Roadha Mihaaru

ފިލިޕީންސްގެ "ރޯޔަލް އެކަޑަމީ" އަށް ރާއްޖޭގެ ސިވިލް އޭވިއޭޝަންގެ ހުއްދަ ދީފި

ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އިން ފިލިޕީންސްގައި ޕައިލެޓް ތަމްރީނު ހަދަމުން އަންނަ "ރޯޔަލް އެކަޑަމީ" އަށް ހާއްސަ ހުއްދައެއް ދީފި އެވެ.

ފިލިޕީންސްގެ "ރޯޔަލް އެކަޑަމީ" އަށް ރާއްޖޭގެ ހުއްދަ

ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އިން ފިލިޕީންސްގައި ޕައިލެޓް ތަމްރީނު ހަދަމުން އަންނަ "ރޯޔަލް އެކަޑަމީ" އަށް ހާއްސަ ހުއްދައެއް ދީފި އެވެ.

އެއީ މި ވަގުތު އެންމެ ގިނަ ދިވެހިން އަދި މި ސަރަހައްދުގެ ގިނަ ބަޔަކު ވެސް ޕައިލެޓް ތަމްރީނު ހަދަން ދާ ސްކޫލެވެ. ރާއްޖޭގެ ސިވިލް އޭވިއެޝަނުގެ ހުއްދައާ އެކު، އެ ސްކޫލަށް "އެޕްރޫވްޑް ޓްރެއިނިން އޯގަނިޒޭޝަން (އޭޓީއޯ)" އެއްގެ ޝަރަފު މިހާރު ވަނީ ލިބިފަ އެވެ. މިއީ ރާއްޖެ އިން ބޭރުގެ އޭވިއޭޝަން އެކަޑަމީއަކަށް މިފަދަ އޭޓީއޯ އެޕްރޫވަލްއެއް ލިބޭ ދެވަނަ ފަހަރެވެ. މީގެ ކުރިން އެ ހުއްދަ ދީފައިވަނީ ސްޕެއިންގެ ބާސެލީނާގައި ހުންނަ ސްކޫލަކަށެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މުވައްޒަފުންނާ އެކު ރޯޔަލް އެކަޑަމީގެ އިންވެރިން މަޑުކޮށްލައިގެން -- ފޮޓޯ: ރޯޔަލް އެކަޑަމީ

ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މުވައްޒަފުންނާ އެކު ރޯޔަލް އެކަޑަމީގެ އިންވެރިން މަޑުކޮށްލައިގެން -- ފޮޓޯ: ރޯޔަލް އެކަޑަމީ

އެ ފްލައިން ސްކޫލުގެ ހެޑް އޮފް ޓްރެއިނިން މަދޫ ޕުލިޔަންކަލަތު "މިހާރު" އަށް ވިދާޅުވީ، ކުރިން އެ އޭވިއޭޝަން އެކަޑަމީން ކޮމާޝަލް ޕައިލެޓްލައިސެންސް (ސީޕީއެލް) ހާސިލު ކުރުމަށް ފަހު، ރާއްޖޭގެ އޭވިއޭޝަންގެ ލައިސަންސް ހޯދުމަށް ގާތްގަނޑަކަށް ތިން މަސް ދުވަހުގެ އިތުރު ތަމްރީނެއް ހަދަން ޖެހޭ ކަމަށެވެ. މި ތަމްރީން ނުވަތަ ލައިސަންސް ފުރިހަމަ ވަނީ ޔޫރަޕިއަން ޔޫނިއަން އޭވިއޭޝަން ސޭފްޓީ (އިއާސާ)ގެ އެއާލައިން ޓްރާންސްޕޯޓް ޕައިލެޓް ލައިސެންސިން (އޭޓީޕީއެލް) ގެ ތިއަރީ ޓެސްޓުތައް ކާމިޔާބުކަމާ އެކު ހަދާ ފާސްވެގެން ކަމުގައި މަދޫ ވިދާޅުވި އެވެ.

