Roadha Mihaaru
ޗެމްޕިއަނަކީ ޓަލޮންސް، އެންމެ މޮޅީ ރޯޔަލްސްގެ ޖިދާދު

ޗެމްޕިއަންކަން ޓަލޮންސް އަށް، އެންމެ މޮޅީ ރޯޔަލްސްގެ ޖިދާދު

04 ޑިސެމްބަރ 2023

ސޯޅަ ވަނަ ގައުމީ ބާސްކެޓްބޯޅަ ލީގުގެ ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ޓަލޮންސް ބާސްކެޓްބޯޅަ ކްލަބުން ހޯދައިފި އެވެ.

ސޯޅަ ވަނަ ގައުމީ ބާސްކެޓްބޯޅަ ލީގުގެ ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ޓަލޮންސް ބާސްކެޓްބޯޅަ ކްލަބުން ހޯދައިފި އެވެ.

ޓަލޮންސް ޗެމްޕިއަންކަން ހޯދީ ހުކުރު ދުވަހުގެ ރޭ ކުޅުނު ލީގުގެ ފަހު މެޗުގައި ރޯޔަލްސްއާ ވާދަކޮށް 70-64 އިން މޮޅުވެގެންނެވެ. މުބާރާތުގެ ދެވަނަ ހޯދީ ރޯޔަލްސް އެވެ. އަދި ތިންވަނައަށް ދިޔައީ ސްޓިންގާސް ބާސްކެޓްބޯޅަ ކްލަބެވެ.

ޓަލޮންސް ލީގު ކާމިޔާބުކުރިއިރު، އެޓީމުން ވަނީ ފުރަތަމަ ބުރުގައި ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗު ކާމިޔާބުކޮށް، ދެވަނަ ބުރުގައި ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ. އެޓީމު ފުރަތަމަ ބުރުގައި ބަލިވީ ޑަބްލިއު ސްޕޯޓްސް އެކަޑަމީ އަތުންނެވެ.

ފައިނަލް މެޗުގައި ރޯޔަލްސްގެ ޖިދާދު، ދެވަނަ ޑިވިޝަން ލީގުގެ މޮޅު ކުޅުންތެރިއަކީ އޭނާ.-- ފޮޓޯ: ބާސްކެޓު/ސިޑިބަރި

ފައިނަލް މެޗުގައި ރޯޔަލްސްގެ ޖިދާދު، ދެވަނަ ޑިވިޝަން ލީގުގެ މޮޅު ކުޅުންތެރިއަކީ އޭނާ.-- ފޮޓޯ: ބާސްކެޓު/ސިޑިބަރި

ދެވަނަ ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރޯޔަލްސްގެ ކެޕްޓަން މުހައްމަދު ޖިދާދު އިބްރާހިމް ޔާދު އެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ރޯޔަލްސްގެ އަލްދާން އައިކް ރަމީޒް އާއި ޓަލޮންްސްގެ އައިކް އަހުމަދު މައުރޫފް އަދި ކައިލް އަބްދުﷲ ނަޝީދުގެ އިތުރުން ޑަބްލިއު ސްޕޯޓްސްގެ ޝަހުދާން އާމިރު އާއި އެލްކިއު ސްޕޯޓްސްގެ ހަސަން ފާރިޝް އެވެ.