ލަންޑަން (ފެބްރުއަރީ 17) – މެންޗެސްޓާ ޔުނައިޓެޑްގެ ވަޒީފާ ގެއްލިދާނެތީ ކަންބޮޑުނުވާ ކަމަށް ކޯޗު ރުބެން އަމޯރިމް ބުނެފި އެވެ.
17 ފެބުރުއަރީ 2025
ލަންޑަން (ފެބްރުއަރީ 17) – މެންޗެސްޓާ ޔުނައިޓެޑްގެ ވަޒީފާ ގެއްލިދާނެތީ ކަންބޮޑުނުވާ ކަމަށް ކޯޗު ރުބެން އަމޯރިމް ބުނެފި އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމް ހޮޓްސްޕާސް އަތުން ޔުނައިޓެޑް ރޭ ބަލިވީ 1-0 އިންނެވެ. އެއީ މި ސީޒަނުގައި އެ ޓީމު ބަލިވި 12 ވަނަ މެޗެވެ. ޓީމު އޮތީ ލީގު ތާވަލުގެ 15 ވަނައިގައި ރެލިގޭޝަން ޒޯނާ ކައިރީގަ އެވެ.
އަމޯރިމް ބުނީ ވަޒީފާގެ ކަންބޮޑުވުމަށް ވުރެ ތާވަލުގެ ފަހަތަށް އަނެއްކާވެސް ސޮއްސާލުމުން އޭނާ މާ ބޮޑަށް ކަންބޮޑުވާ ކަމަށެވެ.
"އެކަމަކާ އަހަރެން ކަންބޮޑެއް ނުވޭ،" ޔުނައިޓެޑްގެ ވަޒީފާ ގެއްލިދާނެތީ އެކަމާ ނުވިސްނަންތޯ ސުވާލު ކުރުމުން އަމޯރިމް ބުންޏެވެ.
ނޮވެމްބަރު މަހު ޔުނައިޓެޑްގެ ވަޒީފާއާ ހަވާލުވި އަމޯރިމްގެ ކޯޗުކަމުގެ ދަށުން ލީގުގައި ކުޅުނު 14 މެޗުގެ ތެރެއިން އަށް މެޗުން އެ ޓީމު ވަނީ ބަލިވެފަ އެވެ.
"ބަލިވާން އަހަރެން ނަފުރަތު ކުރަން. އެކަމާ އަހަރެން ކަންބޮޑުވަނީ،" ސްޕޯޓިން ލިޒްބަންގައި ކާމިޔާބު ހޯދި ކޯޗު ބުންޏެވެ.
"އެހެންކަންކަމަކާ އަހަރެން ނުވިސްނަން. އަހަރެން މިތާ މިހުރީ އަހަރެންގެ ކުޅުންތެރިންނަށް އެހީވާން. އަހަންނަށް އެނގޭ އަހަރެންގެ ހާލަތު. އަހަރެންގެ ވަޒީފާ ވެސް. އަހަރެންގެ މަސައްކަތާ މެދު އަހަންނަށް އިތުބާރު އެބައޮތް. އަހަރެން ކަންބޮޑުވަނީ ލީގު ތާވަލުގައި އަހަރެމެން އޮތް މަގާމާ މެދު. އަހަންނާ މެދު އަހަރެން ކަންބޮޑެއް ނުވޭ."
ޖޭމްސް މެޑިސަންގެ ލަނޑުން ޓޮޓެންހަމް މޮޅުވި މެޗަކީ ނޮވެމްބަރުގެ ފަހުން އަމިއްލަ ދަނޑުގައި ލަންޑަނުގެ ޓީމުން މޮޅުވި ފުރަތަމަ މެޗެވެ.
ރޭގެ މޮޅާ އެކު ޓޮޓެންހަމް ވަނީ 12 ވަނަ އަށް ޖެހިލައިފަ އެވެ.
ތަށީގެ އުއްމީދު ގެއްލުނީއޭ ބުނަން އާޓެޓާ ބޭނުމެއް ނޫން
ރަޝްފޯޑަށްވުރެ 63 އަހަރުގެ ކޯޗު ވެސް ރަނގަޅު
މާޓިނޭޒްގެ ނަސީބު ގޯލުން ޔުނައިޓެޑަށް ހިނިތުންވުން
ލިވަޕޫލް އަތުން ޕޮއިންޓެއް ލިބުނަސް އަމޯރިމް ދެރަވެފައި
ޔުނައިޓެޑް ކުޅުންތެރިން ނަފްސާނީ އުނދަގޫ ކުރިމަތިވެފައި
މެންޗެސްޓާ ޔުނައިޓެޑް ރެލިގޭޓް ވެދާނެ: ކޯޗު
ޔުނައިޓެޑްގައި އަމޯރިމްވެސް ބުނީ ވަގުތު ބޭނުންވާ ކަމަށް
އަމޯރިމަށް ވިސާ ނުލިބޭ، މަސައްކަތް ފެށުން ލަސްވެދާނެ
ޔުނައިޓެޑްގައި ކަމެއް ސާބިތުކޮށްދޭން އަމޯރިމް ބޭނުންވޭ
ޑިލިޓް ދަނޑުން ފޮނުވާލުމުން ޓެން ހަގް ރަތަށް