Roadha Mihaaru

މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ޓޯކަން މިއަދު ހަވީރު 6 ޖަހާއިރު ދޫކުރަން ފަށަނީ

ކުރިއަށް އޮތް ރޯދަމަހަށް ސަރުކާރުން ދޫކުރާ މަސްދަޅުތައް މާލެ ސަރަހައްދުގައި ބެހުމުގައި މިރެއިން ފެށިގެން ބޭނުން ކުރެވޭނެ "ރޯދަ ހަދިޔާ ޕޯޓަލް" ތައާރަފްކޮށްފި އެވެ.

މަސްދަޅު ކޭސް ޓޯކަން މިއަދު 6 ޖަހާއިރު ދޫކުރަނީ

ކުރިއަށް އޮތް ރޯދަމަހަށް ސަރުކާރުން ދޫކުރާ މަސްދަޅުތައް މާލެ ސަރަހައްދުގައި ބެހުމުގައި މިރެއިން ފެށިގެން ބޭނުން ކުރެވޭނެ "ރޯދަ ހަދިޔާ ޕޯޓަލް" ތައާރަފްކޮށްފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި މަސްދަޅު ބަހަން ފެށުމުން ގިނަ ބަޔަކު އެއްވެ ބޮޑު ކިއޫއެއްގައި ގިނަ ބަޔަކު ތިބެން ޖެހުމުގެ ޝަކުވާ އާއި ހިތްހަމަނުޖެހުން ވަރަށް ބޮޑުވުމާއެކު ސަރުކާރުން ނިންމާފައި އޮތީ އެކަން ފަސޭހަ ކޮށްދިނުމަށެވެ.

މަސްދަޅު ބެހުމާ ހަވާލުވި ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވީ، މަސްދަޅު ނެގުމަށް މިއަދު ހަވީރު 6 އިން ފެށިގެން ޕޯޓަލްއިން ޓޯކަން ދޫކުރަން ފަށާނެ ކަމަށެވެ.

ޓޯކަން ދޫކުރާނީ " ރޯދަ ހަދިޔާ ޕޯޓަލް" ނަމުގައި ހަދާފައިވާ ޕޯޓަލް އަކުންނެވެ.

މިނިސްޓްރީން ނިންމާފައި އޮތީ ކޮންމެ ރެއަކު ވެސް އެކި މަރުކަޒުތަކުން އެކި އަދަދުތަކަށް ޓޯކަން ދޫކުރުމަށެވެ.

މަސްދަޅު ދޫކުރާ ތަންތަނާއި ޓޯކަންގެ އަދަދު:

1- މިފްކޯ މައި އިމާރާތް- 200 ޓޯކަން

2- އެމްޓީސީސީ ސޯމިލް- 200 ޓޯކަން

3- ހެންވޭރު ދަނޑު- 100 ޓޯކަން

4- ގަލޮޅު ދަނޑު (ސެޓަޕް 1) 50 ޓޯކަން

5- ގަލޮޅު ދަނޑު (ސެޓަޕް 2) 50 ޓޯކަން

6- ގަލޮޅު ދަނޑު (ސެޓަޕް 3) 50 ޓޯކަން

7- ގަލޮޅު ދަނޑު (ސެޓަޕް 4) 50 ޓޯކަން

8- ސޯޝަލް ސެންޓަރު- 100 ޓޯކަން

9- ވިލިމާލެ، ވެމްކޯ ސައިޓް- 100 ޓޯކަން

10- ހުޅުމާލެ، އުމަރު ޒާހިރު ބިލްޑިންގް- 100 ޓޯކަން

11- ހުޅުމާލެ، ޕޮލްކޯ ޓަވަރު (ސީ ބްލޮކް) 100 ޓޯކަން

12- ހުޅުމާލެ ހިޔާ ޓަވަރު 10- 100 ޓޯކަން

13- ހުޅުމާލެ، ކާމިލް ދީދީ ޕްރީ ސްކޫލް- 100 ޓޯކަން

މިއީ ހޫނުގަދަ މޫސުމަކަށް ވާތީ ސަރުކާރުން ނިންމީ ރޭގަނޑު މަސްދަޅުތައް ދޫކުރާށެވެ. ގަޑިއަކީ މިއަދުން ފެށިގެން މި މަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ރޭގަނޑު 8 އިން އެ ރެއްގެ 12 ޖަހަންދެންނެވެ.

ސަރުކާރުން ބުނިގޮތުގައި މަސްދަޅު ކޭސްތައް ބަލައި ދާއިރު އެއް މަހުގެ ކަރަންޓު ބިލާައި އައިޑީ ކާޑު ގެންދަން ޖެހޭނެ އެވެ. އެކަކަށް ގިނަ ވެގެން ދޫކުރާނީ ތިން މީޓަރަށް ތިން މަސްދަޅު ކޭސް ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓްރީން ބުުންޏެވެ.

ހުރިހާ ގެއަކަށް މަސްދަޅު ދޫކުރެވެންދެން މަސްދަޅު ދޫކުރުން ކުރިއަށް ގެންދާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.