ލަންޑަން (ފެބްރުއަރީ 9) – އިނގިރޭސި ލީގު އެކެއް ނުވަތަ ތިންވަނަ ޑިވިޝަނުގެ ކްލަބް، ލެޓަން އޮރިއެންޓާ ދެކޮޅަށް ހޯދި ހަނި މޮޅުން މެންޗެސްޓާ ސިޓީގެ ޗެއާމަން އޭނާ ވައްކެއް ނުކުރާނެ ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
09 ފެބުރުއަރީ 2025
ލަންޑަން (ފެބްރުއަރީ 9) – އިނގިރޭސި ލީގު އެކެއް ނުވަތަ ތިންވަނަ ޑިވިޝަނުގެ ކްލަބް، ލެޓަން އޮރިއެންޓާ ދެކޮޅަށް ހޯދި ހަނި މޮޅުން މެންޗެސްޓާ ސިޓީގެ ޗެއާމަން އޭނާ ވައްކެއް ނުކުރާނެ ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
އިނގިރޭސި އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގައި ރޭ ލޭޓަންއާ ދެކޮޅަށް ކުޅުނު މެޗުން ސިޓީ މޮޅުވީ 2-1 ގެ ފަރަގު ކުޑަ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފު ދިޔައީ ހައިރާން ކުރުވަނިވި ގޮތަކަށް ލޭޓަންއިން ކުރީގައި އޮވެގެންނެވެ. އެ ޓީމުން އުފެއްދި ހަމަލާ ދިފާއު ކުރަން އުޅުމުގެ ތެރޭގައި ސިޓީގެ ސްޓެފަން އޯޓެގާ އަތުން ބައިކޮޅަށް ލަނޑު ވަނެވެ.
ފުރަތަމަ ހާފުގައި ލޭޓަންއިން ލީޑްގައި އޮވެގެން ނިންމާލުމުން އެ ޓީމުގެ ސަޕޯޓަރުން ވަނީ ޕެޕްއާ ދިމާކުރުމުގެ ގޮތުން މިއަދު ހެނދުނު އޭނާ ވަކި ކުރާނެ ކަމަށް ގޮވައިފަ އެވެ.
އެކަމަކު ދެވަނަ ހާފުގައި ސިޓީން ނަތީޖާ ބަދަލު ކުރި އެވެ. އެ ޓީމުގެ ލަނޑު ޖެހީ އަބްދުލް ކާދިރު ހުސަނޯވް އާއި ކެވިން ޑި ބްރޮއިނާ އެވެ.
އަމިއްލަ ދަނޑުގައި ކުޅެމުން ދިޔަ ލޭޓަންގެ ސަޕޯޓަރުން ނެގި ފޯރިއާ ބެހޭގޮތުން ސުވާލު ކުރުމުން ގާޑިއޯލާ ބުނީ ތިންވަނަ ޑިވިޝަނުގައި ވެސް މިހާ ފޯރިގަދަކަން ކުރިން އޭނާ އަށް އެނގިފައި ނެތް ކަމަށެވެ. އިދިކޮޅު ޓީމުގެ ކޯޗު ވަކި ކުރާނެ ކަމަށް ގޮވުމަކީ ގިނަ މެޗުތަކުގައި ސަޕޯޓަރުން މިހާރު ފޯރިއާ އެކު ކުރާ ކަމެއް ކަމަށް ގާޑިއޯލާ ބުންޏެވެ. ސަޕޯޓަރުންގެ އެ ފޯރި އަށް ދިން މަޖާ ރައްދެއްގެ ގޮތުގައި ގާޑިއޯލާ ބުނީ އެ މެޗު ނިމިގެން ދިޔައިރު އޮތް ނަތީޖާއިން ސިޓީގެ ޗެއާމަން އޭނާ މަގާމުން ވަކި ނުކުރާނެ ކަމަށެވެ.
"އަހަންނަށް ހީވަނީ ސަޕޯޓަރުން އެ ގޮވާ ވާހަކަތަކަކީ ކޮންމެ ސްޓޭޑިއަމެއްގައި ވެސް މިހާރު އާންމުކަމެއް. މި ނަތީޖާ އާ އެކު އަހަންނަކަށް ހީނުވޭ މާދަމާ [މިއަދު] އަހަރެމެންގެ ޗެއާމަން އަހަރެން ވަކި ކުރާނެ ހެނެއް،" ސަމާސާ ރާގެއްގައި ގާޑިއޯލާ ބުންޏެވެ.
މެޗުގެ ފަހު 25 މިނެޓު ގާޑިއޯލާއަށް ވަރަށް ހިތާމަވެރި
ޗެމްޕިއަންސް ލީގަށް ސިޓީ ކޮލިފައި ނުވެދާނެ: ގާޑިއޯލާ
ގާޑިއޯލާއަށް ފަހުވެސް ސިޓީ ގޮތުގައި ކުރިއަށްދާނެ
ގާޑިއޯލާގެ އެންމެ ބޮޑު ވެއްޓުމާ ކުރިމަތިލާން ޖެހިއްޖެ
އިންގްލެންޑްގެ މަގާމަށް ދިއުމަކީ ވެދާނެކަމެއް: ގާޑިއޯލާ
ސިޓީގައި ދެމިހުރުމަށްވުރެ ދޫކޮށްދިއުން ގާތް: ގާޑިއޯލާ
136 އަހަރުންވެސް ނުވިކަމެއް، ސިޓީން މިއަދު ކުރާނެ!
ހަމަޖެހޭ، ތައްޓަކީ އަހަރެމެންގެ އެއްޗެއް: ގާޑިއޯލާ
އިންގްލެންޑަށް ކާމިޔާބު ވާނެ، ސިޓީއާ ދާދި އެއްގޮތް
ވިދިވިދިގެން ރެއާލް ބަލިކުރުމަކީ ނާދިރު ކަމެއް