Roadha Mihaaru

މާލެ ސަރަހައްދުގެ 46،251 ގެއަކަށް ކަދުރު ދޫކޮށްފިން: މިނިސްޓްރީ

ކުރިއަށް އޮތް ރޯދަމަހަށް ހާއްސަ ކޮށްގެން މާލެ ސަރަހައްދުގެ 46،251 ގެއަކަށް ކަދުރު ބަހާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

މާލެ ސަރަހައްދުގެ 46،251 ގެއަކަށް ކަދުރު ދޫކުރި

ކުރިއަށް އޮތް ރޯދަމަހަށް ހާއްސަ ކޮށްގެން މާލެ ސަރަހައްދުގެ 46،251 ގެއަކަށް ކަދުރު ބަހާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން މިދިޔަ މަހުގެ 20 ވަނަ ދުވަހު ބަހަން ފެށި 50 ޓަނުގެ ކަދުރުގެ ތެރެއިން މާލެ އާއި ވިލިމާލެ އާއި ހުޅުމާލެ އަށް ކަނޑައެޅި ކަދުރު ވަނީ ބަހައި ނިންމާފައި ކަމަށް ބުނެފައި ވެ އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ، މާލެ ސަރަހައްދުގެ 46،251 ގެއަކަށް 11،375 ޕެކެޓުގެ ކަދުރު ދޫކޮށްފައިވާ ކަމަށެވެ. އަދި ކައުންސިލްތަކަށް ވަނީ 56،461 ގޭބިސީއަށް ވާ 10،788 ޕެކެޓު ދޫކޮށްފައި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިހާތަނަށް 22،163 ކަދުރު ޕެކެޓު ބަހާފައިވާ ކަމަށެވެ.

މިހާތަނަށް 19 ޖަމިއްޔާއަކުން ކަދުރު ބޭނުންވެގެން ނޯޓު ކޮށްފައިވީ ނަމަވެސް، އެއްވެސް ޖަމިއްޔާއަކަށް އަދި ދޫކޮށްފައި ނުވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އިސްލާމިކް މިނިސްޓްރީން ކުރިން ބުނި ގޮތުގައި، ސިޓީތަކާއި ރަށްރަށުގައި ކަދުރު ބަހާނީ މީހުން ދިރިއުޅޭ ގޭގެތަކުގެ ތެރެއިން ކަދުރު ބަލާ ދާ ތަރުތީބުން ކޮންމެ ގެއަކަށް އެއް ޕެކެޓެވެ.

ރާއްޖެ އަށް މި ފަހަރު ލިބުނު ކަދުރުން ކޮންމެ 100 ގެއަކަށް ޖެހެނީ 25 ޕެކެޓް ކަދުރެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަމަސް ފަށާނީ އަންނަ މާޗު 1 ގަ އެވެ.