ޓަލޮންސް ބާސްކެޓްބޯޅަ ކްލަބްގެ ސަސްޕެންޝަން ކުރުކޮށްލައި، އެޓީމާ އެކު މި އަހަރުގެ ބާސްކެޓްބޯޅަ ސީޒަން ފަށައިފި އެވެ.
ޓަލޮންސް ބާސްކެޓްބޯޅަ ކްލަބްގެ ސަސްޕެންޝަން ކުރުކޮށްލައި، އެޓީމާ އެކު މި އަހަރުގެ ބާސްކެޓްބޯޅަ ސީޒަން ފަށައިފި އެވެ.
ގައުމީ ބާސްކެޓްބޯޅަ ލީގު 2023ގެ ދެވަނަ ޑިވިޝަން ކާމިޔާބު ކުރި ޓެލަންސް އެއްވަނަ ޑިވިޝަނަށް ޕްރޮމޯޓްވި ނަމަވެސް އެކި ސަބަބުތަކާ ހުރެ އެޓީމުން މިދިޔަ އަހަރުގެ ސީޒަންގައި ވާދަކޮށްފައި ނުވެ އެވެ. މިއާ އެކު މިދިޔަ އަހަރުގެ ޖެނުއަރީ 17 އިން ފެށިގެން އެ ޓީމު ވަނީ ދެ އަހަރު ދުވަހަށް ސަސްޕެންޑް ކޮށްފަ އެވެ.
ޓަލޮންސް އިން އަދަބު ލުއި ކޮށްދޭން އެދުނު ނަމަވެސް އެމްބީއޭއިން ފުރަތަމަ ނިންމީ ސަސްޕެންޝަން ދަމަހައްޓާށެވެ. ނަމަވެސް ފަހުން އެ ކްލަބުން ވަނީ އިސްތިއުނާފު ކޮމިޓީ އަށް މައްސަލަ ހުށަހަޅައި، އިސްތިއުނާފު ކާމިޔާބުކޮށްގެން އަންގާރަ ދުވަހު ފެށި 29 ވަނަ އެމްބީއޭ ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ހޯދައިފަ އެވެ.
ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި އަންގާރަ ދުވަހުގެ ހަވީރު ފެށި އެމްބީއޭ ޗެމްޕިއަންޝިޕްގައި 12 ޓީމު ވާދަ ކުރެ އެވެ. ފިރިހެން ޑިވިޝަންގައި، ޓަލޮންސް ވަނީ އެޓީމު ކުޅުނު ފުރަތަމަ މެޗުގައި އެ ރޭ ކިންގްސް ބީސީއާ ވާދަކޮށް 172-47 އިން ބަލިވެފަ އެވެ. އެ ދުވަހު ހަވީރު ކުޅުނު މުބާރާތުގެ ފުރަތަމަ މެޗުގައި ރެޕްޓާސް ވަނީ 89-64 އިން ރޯޔަލްސް ބަލިކޮށްފަ އެވެ.
އިއްޔެ ހަވީރު ސްޓިންގާސް އާއި ޓީރެކްސް ބައްދަލުކުރި މެޗު 172-47 އިން ކާމިޔާބު ކުރީ ސްޓިންގާސް އެވެ. ރެޑްވިންގްސް ވަނީ ރޭ 95- 31 އިން ސްޕާޓަންސް ބަލިކޮށްފަ އެވެ.
އެންމެ ފަހުން އެމްބީއޭ ޗެމްޕިއަންޝިޕް ބާއްވާފައި ވަނީ 2022 ވަނަ އަހަރެވެ. އެ އަހަރު ފިރިހެން ޑިވިޝަން ކާމިޔާބު ކުރީ ކިންގްސް އެވެ. އަދި އަންހެން ޑިވިޝަން ކާމިޔާބުކުރީ ކުއީންސް އެވެ. އެ އަހަރު އަލަށް ތައާރަފް ކުރި އެމްބީއޭ ޗެމްޕިއަންޝިޕްގެ ޝީލްޑް ކާމިޔާބު ކުރީ ޓެލޮންސް އެވެ.
ކިންގްސްގެ ރަސްކަން ނިންމުމަކަށްގެނެސް ޓީރެކްސްއަށް ތާޖު
ހުރިހާ މެޗެއް ކާމިޔާބުކޮށް ޗެމްޕިއަންކަން ކުއީންސް އަށް
ސައިކްލޯންސް ބަލިކޮށް އެލީޓް ކުރިއަށް ޖެހިލައިފި
ކިންގްސް ބަލިކޮށް ޓީރެކްސް އެންމެ ކުރިއަށް ޖެހިލައިފި
ކުއީންސް އަށް ސައިކްލޯންސް ބިރަކަށް ނުވި
ޗެމްޕިއަން ސައިކްލޯންސް ވެސް ފެށީ މޮޅަކުން
ކިންގްސް އާއި ޓީރެކްސް ފެށީ ވަރުގަދަކޮށް
ޗެމްޕިއަނަކީ ޓަލޮންސް، އެންމެ މޮޅީ ރޯޔަލްސްގެ ޖިދާދު
ޗެމްޕިއަން ސްޕާޓަންސް އަށް ފުރުސަތެއް ނެތް
ނަޒީގެ ބާސްކެޓް ކޯޗުކަމުގެ ތަރި އެންމެ އުހުގައި