އިއާސާ އޭ.ޓީ.ޕީ.އެލް ގެ ތިއަރީ ޓެސްޓުތައް ނުވަތަ ލައިސަންސް ހޯދަން ދަރިވަރުން އާންމުކޮން ދާން ޖެހޭނީ އިނގިރޭސި ވިލާތާއި ޔޫރަޕުގެ ގައުމުތަކަށާއި މެލޭޝިއާ އާއި ސިންގަޕޫރާއި ދުބާއީ ނުވަތަ ސްރީ ލަންކާއަށެވެ.

މަދޫ "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުގެ ތެރެއިން -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

މަދޫ "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުގެ ތެރެއިން -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

މަދޫ ވިދާޅުވީ، އެ އެކަޑަމީ އިން ކުރިން ކިޔެވުމުން، ޕައިލެޓުންނަށް ލިބެނީ ފިލިޕިންސްގެ ސީޕީއެލް ލައިސަންސެއް ކަމަށެވެ. މީގެ ކުރިން ދަރިވަރުން ޖެހެނީ ރާއްޖޭގެ ލައިސަންސަކަށް ފިލިޕީންސްގެ ސީޕީއެލް ލައިސެންސް ބަދަލު ކުރުމަށް އޭޓީޕީއެލް ތިއަރީ ފާހަކާ އެކު، ދިވެހި އެއާލައިނަކުން ވަޒީފާ ހޯދާށެވެ.

ލައިސަންސް ކޮންވާޝަން ހަދައިދެނީ އެ ވަޒީފާ ދޭ ކުންފުންޏަކުންނެވެ. ނަމަވެސް މިހާރު ރޯޔަލް އޭވިއޭޝަން އެކަޑަމީ ރާއްޖޭގެ އެޕްރޫވްޑް ޓްރެއިނިން އޯގަނިޒޭޝަން (އޭޓީއޯ) އަކަށް ވުމަށް ފަހު، ރާއްޖޭގެ އެއާލައިނަކުން ވަޒީފާ ލިބުމުގެ ކުރިން ވެސް ހުރިހާ ތަމްރީނުތަކެއް ފުރިހަމަ ކުރުމުން ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ހުރިހާ ދަރިވަރުންނަށް ދިވެހި ލައިސަންސް ސީދާ ހޯދޭނެ އެވެ.

"އެކަންވީ ޕައިލެންޓަކަށްވާ ބޭނުންވާ ކުދިންނަށް ވަރަށް ބޮޑު ގޮންޖެހުމަކަށް. އޭޓީޕީއެލް ކޮމްޕޮނެންޓް ނިންމުމުން ރާއްޖޭގެ ސިވިލް އޭވިއޭޝަނުން ދިވެހި ލައިސަންސެއް ވެސް ލިބޭނެ. ރާއްޖޭގެ ކޮމާޝަލް ޕައިލެޓް ލައިސަންސްއެއް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

މަދޫ ވިދާޅުވީ، އެއީ އަލުން ކިޔަވަން ފަށާ ދަރިވަރުންނަށް ލިބޭނެ ވަރަށް ބޮޑު ލުޔެއް ކަމަށެވެ. ރޯޔަލް އެކަޑަމީއާ މި އަހަރު ވެސް 90 އަށް ވުރެ ގިނަ ދިވެހިން ގުޅޭނެ ކަމަށް ބެލެވޭ އިރު، އެ އަދަދާ އެކު އެކަޑަމީ މެދުވެރިކޮށް ޕައިލެޓް ޓްރެއިނިން ހަދާ ކުދިންގެ އަދަދު 200 އަށް ވުރެ މަތިވާނެ އެވެ.

