Roadha Mihaaru

އައިޑީކާޑުގައި ހުޅުމާލެ ޖެހުމުގެ ބަދަލުގައި "ހމ" ޖަހަން ނިންމައިފި

މާލޭގެ އަވަށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ހުޅުމާލޭގެ ނަން އައިޑީކާޑުގައި ޖެހުމުގެ ބަދަލުގައި "ހމ" ޖަހަން ނިންމައިފި އެވެ.

އައިޑީކާޑުގައި ހުޅުމާލޭގެ ބަދަލުގައި "ހމ" ޖަހަނީ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

18 ފެބުރުއަރީ 2025

މާލޭގެ އަވަށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ހުޅުމާލޭގެ ނަން އައިޑީކާޑުގައި ޖެހުމުގެ ބަދަލުގައި "ހމ" ޖަހަން ނިންމައިފި އެވެ.

ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން ނެރުނު ސާކިއުލާއެއްގައި ބުނީ މި މަހުގެ ދެވަނަ ދުވަހު މާލެ ސިޓީ ކައުންސިލުން މިނިސްޓްރީ އަށް ފޮނުވި ސިޓީއެއްގައި އައިޑީކާޑުގައި ދިވެހިން ހުޅުމާލެ ލިޔާއިރު "ހމ" އަދި އިނގިރޭސިން ލިޔާއިރު "HM" ޖަހަން އަންގާފައިވާ ކަމަށެވެ.

އެހެންވެ، މިއަދުން ފެށިގެން ދޫކުރާ ހުރިހާ އައިޑީކާޑެއްގައި އެގޮތަށް ޖަހާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. ނަމަވެސް ކުރިން ހައްދާފައިވާ ކާޑުތަކުގެ މުއްދަތު ހަމަވަންދެން ކުރީގެ ގޮތަށް ބެހެއްޓުމަކީ މައްސަލައެއް ނޫން ކަމަށް ވެސް ބުންޏެވެ.

މާލޭގެ އަވަށްތަކަށް ރަޖިސްޓްރީކުރާ ނަމަ އައިޑީކާޑުގައި ހުޅުމާލެ ފިޔަވައި އެހެން ހުރިހާ އަވަށެއްގައި ވެސް މިހާރު ބޭނުން ކުރަމުން އަންނަނީ އެ އަވަށެއް ފެށޭ އަކުރެވެ. އެއީ ހެންވޭރު (ހ) މާފަންނު (މ) ގަލޮޅު (ގ) މައްޗަންގޯޅި (މއ) ވިލިމާލެ (ވ) އެވެ.