Roadha Mihaaru

ކުޑަހުވަދޫ ބީއެމްއެލް ބްރާންޗުގެ އާ އިމާރާތެއް އަޅަނީ

ދ. ކުޑަހުވަދޫގައި ބީއެމްއެލް އިން ދެމުން އަންނަ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން، އެ ރަށުގައި ހުންނަ ބީއެމްއެލް ބްރާންޗުގެ އާ އިމާރާތެއް އަޅަން ބިންގާ އަޅައިފި އެވެ.

ކުޑަހުވަދޫ ބީއެމްއެލް ބްރާންޗުގެ އާ އިމާރާތެއް އަޅަނީ
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

23 ފެބުރުއަރީ 2025

ދ. ކުޑަހުވަދޫގައި ބީއެމްއެލް އިން ދެމުން އަންނަ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން، އެ ރަށުގައި ހުންނަ ބީއެމްއެލް ބްރާންޗުގެ އާ އިމާރާތެއް އަޅަން ބިންގާ އަޅައިފި އެވެ.

ބީއެމްއެލްގެ އާ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބް އާއި ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް އެވެ.

އެ ހަފްލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ވަޒީރުންނާއި ސަރުކާރުގެ އިދާރާތަކުގެ އިސް ވެރިން ބައިވެރިވެވަޑައިގަތެވެ.

ކުޑަހުވަދޫގައި ހުޅުވި ދެ ވަނަ އޭޓީއެމް އިން ކަސްޓަމަރުންނަށް ލިބޭ ހިދުމަތްތަކުގެ ތެރޭގައި ފައިސާ ޖަމާކުރުމާއި، ފައިސާ ނެގުމާއި، ފައިސާ ޓްރާންސްފާ ކުރުމާއި، ކާޑުތަކަށާއި ލޯނުތަކަށް ފައިސާ ދެއްކުން ހިމެނެ އެވެ. އަލަށް ގާއިމްކުރެވުނު އޭޓީއެމްގެ ސަބަބުން ކަސްޓަމަރުންނަށް ބްރާންޗަށް ނުގޮސް 24 ގަޑިއިރު ބެންކިންގެ ގިނަ މުއާމަލާތްތަކެއް ލިބޭނެ އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ބްރާންޗުގެ އާ އިމާރާތް ހުޅުވުމުން ކުޑަހުވަދު އާއި އެ ސަރަހައްދުގެ ކަސްޓަމަރުންނަށް ބެންކިން ހިދުމަތްތައް ހޯދަން ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ.

ކުޑަހުވަދޫގައި ގާއިމުކުރި އޭޓީއެމްގެ ހިދުމަތާއި އާ ބްރާންޗުގެ ބިންގާ އެޅުމާ އެކު ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ގޮތުގައި ބީއެމްއެލް އިން ދެމުން އަންނަ ހިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގައަކާ އެކު 20 އަތޮޅުގައި 39 ބްރާންޗް، 95 ސެލްފްސާވިސް ބޭންކިން ސެންޓަރު، 153 އޭޓީއެމް، އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާ އެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބެންކުން ބުންޏެވެ.