނިޔޭގައި އެންމެ ނުފޫޒާއި ބާރުގަދަ ގައުމުގެ ރައީސް ޓްރަމްޕަށް އަމާޒު ކުރަައްވައި މައުމޫން ވިދާޅުވީ، ބާރުގަދަ މީހަކަށް ވިޔަސް ބައިނަލްއަގުވާމީ ގާނޫނާ ހިލާފަށް ކަމެއް ކުރެވިގެން ނުވާނެ ކަމަށެވެ.
ޓްރަމްޕް ވިދާޅުވަނީ އެމެރިކާއިން ޣައްޒާ އަތުލައި އެތާނގައި ރީތި ހިތްގައިމު ރިވިއެރާ އެއް ހަދާނެކަމަށް. އަދިޣައްޒާގައި މިހާރުދިރިއުޅޭމީހުންއެހެންތާކަށް ބަދަލުކުރާނެކަމަށް. ކިތަންމެ ބާރުގަދަ މީހަކަށްވެސް ބައިނަލްއަޤްވާމީޤާނޫނާ ޚިލާފަށްމިފަދަކަމެއް ކުރެވިގެނެއްނުވާނެ
— Maumoon Abdul Gayoom (@maumoonagayoom) February 5, 2025
ޓްރަމްޕް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ގާޒާ އަލުން ބިނާކުރުމުގެ ބޮޑު ޕްލޭނެއް އިއުލާނު ކުރައްވައިފަ އެވެ.
އެ ޕްލޭންގެ ދަށުން، ގާޒާގެ އިގުތިސާދީ ހަރަކާތްތައް ފުޅާކޮށް، ވަޒީފާ އާއި ބޯހިޔާވަހިކަން ކަށަވަރުވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
"އެމެރިކާއިން ގާޒާ އާ ހަވާލުވާނެ، އެއާ އެކު އަޅުގަނޑުމެން މަސައްކަތްތަކެއް ވެސް ކުރާނަން. އެތަން ވާނީ އަޅުގަނޑުމެންގެ މިލްކަކަށް،”ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕްގެ މި ޕްލޭންގެ ދަށުން، ގާޒާގައި ދިރިއުޅޭ ގިނަ ރައްޔިތުން އެހެން ގައުމުތަކަށް ފޮނުވާލައި، ގާޒާއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުން ދިރިއުޅެވޭނެ ހިތްގައިމު ތަނަކަށް ހެދުމުގެ ވިސްނުން ވެސް ހާމަކުރެއްވި އެވެ.
އެންމެ ނުފޫޒު ގަދަ ޝަޚްސިއްޔަތުންގެ ތެރޭގައި މުނާ
ހަމާސްގެ ބައްދަލުވުން ވަރަށް ކާމިޔާބު: އެމެރިކާ
ޣައްޒާއިން ކަރަންޓު ކަނޑާލަން އަންގައިފި
ޣައްޒާ އާރާސްތުކުރުމުގެ ޕްލޭން އޯއައިސީން ބަލައިގެންފި
އިޒްރޭލުގެ މިނިވަންވި ރަހީނުން އެދެނީ ސުލްހަވާން
ރަހީނުން ދޫކޮށްލާފައި ޣައްޒާއިން ފައިބާ: ޓްރަމްޕު
"ރަހީނުކުރީ ހަމާސް އިން، ދުޝްމަނަކީ ނަތަންޔާހޫ"
ޣައްޒާއާ ގުޅޭ ގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޣައްޒާއަށް އެހީ ވެއްދުން ހުއްޓުވުން ކުށްވެރިކޮށްފި
ޣައްޒާއަށް އެހީގެ ސާމާނު ވެއްދުން ހުއްޓުވައިފި