Roadha Mihaaru

ރޯދަމަހުގެ ތައްޔާރީތައް: ބީއެމްއެލް އިސްލާމިކްގެ މުވައްޒަފުން މާލޭގެ ހަތަރު މިސްކިތެއްގެ ބޭރު ފާރުގައި ކުލަލައިދީފި

ކުރިއަށް އޮތް ރޯދަމަހަށް ތައްޔާރުވުމަށް މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ މިސްކިތްތައް ޒީނަތްތެރިކުރުމުގެ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ބީއެމްއެލް އިސްލާމިކް އިން މާލޭގެ ބައެއް މިސްކިތްތަކުގައި މިއަދު ކުލަލައިދީފި އެވެ.

ބީއެމްއެލްއިން މާލޭގެ 4 މިސްކިތެއްގައި ކުލަލައިދީފި
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

14 ފެބުރުއަރީ 2025

ކުރިއަށް އޮތް ރޯދަމަހަށް ތައްޔާރުވުމަށް މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ މިސްކިތްތައް ޒީނަތްތެރިކުރުމުގެ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ބީއެމްއެލް އިސްލާމިކް އިން މާލޭގެ ބައެއް މިސްކިތްތަކުގައި މިއަދު ކުލަލައިދީފި އެވެ.

މޮސްކޮތުގެ ވަށާ ފާރުގައި ކުލަލަނީ.

މޮސްކޮތުގެ ވަށާ ފާރުގައި ކުލަލަނީ.

މިއަދު ހެނދުނު ހަތަރު މިސްކިތެއްގެެ ވަށާފާރުގައި އެ ބެންކުގެ މުވައްޒަފުން ވަނީ ކުލަ ލައި ދީފަ އެވެ. އެއީ ހުކުރު މިސްކިތާއި ދަރުމަވަންތަ ރަސްގެފާނު މިސްކިތާއި މަސްޖިތުއް ސުލްތާން މުހައްމަދު ޝަމްސުއްދީން (ބަންޑާރަ މިސްކިތް) އަދި މަސްޖިދުލް ސުލްތާނުލް އާދިލް ކަމަށް ބީއެމްއެލް އިސްލާމިކް އިން ބުންޏެވެ.

އެ ހަރަކާތުގައި ބީއެމްއެލް އިސްލާމިކުގެ ސަތޭކައެއްހާ މުވައްޒަފުން ބައިވެރިވި އެވެ.

ބީއެމްއެލްގެ މުވައްޒަފުން އިސްނަގައިގެން ދޭތެރެ ދޭތެރެއިން މިފަދަ އިޖުތިމާއީ ހަރަކާތްތައް ހިންގައެވެ. މިދިޔަ އަހަރު ވެސް ވަނީ މާލޭގެ މިސްކިތްތަކުގައި ކުލަލުމާއި މާލޭގެ އެކި ސަރަހައްދުތައް ސާފުކުރުމުގެ ހަރަކާތްތައް ހިންގި އެވެ.