ކަންބޮޑުވާން ޖެހޭ ކަމަކީ ފުޓްބޯޅައިގެ މީހުންނަށް ރެފްރީންގެ މައްސަލަ އޮޅުންނުފިލާތީ ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.
09 ފެބުރުއަރީ 2025
ކަންބޮޑުވާން ޖެހޭ ކަމަކީ ފުޓްބޯޅައިގެ މީހުންނަށް ރެފްރީންގެ މައްސަލަ އޮޅުންނުފިލާތީ ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.
ސްޕެނިޝް ލީގުގައި ރޭ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް އަންޗެލޮޓީ ގަބޫލުކުރާގޮތުގައި ރެއާލަށް ކުރިމަތިވީ ރެފްރީންގެ މައްސަލަ އެވެ.
އަންޗެލޮޓީ ވަނީ އެތުލެޓިކޯ އަށް ދިން ޕެނަލްޓީގެ ސައްހަކަމާ މެދު ސުވާލު އުފައްދައިފަ އެވެ. އޭނާ ބުނީ މެޗުން ތިން ޕޮއިންޓް ރެއާލަށް ހައްގު ކަމަށެވެ.
"އަހަރެން ނެތިން ރެފްރީންގެ ވާހަކަ ދައްކާކަށް. ސަބަބަކީ ޕެނަލްޓީއެއްކަމަށް ނިންމީ ވީއޭއާރުން. (އެކަން ހިނގިއިރު) ރެފްރީ ވަރަށް ކައިރީގައި ހުރި. އޭނާ އަށް ރަނގަޅަށް އެކަން ފެންނާނެ. އެތުލެޓިކް [ބިލްބާއޯ] އާއި ޖިރޯނާގެ މެޗުން ވެސް ޕެނަލްޓީއެއް ފެނުނު. ފުޓްބޯޅައިގެ އުޅޭ މީހުންނަށް މިކަމެއް އޮޅުން ނުފިލާ،" އަންޗެލޮޓީ ބުންޏެވެ.
ލީގުގައި ކުރިން ކުޅުނު މެޗުގައި ވެސް ރެއާލް ވަނީ ރެފްރީންގެ މައްސަލަތައް ނަގައިފަ އެވެ. އަދި އެ މައްސަލަ ރަސްމީކޮށް ލަލީގާ އަށް ވެސް ހުށަހެޅި އެވެ. އެކަމަކު އެ ލީގުގެ ވާދަވެރި އެހެން ކްލަބްތަކުން ރެއާލުން ހުށަހެޅި މައްސަލައާ ދެކޮޅެވެ.
އެކަމަށް އެންމެ ބޮޑަށް ދެކޮޅު ހެދީ އެތުލެޓިކޯ އެވެ. ރޭގެ މެޗުގައި އެ ދެ ޓީމު ޖެހުނީ ޕޮއިންޓް ހަމަހަމަ އަށް ބައި ކުރާށެވެ.
މެޗުގައި އެތުލެޓިކޯއިން ލީޑް ނެގީ ސުވާލު އުފެދުނު އެ ޕެނަލްޓީން ހޫލިއަން އަލްވަރޭޒް ވައްދާލި ލަނޑުންނެވެ.
ދެވަނަ ހާފުގައި ރެއާލް އަށް ނަތީޖާ ހަމަހަމަކޮށް ދިނީ ކިލިޔަން އެމްބާޕޭ އެވެ.
ރެއާލުން ޝަކުވާ ހުށަހެޅި ރެފްރީގެ މައްސަލައެއް ބަލަނީ
ރެފްރީއަށް ނުބައިކޮށް މާނަކުރެވި ބެލިންހަމަށް ރަތް ކާޑު
ބާސާގެ ނަތީޖާއިން ރެއާލް އާއި އެތުލެޓިކޯ ޕްރެޝަރަށް
އެމްބާޕޭ ފުރުސަތު ނަގާލުމުން ރެއާލް ބަލިވެއްޖެ
އަންޗެލޮޓީގެ އެކްސްޕެރިމެންޓް ކާމިޔާބު!
ރެއާލަށް އުފަލެއް ނެތް، އަނިޔާގެ ވޭން ބޮޑުވެއްޖެ
ވަކި އެއް ސްޓައިލަކަށް ރެއާލުން ބަރޯސާ ނުވާނެ: ކޯޗު
ލަނޑު ނުޖެހުމުގެ ބޮޑު ބުރައިން އެމްބާޕޭ މިންޖުވެއްޖެ
އެމްބާޕޭއާ މެދު އަންޗެލޮޓީގެ ޝަކުވާއެއް ނެތް
އެމްބާޕޭއަށް ނުވުމުން އެންޑްރިކް ނުކުމެ ލަނޑު ޖަހައިފި