ހަތް އަހަރުތެރޭ ތިންވަނަ ފަހަރަށް ފީފާއިން ޕާކިސްތާނު ސަސްޕެންޑް ކޮށްފި އެވެ.
ހަތް އަހަރުތެރޭ ތިންވަނަ ފަހަރަށް ފީފާއިން ޕާކިސްތާނު ސަސްޕެންޑް ކޮށްފި އެވެ.
މި ފަހަރު އެ ގައުމު ސަސްޕެންޑް ކުރަން ފީފާއިން ނިންމީ ޕާކިސްތާނުގެ ފުޓްބޯޅައިގެ އިންތިހާބު ފީފާގެ އުސޫލުތަކާ އެއްގޮތަށް ބޭއްވުމަށް އަސާސީގަވާއިދަށް ހުށަހަޅާފައިވާ އިސްލާހުތައް ފާސް ކުރަން ކޮންގްރެސްގެ މެންބަރުން ދެކޮޅު ހެދުމުންނެވެ.
ޕާކިސްތާނުގެ އެފްއޭގެ ހިންގަނީ ފީފާއިން އައްޔަންކޮށްފައިވާ ނޯމަލައިޒޭޝަން ކޮމިޓީއަކުންނެވެ. އެ ކޮމިޓީގެ ޗެއާމަން ހާރޫން މަލިކު ވިދާޅުވީ ފީފާއިން ހުށަހެޅި ޕްރަޕޯސަލްއާ ކޮންގްރެސްގެ ގިނަ މެންބަރުން ދެކޮޅު ކަމަށެވެ.
"ފީފާއިން ބޭނުންވަނީ ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ޕީއެފްއެފްގެ އަސާސީގަވާއިދަށް ބައެއް އިސްލާހުތައް ގެންނަން. މިފަހުން ކުރި ބުރަ މަސައްކަތުން އިންތިހާބު ކުރި ކޮންގްރެސް މެންބަރުންގެ އަޣުލަބިއްޔަތު ފީފާގެ ހުށަހެޅުންތަކަށް އެއްބަހެއް ނުވި،" މީޑިއާތަކަށް ދިން ބްރީފިންގައި މަލިކު ވިދާޅުވި އެވެ.
ފީފާއިން ހަވާލުކޮށްފައި އޮތީ މި މަހު 15 ގެ ކުރިން އިންތިހާބު ބާއްވައި ނިންމުމަށެވެ. މަލިކު ވިދާޅުވީ އިންތިހާބަށް ފަހި ކުރަން ހުރިހާ ކަމެއް އޮތީ ލިޔެ ނިމިފައި ކަމަށެވެ. ނަމަވެސް ކޮންގްރެސްގެ މެންބަރުންގެ ރުހުން ނުލިބުމުން އެކަން ކުރިއަށް ގެންދެވޭނެ ހާލަތެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ޕާކިސްތާނު ސަސްޕެންޑް ކުރުމުން އެ ގައުމުގެ އެއްވެސް ޓީމަކަށް ފުޓްބޯޅައިގެ ހަރަކާތެއްގައި ބައިވެރި ނުވެވޭނެ އެވެ. އަދި ބައިނަލުއަގްވާމީ ފުޓްބޯޅަ މެޗެއްހާ ހިސާބުވެސް އެ ގައުމުގައި ނުކުޅެވޭނެ އެވެ.
ފީފާއިން ނެރުނު ބަޔާނުގައި ބުނީ ޕާކިސްތާނުގެ ސަސްޕެންޝަން އުވާލާނީ ފީފާ އާއި އޭއެފްސީން ހުށަހަޅާފައިވާ މިންގަނޑުތަކަށް ފެތޭގޮތަށް އެކުލަވާލާފައިވާ އަސާސީގަވާއިދު ފާސް ކުރުމުން ކަމަށެވެ. އަދި ފީފައިން ވަނީ ނޯމަލައިޒޭޝަން ކޮމިޓީގެ މުއްދަތު މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އިތުރުކޮށްދީފަ އެވެ.
މީގެ ކުރީގެ ދެ ފަހަރު ފީފާއިން ޕާކިސްތާނު ސަސްޕެންޑް ކުރީ ތިންވަނަ ފަރާތެއްގެ ނުފޫޒު ފޯރުވުމުންނެވެ. އެއީ 2017 އަދި 2021 ގަ އެވެ. މީގެ ތިން އަހަރު ކުރިން ކުރިމަތި ކުރި ސަސްޕެންޝަން 2022 ގައި އުވާލީ ޕީއެއެފްގެ ފުލް ކޮންޓްރޯލް އަލުން ނޯމަލައިޒޭޝަން ކޮމިޓީއަށް ލިބިފައިވާކަން އެ ކޮމިޓީން ފީފާ އަށް އެންގުމުންނެވެ.
ޕާކިސްތާނުގެ ފްރެންޗައިޒް ލީގު އަންނަ މަހު ލޯންޗުކުރަނީ
އެފްއޭއެމްގެ އާ ޗެއާމަނަކަށް ކުރީގެ ޕީޖީ މުއިއްޒު
ނޯމަލައިޒޭޝަން ކޮމިޓީން އަހްމަދު އިސްތިއުފާ ދީފި
ވޯލްޑްކަޕްގައިވެސް ބަނގުރާ ހުއްދައެއް ނުދޭނަން: ސައުދީ
ޒުހޫރާ އެކު، ހާލަތު ބަދަލުވުމުގެ އުންމީދު ކުޑަ؟!
ފީފާގެ ކޮންސަލްޓަންޓް ޖައު އެފްއޭއެމަށް ވެސް ލަފާދޭ
އެފްއޭއެމަށް މާލީ ލަފާ ދޭން ކުންފުންޏެއް ހަމަޖައްސައިފި
ކެމެރޫންގެ މެޗުތަކަށް ދަނޑަށް ވަނުން އެޓޫއަށް މަނާ
އެފްއޭއެމް ސަލާމަތް ކުރަން ކުރެވޭނީ ކޮން ކަމެއް؟
އެފްއޭއެމްގެ ދަރަނި ދައްކަން މަގުޗާޓެއް އެކުލަވާލަނީ