Roadha Mihaaru

އަމިއްލައަށް ހެދި ރަލެއް ބޮއެގެން އިންޑިއާގައި 17 މީހަކު މަރުވެއްޖެ

އުތުރު އިންޑިއާގައި ބަޔަކު އަމިއްލައަށް ހެދި ރަލެއް ބޮއެގެން 17 މީހަކު މަރުވެ އިތުރު ހަ މީހެއްގެ ހާލު ސީރިއަސްވެފައިވާ ކަމަށް ފުލުހުން އިއްޔެ ބުނެފި އެވެ.

އަމިއްލައަށް ހެދި ރަލަކުން އިންޑިއާގައި 17 މަރު

އުތުރު އިންޑިއާގައި ބަޔަކު އަމިއްލައަށް ހެދި ރަލެއް ބޮއެގެން 17 މީހަކު މަރުވެ އިތުރު ހަ މީހެއްގެ ހާލު ސީރިއަސްވެފައިވާ ކަމަށް ފުލުހުން އިއްޔެ ބުނެފި އެވެ.

މިގޮތަށް ހަދާ ރާ ބޮއެގެން އިންޑިއާގައި ކޮންމެ އަހަރަކު އެތައް ސަތޭކަ ބަޔަކު މަރުވާއިރު އެހެން ދިމާވާ އެންމެ ބޮޑު ސަބަބަކަށް ވެފައި ވަނީ އެޔަށް އަޅާ މާއްދާއެއްގެ ސަބަބުން ލޯ އަނދިރިވުމާއި ފުރަ މޭ ހަލާކުވުން ފަދަ ސީރިއަސް މައްސަލަތައް ދިމާވާތީ އެވެ.

މިފަހަރު ޕަންޖާބުގެ އަމްރިތުސަރު ޑިސްޓްރިކްޓްގެ ވިލެޖެއްގައި ވެސް ބަޔަކު މަރުވީ ރަލުގެ ބާރު ގަދަކުރަން އަޅާ އެ މާއްދާއާ އެއްކޮށްގެން ބުއިމުގެ ސަބަބުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުންގެ ސީނިއާ އޮފިސަރު މަނިންދަރު ސިންގް ވިދާޅުވީ 17 މީހަކު މަރުވީ ފަސް އަވަށަކުން ކަމަށެވެ.

ޕަންޖާބު ފުލުހުން އެކްސް ޕޯސްޓެއްގައި ބުނީ މި މައްސަލައިގައި ނުވަ މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށެވެ.

"މިއީ ކިހިނެއް ހިނގާފައިވާ ކަމެއްތޯ ބަލައި އެންމެން އިންސާފުގެ ކުރިމައްޗަށް ގެނައުމުގެ މަސައްކަތް އަންނަނީ ކުރަމުން،" ފުލުހުން އެކްސްގައި ބުނެފައިވެ އެވެ.

އިންޑިއާގެ ޓެމިލް ނާޑޫގައި މިދިޔަ އަހަރު ވަނީ އަމިއްލައަށް ހަދައިގެން ރަލެއް ބުއި 53 މީހަކު މަރުވެފަ އެވެ.