ރާއްޖޭގެ އެއާލައިނެއްގައި ރޯޔަލްއިން ތަމްރީނު ވެފައިވާ ޕައިލެޓެއް -- ފޮޓޯ: ރޯޔަލް އެކަޑަމީ

ރާއްޖޭގެ އެއާލައިނެއްގައި ރޯޔަލްއިން ތަމްރީނު ވެފައިވާ ޕައިލެޓެއް -- ފޮޓޯ: ރޯޔަލް އެކަޑަމީ

ރޯޔަލް އޭވިއޭޝަން އެކަޑަމީއިން ޓްރެއިނިން ނިންމާފައިވާ ޕައިލެޓުން މިހާރު ވެސް ޓީއެމްއޭ އާއި މޯލްޑިވިއަން އާއި މަންޓާގެ ސީޕްލޭން އަދި ވީލް ބޭސްޑް އެއާކްރާފްޓްތަކުގައި ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

މަދޫ ވިދާޅުވީ، އެ އެއާލައިނުގައި ކިޔަވަމުން އަންނަ ކުދިންގެ އިތުރުން، އެކި ސަބަބުތަކާ ހެދި އެހެން އެކަޑަމީ ޕައިލެޓް ސްކޫލުތަކުން ކޯސް ފުރިހަމަ ނުކުރެވޭ ކުދިންނަށް ވެސް، ރޯޔަލް މެދުވެރިކޮށް، ކޯސް ފުރިހަމަ ވެސް ކުރެވޭނެ ކަމަށެވެ. އަދި އެހެން އެކަޑަމީއަކުން ކިޔަވާ ނިންމާފައި ތިބި ދިވެހި ކުދިންނަށް ރޯޔަލް އެކަޑަމީ މެދުވެރިކޮށް ދިވެހި ލައިސެންސް ވެސް ހޯދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ހަމައެކަނި އޭ.ޓީ.ޕީ އެލް އެއްހަދަން ބޭނުންވާނަމަ އެފުރުސަތުވެސް އޮންނާނެ ކަމަށެވެ.

"ރޯޔަލް އަކީ މިހާރު ލޯކަލް ފްލައިން ސްކޫލެއް. ކޯސް ފުރިހަމަ ނުކުރާ ކުދިންގެ ޓްރެއިނިން ގަޑިއިރަށް ބަލާ، އެފަދަ ކުދިންނަށް ކޯސް ފުރިހަމަ ކުރެވޭނެ ގޮތްތައް ވެސް ފަހިކޮށްދެވޭނެ. އެފަދަ ކުދިންގެ ހާލަތު ބަލާ، ސޮލިއުޝަންތަކެއް އަޅުގަނޑުމެން ހޯދައިދޭނަން،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި އުދުހުމުގެ ހާއްސަ ހުއްދަ ރޯޔަލް އެކަޑަމީ މެދުވެރިކޮށް ހޯދުމުގެ އިތުރަށް، ޕައިލެޓް ޓްރެއިނަރަކަށް ވާން ބޭނުންވާ ފަރާތްތަކަށް ވެސް ވަޒީފާގެ ފުރުސަތު އެ އެކަޑަމީއިން ވަނީ ހުޅުވާލައިފަ އެވެ. އެހެންވެ، ޕައިލެޓް ޓްރެއިނިން ހެދުމަށްފަހު، އެ އެކަޑަމީގައި ކިޔަވާން ބޭނުންނާ ފަރާތްތަކަށް އެކަމަށް ހާއްސަ ޓްރެއިނިން ހެދޭނެ އެވެ.

ރޯޔަލްގެ ގްރެޖުއޭޝަން ރަސްމިއްޔާތެއްގައި ސްކޫލުގެ ދިވެހި ދަރިވަރުން -- ފޮޓޯ: ރޯޔަލް އެކަޑަމީ

ރޯޔަލްގެ ގްރެޖުއޭޝަން ރަސްމިއްޔާތެއްގައި ސްކޫލުގެ ދިވެހި ދަރިވަރުން -- ފޮޓޯ: ރޯޔަލް އެކަޑަމީ

ރޯޔަލް އެކަޑަމީ އިން ދިވެހި ލައިސަންސްގެ އިތުރުން ފިލިޕީންސްގައި އުދުހުމުގެ ލައިސެންސް ވެސް ލިބޭނެ އެވެ. އެ ދެ ލައިސަންސްގެ އިތުރުން ވިއެޓްނާމާއި ނޭޕާލްގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ވެސް ވަނީ އެ އެކަޑަމީ އެޕްރޫވްކޮށްފަ އެވެ.

