Roadha Mihaaru

134 ބާވަތެއްގެ އަގު މޮނިޓާ ކުރާނަން: ސައީދު

އަގުތައް ކޮންޓްރޯލް ކުރުމުގެ މަސައްކަތް ފެށިތާ ދުވަސްތަކެއް ވެއްޖެ ކަމަށާއި ކާބޯތަކެތީގެ ޝޯޓޭޖެއް ނެތި އާންމުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް 134 ބާވަތެއްގެ އަގު ގާތުން ބަލާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

134 ބާވަތެއްގެ އަގު މޮނިޓާ ކުރާނަން: ސައީދު
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

18 ފެބުރުއަރީ 2025

އަގުތައް ކޮންޓްރޯލް ކުރުމުގެ މަސައްކަތް ފެށިތާ ދުވަސްތަކެއް ވެއްޖެ ކަމަށާއި ކާބޯތަކެތީގެ ޝޯޓޭޖެއް ނެތި އާންމުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް 134 ބާވަތެއްގެ އަގު ގާތުން ބަލާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބަދަލުވުމުގައި އިކޮނޮމިކް މިނިސްޓްރީން ބުނީ، ކާބޯތަކެތީގެ އަގުތައް ކޮންޓްރޯލު ކުރުމަށްޓަކައި ފިހާރަތަކަށް ގޮސް، ބާޒާރުގައި އަގުތައް ހުރި ވަރު ބަލައި، ޝޯޓެއްޖެއް އުޅޭ ނަމަ އަވަހަށް އެ ތަކެތި ގެނެވޭނެ ގޮތްތައް ހަމަޖައްސާނެ ކަމަށެވެ.

ސައީދު ވިދާޅުވީ، ދިވެހިންގެ ކެއިންބުއިމުގައި އާންމުކޮށް ބޭނުން ކުރާ ހުރިހާ ތަކެއްޗެއްގެ އަގު ކޮންޓްރޯލް ކުރާނެ ކަމަށެވެ.

"ސަރުކާރުން އެބަ ގެންގުޅޭ 134 އައިޓަމެއް، އަސާސީ ކާބޯތަކެތީގެ ކެޓަގަރީގައި، ހައްސާސް ބާވަތްތައް. މިސާލަކަށް ދިވެހިންގެ ކެއިންބުއިމުގައި ބޭނުން ކުރާ އައިޓަމްތަކުގެ ތެރޭގައި އެބަހުރޭ ކޮންމެހެން ހުންނަ ޖެހޭނެ ކަމަށް ގަބޫލު ކުރެވޭ ތަކެތި،" އޭނާ ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ، އެ އިން ބާވަތެއް ހުސްވެއްޖެ ނަމަ ނުވަތަ އަގު މައްޗަށް އަރައިގެން ހިނގައްޖެ ނަމަ އަގު ކޮންޓްރޯލް ކުރުމަށް އެސްޓީއޯ މެދުވެރިކޮށް ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އެފަދަ ހާލަތްތަކުގައި މާކެޓުގައި އަގުތައް ކޮންޓްރޯލު ކުރަނީ އެސްޓީއޯ އިން އެ ބާވަތްތައް ވިއްކަން މާކެޓަށް ނެރެގެންނެވެ.

މިނިސްޓަރު ސައީދު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

މިނިސްޓަރު ސައީދު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

އެސްޓީއޯ އިން ވެސް ވަނީ ރޯދަމަހާ ދިމާކޮށް 24 ބާވަތެއް މިހާރު ވެސް ބާޒާރަށް ނެރުމަށް ނިންމައިފަ އެވެ. އެއީ:

1. އަސާސީ ކާބޯތަކެތި: ފިޔާ، ބިސް އަލުވި، ކާށި، ކަދުރު

2. ތަރުކާރީ އަދި މޭވާ: ލޮނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް، މިރުސް، ފޭރު، ކަރާ، އަނބު، ޕެޝަންފުރުޓް، ކިއުކަންބާ

3. ޕްރޮސެސްޑް ކާނާ : ނެސްލޭ ކުރީމް، ކޮކޯ ޕައުޑަރު، ބޭކަޑް ބީންސް، ގެރިކިރު ދަޅު

4. ކެއްކުމަށް ބޭނުންކުރާ ތަކެތި: ސަން ފްލާވަ އޮއިލް، ވެޖިޓަބަލް އޮއިލް، ބާސްމަތި ހަނޑޫ