އިންޑިއާގައި މިހާރު ކުރިއަށްދާ ހިންދޫންގެ ބޮޑު އެއްވުމުގައި ބައިވެރިވާން ރޭލަށް އަރަން ދިޔަ މީހުން ގިނަވެ ނިއު ދިއްލީގެ ރެއިލްވޭ ސްޓޭޝަނެއްގެ ތެރޭ ފިތި ބާރުވުމުގެ ސަބަބުން މަދުވެގެން 15 މީހަކު އިއްޔެ މަރުވެއްޖެ އެވެ.
އިންޑިއާގައި މިހާރު ކުރިއަށްދާ ހިންދޫންގެ ބޮޑު އެއްވުމުގައި ބައިވެރިވާން ރޭލަށް އަރަން ދިޔަ މީހުން ގިނަވެ ނިއު ދިއްލީގެ ރެއިލްވޭ ސްޓޭޝަނެއްގެ ތެރޭ ފިތި ބާރުވުމުގެ ސަބަބުން މަދުވެގެން 15 މީހަކު އިއްޔެ މަރުވެއްޖެ އެވެ.
އިންޑިއާގެ އުތުރުގައި އޮންނަ ޕްރަޔަގްރާޖް ސިޓީގައި ހިންދޫން ކޮންމެ 12 އަހަރަކުން އެއް ފަހަރު ބާއްވާ "ކުމްބް މެލާ" އެއްވުމުގައި އެތައް މިލިއަން ބަޔަކު ބައިވެރިވާއިރު މިފަދަ ހާދިސާތައް ވަރަށް އާންމެވެ. މިދިޔަ މަހު ވެސް މި އެއްވުމެއްގެ ތެރޭ ފިތިގެން 30 މީހަކު މަރުވި އެވެ.
ރެއިލްވޭ ސްޓޭޝަން ތޮއްޖެހުނީ ދީނީ އެއްވުން މި މަހުގެ 26 ގައި ނިމޭތީ ހަފްތާ ބަންދާ ދިމާކޮށް ގިނަ ބަޔަކު އެތަނަށް ދާން ރޭލަށް އަރަން ދިމާކުރުމުންނެވެ.
"ހޮސްޕިޓަލުގައި 15 މީހަކު މަރުވިކަން ޔަގީން ކުރެވޭ. އެމީހުންގެ ހަށިތަކުގެ ބޭރުން ޒަހަމެއް ފެންނާކަށް ނެތް. ގިނަ މީހުން މަރުވީ ނޭވާ ހާސްވެގެން ނުވަތަ އެއްޗެއްގައި ޖެހިގެން އެތެރެހައްޓަށް ލިބުނު އަނިޔާތަކުން ކަމަށް ބެލެވޭ. ނަމަވެސް އެކަން ކަށަވަރުވާނީ އޮޓޮޕްސީ ހެދުމަށް ފަހު،" ނިއު ދިއްލީގެ ލޮކް ނަޔަކް ހޮސްޕިޓަލްގެ ޑެޕިއުޓީ މެޑިކަލް ސުޕްރިންޓެންޑެންޓް ޑރ. ރިތޫ ސަކްސޭނާ އޭއެފްޕީ އަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިތުރު 11 މީހަކަށް އެކި އަނިޔާތަކާ ގުޅިގެން އަންނަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރޭގައި ގިނައީ ކައްޓަށް އަނިޔާވެފައިވާ މީހުން ކަމަށާއި އެ މީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ވިދާޅުވި އެވެ.
ރެއިލްވޭ މިނިސްޓަރު އަޝްވިނީ ވައިޝްނަވް ވިދާޅުވީ، ނިއު ދިއްލީން އިތުރު ރޭލުތައް ބާއްވައި ތޮއްޖެހުން ނައްތާލުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި ދިއްލީގެ ގަވަރުނަރު ވިނާއީ ކުމާރް ސަކްސޭނާ ވިދާޅުވި ގޮތުގައި މިފަދަ ހާދިސާތައް ދިމާވެދާނެކަމަށް ޓީމުތައް ވަނީ ތައްޔާރީ ހާލަތަށް ގެނެސްފަ އެވެ.
ހަ ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ ކުމްބް މެލާއަކީ ހިންދޫންގެ އެންމެ މުހިންމު އެއް ހަރަކާތަށް ވާއިރު، މިދިޔަ މަހު ފެސްޓިވަލް ފެށި ފަހުން މިހާތަނަށް ގާތްގަނޑަކަށް 500 މިލިއަން މީހުން ޒިޔާރަތްކޮށްފައިވާ ކަމަށް އޮފިޝަލުން ވަނީ ބުނެފަ އެވެ.
މި އެއްވުމުގައި 1954 ވަނަ އަހަރު އެއް ދުވަހެއްގައި 400 އަށް ވުރެ ގިނަ މީހުން ވެސް މަރުވެފައިވެ އެވެ. އަދި 2013 ވަނަ އަހަރު ވެސް 36 މީހަކު މަރުވި އެވެ. -- އޭއެފްޕީ
ޕޮންގަލް ފާހަގަކުރަން އުޅެނިކޮށް ހުއްޓުވައިފި
މަންމޯހަން ސިންގް އަވަހާރަވުމުން ރައީސްގެ ތައުޒިޔާ
ހަތަރު މަހުގެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމަށް
ތަބްލާ ކުޅެން މަޝްހޫރު ޒާކިރު ހުސެއިން މަރުވެއްޖެ
މިސްކިތެއް "ސާވޭކުރަން" އުޅުމުން އިންޑިއާގައި ދެ މަރު
"މަރުވި" މީހަކު އަންދާލަނިކޮށް ނޭވާލަން ފަށައިފި
އިންޑިއާގެ ހޮސްޕިޓަލެއްގައި ރޯވެ 10 ކުދިން މަރުވެއްޖެ
އިންޑިއާގައި ދިވެއްސަކު މަރުވެފައި އޮއްވައި ފެނިއްޖެ
ފެޝަން ޑިޒައިނަރު ރޯހިތު ބާލް މަރުވެއްޖެ
ވަރުގަދަ ވިޔަފާރިވެރިޔާ ރަޓަން ޓާޓާ އަވަހާރަވެއްޖެ