ފިލިޕީންސްގެ ރޯޔަލް އެކަޑަމީ އަށް ދިވެހި ކިޔަވާ ކުދިން ދާ އެންމެ ބޮޑު އެއް ސަބަބަކީ، ކަނޑައެޅިފައިވާ ވަގުތުގައި ކޯސް ނިންމަން ފަސޭހަވުމާއި ކޯސް ފީއަށް ބަދަލެއް ނައިސް ފުރިހަމަ ކުރަން ފުރުސަތު ލިބުން ކަމަށް އެ އެކަޑަމީ އިން ބުންޏެވެ.

ރޯޔަލް އެކަޑަމީ އިން ޕައިލެޓް ތަމްރީނު ހެދުމަށް އެންމެ ގިނަވެގެން ނަގަނީ 14-15 މަހެވެ. އެ އެކަޑަމީ އިން 2013 ވަނަ އަހަރު ފެށިގެން ޕައިލެޓުން ތަމްރީނު ކުރަމުން އަންނަ އިރު މިހާތަނަށް 800 އަށް ވުރެ ޕައިލެޓުން ގްރެޖުއޭޓު ވެފަ އެވެ.

ދިވެހި ދަރިވަރަކު ރޯޔަލް އޭވިއޭޝަން އެކަޑަމީގައި ތަމްރީނު ހޯދަނީ -- ފޮޓޯ: ރޯޔަލް އެކަޑަމީ

ދިވެހި ދަރިވަރަކު ރޯޔަލް އޭވިއޭޝަން އެކަޑަމީގައި ތަމްރީނު ހޯދަނީ -- ފޮޓޯ: ރޯޔަލް އެކަޑަމީ

އެކަޑަމީގައި ކިޔަވާ ކުދިންނަށް ލިބޭ އެންމެ ހާއްސަ ކަމަކީ، ސަރަހައްދުގެ އެހެން ބައެއް އެކަޑަމީތަކަށް ވުރެ ގިނައިން އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބުން ކަމަށް އެ އެކަޑަމީ އިން ބުންޏެވެ. އެ ފްލައިން ސްކޫލު ހިންގާ ޑުމަގަތޭ އެއާޕޯޓަށް ދުވާލަކު ޖައްސަނީ، ޕެސެންޖަރުން އަރުވައިގެން ދުއްވާ ކޮމާޝަލް އަށެއްކަ ފްލައިޓެވެ. މުޅި ދުވަހުގެ ބާކީ ހުރިހާ ވަގުތަކީ ދަރިވަރުންގެ ތަމްރީނަށް އޮންނަ ވަގުތެވެ.

ރޯޔަލްއިން ރާއްޖޭގައި ބޭއްވި ނެޓްވޯކިންގެ ރަސްމިއްޔާތުގައި ރާއްޖޭގައި މިވަގުތު ތިބި ބައެއް ކުރީގެ ދަރިވަރުންނާ އެކު -- ފޮޓޯ: ރޯޔަލް އެކަޑަމީ

ރޯޔަލްއިން ރާއްޖޭގައި ބޭއްވި ނެޓްވޯކިންގެ ރަސްމިއްޔާތުގައި ރާއްޖޭގައި މިވަގުތު ތިބި ބައެއް ކުރީގެ ދަރިވަރުންނާ އެކު -- ފޮޓޯ: ރޯޔަލް އެކަޑަމީ

ރޯޔަލްގެ ޓީމުން ވަނީ މި ފަހަރު ރާއްޖެ އަށް ކުރި ޒިޔާރަތުގައި ހާއްސަ ނެޓްވާކިންގެ ސެޝަނެއް ބާއްވައި، ސަތޭކައެއް ދަރިވަރުންނާ ބައްދަލުކޮށްފަ އެވެ. މިހާރު ވަޒީފައިގައި އަދާކުރަމުން އަންނަ ރޯޔަލްގެ ކުރީގެ ގިނަ އަދަދެއްގެ ދަރިވަރުންނާއި ވެސް ވަނީ ބައްދަލުކޮށްފަ އެވެ.