Roadha Mihaaru

ޔުނައިޓެޑްގެ ވެރިންނާ ދެކޮޅަށް ނިއު ޒިލެންޑްގެ ރަގްބީން ދައުވާކުރަނީ

ވެލިންޓަން (ފެބްރުއަރީ 11) – މެންޗެސްޓާ ޔުނައިޓެޑްގެ ކޯ އޯނަރު ޖިމް ރެޓްކްލިފްގެ އިނިއޯސް ކުންފުންޏާ ދެކޮޅަށް ކޯޓަށް ދާން ނިއު ޒިލެންޑްގެ ރަގްބީ އެސޯސިއޭޝަނުން ތައްޔާރުވެއްޖެ އެވެ.

ޔުނައިޓެޑްގެ ވެރިންނާ ދެކޮޅަށް ނިއުޒިލެންޑުން ކޯޓަށް
ހުސެއިން ހަބީބް
ހުސެއިން ހަބީބް

11 ފެބުރުއަރީ 2025

ވެލިންޓަން (ފެބްރުއަރީ 11) – މެންޗެސްޓާ ޔުނައިޓެޑްގެ ކޯ އޯނަރު ޖިމް ރެޓްކްލިފްގެ އިނިއޯސް ކުންފުންޏާ ދެކޮޅަށް ކޯޓަށް ދާން ނިއު ޒިލެންޑްގެ ރަގްބީ އެސޯސިއޭޝަނުން ތައްޔާރުވެއްޖެ އެވެ.

ނިއު ޒިލެންޑްގެ ރަގްބީ ޓީމުގެ ޕާފޯމަންސް ޕާޓްނަރެއްގެ ގޮތުގައި އިނިއޯސް ކުންފުނިން ހަ އަހަރުގެ އެއްބަސްވުމެއް ހެދީ 2021 ގަ އެވެ.

އެ އެއްބަސްވުގެ އަގަކީ އަހަރަކަށް 4.51 މިލިއަން ޑޮލަރެވެ. އެ އެއްބަސްވުމުގައި ބާކީ ތިން އަހަރު އޮއްވައި ޕާޓްނާޝިޕް ދޫކޮށްލަން އިނިއޯސްއިން ނިންމާފައިވާކަމަށް ޓެލެގްރާފް ނޫހުން ބުންޏެވެ މި އަހަރު ދައްކަންޖެހޭ ފުރަތަމަ އިންސްޓޯލް ޕޭމަންޓްގެ މުއްދަތު ފަހަނައަޅައި ދިޔައިރު ވެސް އިނިއޯސްއިން ނުދައްކާ ކަމަށް ނިއު ޒިލޭންޑްގެ ރަގްބީން ބުންޏެވެ.

އިނިއޯސް ކުންފުންޏަކީ ޔުނައިޓެޑްގެ އެއް ހިއްސާދާރެވެ. އެ ކުންފުނީގެ ހިއްސާގެ ޕަސަންޓް ޑިސެމްބަރު މަހު 28.94 ޕަސަންޓަށް އިތުރު ކުރި އެވެ.

ޔުނައިޓެޑްގެ ރަގްބީ ޓީމުގެ ކުޅުންތެރިޔެއްގައި އިނިއޯސްގެ އިސްތިހާރު ޖަހާފައި

ޔުނައިޓެޑްގެ ރަގްބީ ޓީމުގެ ކުޅުންތެރިޔެއްގައި އިނިއޯސްގެ އިސްތިހާރު ޖަހާފައި

ޔުނައިޓެޑްގެ ހިއްސާ އިނިއޯސްއިން ގަތުމުން އެ ކްލަބްގެ ފުޓްބޯޅައިގެ ހުރިހާ ކަމެއް ކުރަނީ ރެޓްކްލފްގެ ބެލުމުގެދަށުންނެވެ. ކްލަބްގެ ހަރަދުތައް ކުޑަކުރުމުގެ ފިޔަވަޅުތަކެއް ޔުނައިޓެޑުން ވަނީ ފަށައިފަ އެވެ.

އިނިއޯސް ކުންފުނިން، ނިއު ޒިލެންޑްގެ ރަގްބީއާ އެކު ހެދި އެއްބަސްވުން ވެސް ދޫކޮށްލަން އުޅެނީ އެ ކުންފުނީގެ ސަމާލުކަން ޔުނައިޓެޑަށް އިތުރުކުރުމުގެ ގޮތުން ކަމަށް ބެލެވެ އެވެ. މިހާރު އަޑިއަޅާލާފައިވާ ކްލަބް، އަލުން ފުޓްބޯޅައިގެ ވަރުގަދަ ބާރަކަށް ހެދުމަށް ރެޓްކްލިފް ވަނީ އަމާޒު ހިފައިފަ އެވެ.

ނިއު ޒިލެންޑްގެ އެސޯސިއޭޝަނުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެ އިދާރާގެ ހައްގެ ވެސް އެއްބަސްވުމުގައި އެބައޮތް ކަމަށާއި އެ ހައްގު ހިމާޔަތް ކުރުމަށް އިނިއޯސް ގޮވައިގެން ކޯޓަށް ދިއުން ނޫން ގޮތެއް ނެތް ކަމަށެވެ.