ހަމާސް އިން ރަހީނުކުރި އިޒްރޭލު މީހުން މިނިވަންކުރާއިރު ބާއްވާ ހަފްލާ އަކީ އެ މީހުން ލަދުގަންނަވާލަން ހިންގާ އަމަލެއް ކަމަށާއި އެހެންވެ އެކަން ހުއްޓާނުލަނީސް ފަލަސްތީނުގެ ގައިދީން މިނިވަން ނުކުރާނެ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިއްޔެ ބުނެފި އެވެ.
ހަމާސް އިން ރަހީނުކުރި އިޒްރޭލު މީހުން މިނިވަންކުރާއިރު ބާއްވާ ހަފްލާ އަކީ އެ މީހުން ލަދުގަންނަވާލަން ހިންގާ އަމަލެއް ކަމަށާއި އެހެންވެ އެކަން ހުއްޓާނުލަނީސް ފަލަސްތީނުގެ ގައިދީން މިނިވަން ނުކުރާނެ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިއްޔެ ބުނެފި އެވެ.
އިޒްރޭލާއި ހަމާސް އިން ޣައްޒާގައި ހަމަލާތައް ހުއްޓާލަންވީ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގައި ހިމެނޭ ރަހީނުންގެ ތެރެއިން އެންމެ ފަހުން ތިބި ދިރިތިބި ހަ މީހުން އިއްޔެ ވަނީ ހަމާސް އިން މިނިވަންކޮށްފަ އެވެ. އެ މީހުން ވެސް މިނިވަންކުރީ އެހެން ރަހީނުން މިނިވަންކުރި ގޮތަށް، މިނިވަންކުރި ކަމުގެ ލިޔުން ހަވާލުކޮށް، ސްޓޭޖަށް އަރުވައި އެންމެންގެ ކުރިމަތީގަ އެވެ. މިގޮތަށް މިހާތަނަށް 25 މީހުން ވަނީ މިނިވަންކޮށްފަ އެވެ.
އިއްޔެ މިނިވަންކުރި ހަ މީހުންގެ ބަދަލުގައި އިޒްރޭލުގެ ޖަލުތަކުން ފަލަސްތީނުގެ 600 އަށްވުރެ ގިނަ މީހުން މިނިވަންކުރަން އޮތް ނަމަވެސް އިޒްރޭލުން އެކަން ނުކޮށް ޝަކުވާ ކުރަން ފެށުމާ އެކު ހަމާސް އިން ވަނީ މިއީ އިޒްރޭލުން ކަނޑައެޅިގެން އެއްބަސްވުމާ ހިލާފުވުން ކަމަށް ބުނެ ނުރުހުން ފާޅުކޮށްފަ އެވެ.
އެކަމަކު އިޒްރޭލުން ބުނަނީ އެއްބަސްވުމާ ހިލާފުވީ ހަމާސް ކަމަށެވެ.
"ހަމާސް އިން ތަކުރާރުކޮށް، އެއްބަސްވުމާ ހިލާފްވެއްޖެ. އަހަރެމެންގެ މީހުންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް އަދި ޕްރޮޕަގެންޑާގެ ބޭނުމަށް އެ މީހުން ވަނީ ބޭނުންކޮށްފައި. އެހެންވެ [އިއްޔެ] ދޫކޮށްލަން ނިންމި 'ޓެރަރިސްޓުން' ދެން ދޫކޮށްލާނީ ދެން ތިބި ރަހީނުން މިނިވަންކުރާއިރު މިފަދަ ލަދުވެތިކަން ކުރިމަތި ނުވާނެ ގޮތަކަށް އެކަން ކުރާނެ ކަމުގެ ޔަގީންކަން ލިބުމުން،" ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނުގައިވެ އެވެ.
އިޒްރޭލުން މިހެން ބުނި އިރު ހަމާސް އިން ކުރިން ވަނީ ބާކީ ތިބި ހުރިހާ ރަހީނުން އެއްފަހަރާ މިނިވަންކުރުމަށާއި އެކަމަށް ހަފްލާތައް ނުބާއްވާ ގޮތަށް ވެސް އަމަލުކުރަން އެ ޖަމާއަތުން ތައްޔާރަށް އޮތް ކަމަށް ބުނެފަ އެވެ.
