ރޯދައަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ބެހުމުގައި އިތުރު ފަސޭހަތަކެއް ހަމަޖައްސައިދީފި އެވެ.
ރޯދައަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ބެހުމުގައި އިތުރު ފަސޭހަތަކެއް ހަމަޖައްސައިދީފި އެވެ.
ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވަރަށް އޮމާން އަދި ފަސޭހަ އިންތިޒާމުތަކެއްގެ ތެރެއިން ރޯދަ ހަދިޔާ ރޭ ދޫކުރެވުނު ކަމަށެވެ. އެގޮތަށް، މިއަދު ވެސް ހަވީރު 6:00 ގައި ޓޯކަން ދޫކުރަން އަލުން ފަށާއިރު ބައެއް ބަދަލުތައް ގެންނާނެ ކަމަށް ވިދާޅުވި އެވެ.
މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބަހަން ފަށާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ފުރަތަމަ ހަމަޖެއްސީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ޖުމްލަ ފަސް ތަނަކުން މަސް ދަޅު ދޫކުރާނެ އެވެ. ނަމަވެސް، ދިގު ކިއުތައް ދަމާލުމާ އެކު މަރުކަޒުތައް އިތުރުކުރީ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މިރެއިން ފެށިގެން ކޮންމެ މަރުކަޒަކަށް ދޫކުރާ ޓޯކަންގެ އަދަދު ރެއަށް ވުރެ އިތުރުކުރާނެ އެވެ. އޭގެ އިތުރުން މިހާރު ޓޯކަން ނަގާފައިވާ މީހުންގެ ތެރެއިން ފަހުގެ ތާރީހަކަށް ޓޯކަން ލިބިފައިވާ މީހުންނަށް، ތާރީހު އަވަސްކޮށް ރީޝެޑިއުލްކުރުމުގެ ފުރުސަތު ދިނުމާއި ޓޯކަން ނެގުން ފަދަ ކަމެއްގައި އެހީތެރިވެދިނުން އަދި ރޭގައި ހިދުމަތް ނުދެވުނު ނަމްބަރުތަކަށް މި ރޭ މަސްދަޅު ކޭސްތައް ބަހާނެ ކަމަށް ވިދާޅުވި އެވެ.
22 ފެބުރުވަރީ ދުވަހުގެ ރޭ، ވަރަށް އޮމާންކޮށް އަދި ވަރަށް ފަސޭހަ އިންތިޒާމުތަކެއްގެ ތެރެއިން ރޯދަ ހަދިޔާ ދޫކުރުން ކުރިޔަށްގެންދެވުނު.
— Adam Shareef Umar (@Adamshareefz) February 23, 2025
އިތުރަށް ރައްޔިތުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން، މިރޭ 18:00 ގައި ޓޯކަން ދޫކުރުން އަލުން ފަށާއިރު އަންނަވި ބަދަލުތައް ގެނެވޭނެއެވެ.
•ކޮންމެ…
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރޯދައިގެ ކުރިން ހުރިހާ އެންމެންނަށް ރޯދަ ހަދިޔާ ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ.
"ހުރިހާ ގޭބިސީއަކަށް ލިބެންދެން ކުރިއަށްދާނެކަމުގެ ޔަގީންކަން އަރުވަން. ހުރިހާ ގޭބިސީތަކަށް ރޯދަ ހަދިޔާ ލިބޭނެ،" އޭނާ ވިދާޅުވި އެވެ.
ކޮންމެ ގޭބީސީއަކަށް ވެސް ދޫކުރަނީ 48 ދަޅުގެ މަސްކޭހެވެ. މަސްދަޅު ބަހަނީ ކަރަންޓު މީޓަރު ނަންބަރަށެވެ. ގާތްގަނޑަކަށް ރާއްޖޭގެ 80،000 އަށް ވުރެ ގޭބީސީތަކަށް މަސްދަޅު ބަހާނެ އެވެ.
ރަށްރަށުގައި މަސްދަޅު ކޭސް ބަހަނީ އެ ރަށްރަށުގެ ކައުންސިލްތަކުންނެވެ.
ހޯމަ ދުވަހުގެ ނިޔަލަށް މަސްދަޅު ކޭސް ބަހައި ނިންމަނީ
މަސްދަޅު ކޭސް ޓޯކަން މިއަދު 6 ޖަހާއިރު ދޫކުރަނީ
މާލޭގައި 40،000 މަސްދަޅު ކޭސް ބަހައިފި
މަސްދަޅު ކޭސް ބަހަން އިތުރު ތަނެއް ހަމަޖައްސަނީ
އަންގާރައިން ފެށިގެން މަސްކޭސް ދޭނީ މިފްކޯ ފިހާރަތަކުން
ކާނުތައް ސާފުކުރުމުގެ މަސައްކަތް މިނިސްޓްރީން ފަށައިފި
މާލެ ސަރަހައްދުގައި މަސްދަޅު ދޫކުރަން ޓޯކަން ނިޒާމެއް
ހުރިހާ ގެޔަކަށް ލިބެންދެން މަސްދަޅު ކޭސް ދޫކުރާނެ
މާލޭގައި މަސްދަޅު ބަހާ ތަންތަނާއި ވަގުތު ބަދަލުކޮށްފި
ސަރުކާރުން ދޭ މަސްދަޅު ރަށްރަށުގައި ބަހަން ފަށައިފި