Roadha Mihaaru

ޔަމަހާ ސްޓޯލަށް ގޮސްގެން އިންޖީނެއް ހޯދޭނެ

މޯލްޑިވްސް މެރިން އެކްސްޕޯ 2025 ގެ ޔަމަހާ ސްޓޯލުން ޔަމަހާ 50 ހޯސްޕަވަރުގެ އިންޖީނެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ޔަމަހާ ސްޓޯލަށް ގޮސްގެން އިންޖީނެއް ހޯދޭނެ

މޯލްޑިވްސް މެރިން އެކްސްޕޯ 2025 ގެ ޔަމަހާ ސްޓޯލުން ޔަމަހާ 50 ހޯސްޕަވަރުގެ އިންޖީނެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަންގައި މޯލްޑިވްސް މެރިން އެކްސްޕޯގައި ހުރި ޔަމަހާގެ ސްޓޯލަށް އިއްޔެ އިން ފެށިގެން އަންނަ އާދިއްތަ ދުވަހާ ހަމައަށް ޒިޔާރަތްކުރާ މީހުންނަށް ބައިވެރިވެވޭނެ އެވެ. ނަސީބުވެރި ފަރާތް ހޮވާނީ ގުރުއަތުންނެވެ.

އެކަމަށް ގުރުއަތު ނެގުން އޮންނާނީ އަންނަ އާދިއްތަ ދުވަހު އެވެ. ޔަމަހާ ފޯ ސްޓްރޯކް 50 އައުޓްބޯޑު އިންޖީނަކީ ކުދި އިންޖީނުތަކުގެ ތެރެއިން ތެޔޮ ހަރަދު ކުޑަ، ބާރު ދުވެލީގައި ދަތުރުކުރެވޭ އިންޖީނެކެވެ.

އެއީ މަސްވެރިކަމާއި ކުދި އަދި މެދު ސައިޒުގެ އުޅަނދު ފަހަރަށް އެކަށީގެންވާ ގޮތަށް ފަރުމާކޮށް، ރާއްޖޭގައި ޓެސްޓު ކޮށްފައިވާ މަގްބޫލު އިންޖީނެއް ކަމަށް އެލިއާއިން ބުންޏެވެ.

އެލިއާ އާއި ޔަމަހާގެ ގުޅުމަށް 50 އަހަރު ފުރިފައިވާއިރު، އެލިއާ އިން ވަނީ ދަތުރުފަތުރުކުރުމުގެ ދާއިރާގައި ދިވެހި ކަނޑުތަކަށް އިންގިލާބެއް ގެނެސްފަ އެވެ. ރާއްޖެއަށް ޔަމަހާ އައުޓްބޯޑު އިންޖީނު އެލިއާއިން ތައާރަފުކޮށް، ޔަމަހާގެ ތަފާތު އުފެއްދުންތައް ދަނީ މެދުކެނޑުމެއް ނެތި ފޯރުކޮށްދެމުންނެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށް ގެންދާ މެރިން އެކްސްޕޯގައި ޔަމަހާ ސްޓޯލުން އިންޖީނާ ބެހޭ މައުލޫމާތު ދެނީ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށް ގެންދާ މެރިން އެކްސްޕޯގައި ޔަމަހާ ސްޓޯލުން އިންޖީނާ ބެހޭ މައުލޫމާތު ދެނީ.

އެލިއާއިން ރާއްޖެއަށް ޔަމަހާ އައުޓްބޯޑު އިންޖީނުގެ ކޮންމެ މޮޑެލެއް ވެސް ތައާރަފްކުރަނީ ރާއްޖޭގެ ކަނޑުތަކުގައި ޓެސްޓުކުރުމަށް ފަހު ރާއްޖޭގެ މާހައުލާ ގުޅޭގޮތުން ގެންނަން ޖޭހޭ ބަދަލެއް ވާ ނަމަ، އެ ބަދަލެއް ގެނެސް ރާއްޖޭގެ މާހައުލަށް އެކަށޭނެ ގޮތަކަށް ފަރުމާ ކޮށްގެންނެވެ.

އެ ކުންފުނިން ބުނީ، އުންމީދަކީ އެހެން އަހަރުތެކޭ އެއްފަދައިން މި އަހަރުގެ މެރިން އެކްސްޕޯގެ ޔަމަހާ ސްޓޯލަށް ގިނަ ބަޔަކު ޒިޔާރަތްކޮށް ޕްރޮމޯޝަނުގައި ބައިވެރިވުން ކަމަށެވެ.