ހަމާސް އިން އިއްޔެ ޣައްޒާގައި ބޭއްވި ރަސްމިއްޔާތެއްގައި އިޒްރޭލުގެ ރަހީނަކު ސްޓޭޖަށް އަރުވައި މީހުންނަށް އަތުން އިޝާރާތްކުރުވަނީ. -- ފޮޓޯ: އޭއެފްޕީ
އަނެއްކޮޅުން، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރުބިއޯ ވަނީ ބާކީ ތިބި ހުރިހާ ރަހީނުން މިނިވަން ނުކޮށްފި ނަމަ ހަމާސް "ނައްތާލާނަން" ކަމަށް ބުނެ އިންޒާރު ދީފަ އެވެ.
ގައިދީން މިނިވަން ނުކުރާނެކަން ނަތަންޔާހޫ އިއުލާނު ކުރުމުގެ ކުރިން ހަމާސްގެ ތަރުޖަމާނު އަބްދުލް ލަތީފް އަލް ކިނުއާ ވިދާޅުވީ އިޒްރޭލުން ފަލަސްތީނުގެ ގައިދީން ދޫކޮށްލުމަށް އެއްބަސްވި އުސޫލުތަކަށް އަމަލު ނުކުރުމަކީ އެއްބަސްވުމަށް އަމަލު ނުކުރުން ކަމަށެވެ. އޭނާ ވަނީ ސުލްހައިގެ މެދުވެރިންގެ ގޮތުގައި މަސައްކަތްކުރާ ގައުމުތަކުން މިކަމުގައި އިޒްރޭލަށް ޕްރެޝްރުކުރުމަށް ގޮވާލައްވައިފަ އެވެ.
އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރިއާއި ޣައްޒާގައި ހޮނިހިރު ދުވަހު އާއިލާތަކުން އެތައް ގަޑިއިރެއް ވަންދެން، ގައިދީން އަންނާނެ އިރެއްގެ އިންތިޒާރުގައި ތިއްބެވެ.
ހަމަލާތައް މެދުކަނޑާލަން ވީ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގެ ދަށުން މިނިވަންކުރުމަށް ކަނޑައެޅި ރަހީނުންގެ ބަދަލުގައި އިޒްރޭލުގެ ޖަލުތަކުން ފަލަސްތީނުގެ ގާތްގަނޑަކަށް 1،900 މީހަކު މިނިވަންކުރަން އެއްބަސްވެފަ އެވެ. މީގެ ކުރިން ރަހީނުން މިނިވަންކުރި ކޮންމެ ދުވަހަކު އިޒްރޭލުން ވަނީ ފަލަސްތީނުގެ އެތައް ސަތޭކަ ބަޔަކު މިނިވަންކޮށްފަ އެވެ.
އަލުން ހަމަލާތައް ފަށާނެކަމުގެ އިންޒާރު ނަތަންޔާހޫ ދީފި
ނަތަންޔާހޫ ޑިފެންސް މިނިސްޓަރު މަގާމުން ވަކިކޮށްފި
ހަމަލާތައް ހުއްޓާލުމުގެ މަޝްވަރާ ލަސްކުރަނީ ނަތަންޔާހޫ
އެއްބަސްވުމަށް ހުރަހަކީ ނަތަންޔާހޫ: ހަމާސް
ޣައްޒާ މަޝްވަރާތަކަށް ހުރަސްއަޅަނީ ނަތަންޔާހޫ: ހަމާސް
ކޯޓުން އަމުރު ނެރުނަސް ޣައްޒާގައި ހަމަލާތައް ކުރިއަށް
ހަމާސްގެ ޝަރުތަށް ނަތަންޔާހޫ ދެކޮޅުހަދައިފި
ނަތަންޔާހޫ އެ އަޅަނީ އަލިފާނަށް އިތުރު ދަރު
ހުޅަނގު އައްސޭރީގައި ވެސް ހަނގުރާމަ ފަށަން ޖެހިދާނެ
ރަހީނުން މިނިވަންކުރީ ހަމާސް އިން، އިޒްރޭލަކުން ނޫން